ވިޔަފާރި / ރައްޔިތުންގެ މަޖިލިސް

އިއުލާން ނުކޮށް ރަށްތައް ދޫކުރަން ފާސްކޮށްފި

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނެ. އެކަމަކު އިއުލާންނުކޮށް ދޫކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެން. އިސްލާހުގައިވާ ގޮތުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އޮކްޓޯބަރު މަހުން ފެށިގެން ދުވާލަކަށް ތިން ޑޮލަރު ނެގުމަށް ވެސް ވަނީ ހަމަޖެހިފައި.

ވ. އަންބަރާ: ލަންކާ ކުންފުންޏަކުން އަންނަނީ މި ރަށުގައި ރިސޯޓެއް ހަދަމުން. ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން އިއުލާނަކާ ނުލައި ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ދެވޭނެ.-- ފޮޓޯ: ރިލްވާން ސައީދު

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ދުވާލަކަށް ތިން ޑޮލަރު ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި އިސްލާހު ފާސްކުރީ ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވި ކަމަށް ބުނެ، މަޖިލީހުގެ ވަގުތު އިތުރު ކުރަން މެމްބަރުން އަތް މައްޗަށް ނަގައިގެންނެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވީ ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާނުވާ ކަމަށެވެ. އަދި މަޖިލީހުގެ ވަގުތު އިތުރުކުރީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ އަދަދު ހަމަނުވެގެން ކަމަށް ވެސް އެ މެމްބަރުން ތުހުމަތުކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އަތް މައްޗަށް ނަގައިގެން މަޖިލީހުގެ ވަގުތު އިތުރު ކުރަން ވޯޓު ދެނީ.--ފޮޓޯ:އިމްތިޔާޒު ފަހުމީ

ޓޫރިޒަމް ގާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓުދެއްވި އެވެ.

އެމްޑީޕީން ވަނީ މި ގާނޫނަށް ހަ އިސްލާހެއް ހުށަހަޅައިފަ އެވެ. އެ އި އިސްލާހުތަކުގެ ތެރޭގައި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގުން ހަމަސް ދުވަހަށް ފަސް ކުރުމަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ހޭދަކުރާ ކޮންމެ ރެއަކަށް ދެ ޕަސެންޓާއި 0.5 ޕަސެންޓު ގްރީން ޓެކްސް ނަގަން ވެސް އިސްލާހު ހުށަހެޅި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު. ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ނިހާނު. - ފޮޓޯ: މަޖިލިސް

ހަމައެއާއެކު އިއުލާނަކާ ނުލައި ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވޭނެ ކަމަށް ބުނާ އިސްލާހާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ކުއްޔަށް ދޫކުރުމުގައި އަމަލު ކުރަންވާނީ ޓޫރިޒަމް ގާނޫނަށް ކަމަށް ބުނާ އިސްލާހު އުނި ކުރަން ވެސް ހުށަހެޅި އެވެ.

މީގެ އިތުރުން ގެސްޓްހައުސްތަކުން ނަގާ ގްރީން ޓެކްސް ހަރަދު ކުރަންވާނީ އެ ރަށެއްގެ ތިމާވެއްޓާ ރައްޓެހި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ބުނެ އެމްޑީޕީން އިސްލާހު ހުށަހެޅި އެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް މަޖިލީހުން މިއަދު ފާސްކޮށްފައެއް ނުވެ އެވެ. ފާސްވި ހަމައެކަނި އިސްލާހަކީ ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގައި ގްރީން ޓެކްސް ތިން ޑޮލަރަށް ކުޑަކުރުމަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވުމުން އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށް ނުވަތަ ބިން ނުވަތަ ފަޅެއް ކުއްޔަށް ދެވިދާނެ އެވެ. އިއުލާން ނުކޮށް ތަނެއް ދެވޭނީ ހިންގަން ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ހަދައި ގަވާއިދެއްގެ ދަށުންނެވެ. މި ގާނޫނުގައި މީގެ ކުރިން އޮތް "އިއުލާނަކާއި ނުލައި" މި ދެ ބަސް މިހާރު ވަނީ އުނިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން. ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން. - ފޮޓޯ: މަޖިލިސް

އިސްލާހުގައިވާ ގޮތުން ތަންތަން ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައި އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމުންނެވެ.

މީގެ ކުރިން އިގްތިސާދީ ކޮމެޓީން ވަނީ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރުގެ ބަދަލުގައި ހަތަރު ޑޮލަރު ނެގުމަށް ފާސްކޮށްފަ އެވެ. އެކަމަކު މަޖިލީހަށް ހުށަހެޅުއްވީ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރު ނެގުމަށެވެ. އަދި އެންމެ ފަހުން މަޖިލީހުން ފާސްވީ ޓޫރިސްޓުންގެ އަތުން ތިން ޑޮލަރު ނެގުމަށެވެ.

މި އިސްލާހުގައިވާ ގޮތުން ޓޫރިޒަމާ ބެހޭ ކަންކަމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިން ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ހުޅުވާލައި، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ދައްކަން ޖެހޭ ފީ ދެއްކުމަށް އާ މުއްދަތެއް ކަނޑައެޅޭނެ އެވެ. އަދި ޓޫރިޒަމާ ބެހޭ ކަންކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނަގާނެ އެވެ.

ހަމައެއާއެކު ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މުޅި މަޖިލީހުގެ ރިޕޯޓަށް ބަހުސް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ބިޑްނުކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ތަންތަން ދޫކުރުމުން، އެ ކުންފުނިން ހިންގި ކޮރަޕްޝަންގެ ބޮޑެތި ޖަރީމާ ސާފުވާ ކަމަށެވެ. އަދި މިފަދަ ތަޖުރިބާތަކުގެ ބޭނުންކޮށްގެން ކަންކަން އިސްލާހު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް އޮތުމުން ދައުލަތަށް ލިބޭ އާމްދަނީ އެންމެ ރަނގަޅު ގޮތުގައި ނުލިބޭނެ ކަމަށެވެ. ނަމަވެސް ދައުލަތަށް އާމްދަނީ އިތުރު ކުރަން ޓެކްސް ނަގަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން. - ފޮޓޯ: މަޖިލިސް

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ގެސްޓްހައުސްތަކުން ޓެކްސް ނަގަން ވާނީ ނިސްބަތަށް ބަލައިގެން ކަމަށާއި އެހެންވެ ގްރީން ޓެކްސް ނަގަން ވެސް ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލު ވިދާޅުވީ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރުގެ ބަދަލުގައި ތިން ޑޮލަރު ނަގަން ނިންމީ އެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ޝަކުވާތައް އަޑުއެހުމަށްފަހު ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ހަލީލު ވިދާޅުވި ގޮތުގައި ތަންތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޓޫރިޒަމް މިނިސްޓްރީއަށް ދިއުމުގެ ބަދަލުގައި މިހާރު ދާނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އަދި އެކަން ކުރެވޭނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅައި ފާސްކޮށްފައި މިވަނީ ފަތުރުވެރިކަމާ ގުޅުން ހުރި އިދާރާތަކުންނާއި ސިޔާސީ ބައެއް ބޭފުޅުންގެ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވުމަށް ގޮވާލައްވައިފަ އެވެ.

74 ކޮމެންޓް, 185 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 11%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ އާދަމް

30 June 2016

އަދީބު ސިއްރުގަކުރި ވިޔަފާރި ރަސްމީވެއްޖެ.. އެއީ ވައްކަން... މީކޯންޗެއްކަމެއް ނޭނގެ.

The name is already taken The name is available. Register?

ބިލީޖީން

29 June 2016

އިއުލާން ނުކޮށް ރަށް ތައް ރިސޯރޓް ތައް ހަދަން ދޭ ގޮތަށް ސަރުކާރުން މަޖްލީހަށް ހުށައެޅުމުން މަޖްލީހުން އެކަން ފާސް ކޮށްދެއްވުން އެއީ އުފާކުރަން ޖެހޭ ކަމެކެވެ. އިއުލާން ކޮށްގެން ރިސޯރޓް ތައް ހަދަން ދީގެން ފައިސާގެ ގޮތުން ކިއްލި ތަޅަން އުޅޭ ގްރޫޕް ތައް ރިސޯރޓް ތަކަށް ކުރިމަތި ލައިގެން ރަށް ތައް ލިބުމުން ރަށް ތައް ހުންނަނީ ނެހެދިއެވެ. ހޭހޭ، ހޭހޭ، އިއުލާން ކޮށްގެން ރަށްތައް ދިނުން އެއީ މަމެންގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ދެން. އެތިއަރީ ނައްތާލާ އުކާލަނީ އެވެ. ހޭހޭ، ހޭހޭ، އިއުލާން ކޮށްގެން ރަށް ތައް ދިނުން އެއީ ކަރަޕްޝަން އެވެ. ރޯ ކަރަޕްޝަން އެވެ. ރޯ ކަރަޕްޝަން އެއީ މަމެން ތާއީދު ކުރާ ބަޔެއް ނޫނެވެ. އިއުލާން ކޮށްގެން ރަށް ތައް ދޫކުރުން އެއީ މިސަރުކާރުން ކުރާނެ ކަމެއް ނޫން. ކުރާނެ ކަމެއް ނޫން. އެއީ މަމެންގެ ތިއަރީ އެއް ނޫނެވެ. ދެޓްްސް ދަ ބިލީ ޖީން އެން ބިލީ ޖީން އިޒް ނޮޓް އަވަރސް.. ހޯއް، ހޯއް، ހޯއް..ހޭވް އަ މޫން ވޯކް..

The name is already taken The name is available. Register?

ގަބޭ

29 June 2016

ހާދަ ހީވެޔޭ، ކުރިން ބިޑު ކުރުމަކާ ނުލާ މަޖިލިސް މެމްބަރުންނަށް ދީފަހުރި ރައްތަކެއް ޤާނޫނުގެ ތެރެއަށް ފައްތާލަން ކުރި ކަމެއްހެން.

The name is already taken The name is available. Register?

ދޮޅުގަޑި ބައި

29 June 2016

ރައީސް ނަޝީދު ސަރުކާރުން އެއަރޕޯރޓް 25 އަހަރަށް ކުއްޔަށް ދިނީމަ، އެއަރޕޯރޓް ވިއްކާލީއޭ ކިޔައިގެން ލޮލަށް މިރުސްފެން އެޅިގެން، ފަޔަށް ހިނިއަރާތީ ދުވި މީހުން މިހާރު ކޮބާހެއްޔެވެ. މިއަދު މިފެންނަނީ މުޅި ޤައުމު ވިއްކާ ހުސްކުރާތަން. ނުވިކުނުތަނެއް ވިއްޔާ ގާތުގަ ތިބި އައުވާނުންނަށް ދޭތަން. ސަރުކާރާ މަޖިލިސް ގުޅިގެން ރާއްޖޭގެ ހުރިހާ ރައްތަކާ، ފަޅުތަކާ، ފަރުތައް ބައި އަޅާލައިގެން އަމިއްލަ ކޮއްލާތަން. މިހިސާބައް ދާއިރުވެސް އަނގައިން ބަހެއް ބުނެލުން ނޫން އިތުރު އެއްވެސް ކަމެއް ކުރެވޭތަނެއް ނުފެނެ. އެންމެ ބޮޑު ސިޔާސީ ޕާރޓީގެ މީހުން ކޮބައިތަ؟ ކުރެވުނީ ކޮންކަމެއްތަ؟ ސަރުކާރު ޒިންމާދާރު ކުރެވިއްޖެތަ؟

The name is already taken The name is available. Register?

މެންޓަލިސްޓް

29 June 2016

ބަލަ ޔާމިންގެ ވެރިކަންފެށުނީއްސުރެން ، އަދި ރައީސްނަޝީދުގެ ވެރިކަމުން ފެށިގެން ރައްތަށް ދޫކޮއްއުޅުނީ ބިޑްކޮއްގެނެށްނޫން ، އެމް.ޕީއާރސިން ދޫކުރިހާރަށެއް ދޫކޮއްފައިވަނީ ބިޑްކޮއްގެނެއްނޫން ، ސުވާލަކީ އެކަންކުރީ ގާނޫންއާއި ޙިލާފައްތޯ ، އެހެންވެއްޖިއްޔާމުން ދެން އެރައްތަކުގެ އެގްރީމެންޓް ބާތިލްވާނެތޯ ؟ ނުވާނަމަ ދެންކީއްކުރަން ފާސްކުރިބިލްއެއްތޯ ތީ ، ހަމަކުރީގައި ދޫކުރާހެން ރައްތައްދޫކުރަންވީނޫންތޯ ؟

The name is already taken The name is available. Register?

ރާދަރ

29 June 2016

އިއުލާން ނުކޮށް ރަށް ތަކާއި އަދި ފަޅު ތައް ރައީސް އޮފީސް މެދުވެރިކޮށް ކުއްޔަށް ދެވޭ ގޮތްހެދުން އެއީ އިއުލާން ކުރުމަށްވުރެން މާބޮޑު ތަން ރަނގަޅު ކަމެކެވެ. އެއްކަމެއް ޔަގީން ކަން ލިބިގެން ދަނީ އެއީ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން އިން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އަޅުވާފައި ބޯދާ ތަޅު ނައްޓުވާލާ ޑިޖިޓަލް ކާރޑެއް އަޅުވާ ދުނިޔޭގެ މުއްސަނދިންގެ ޕޫލް އިން ރާއްޖޭގެ ޓޫރިޒަމް އަށް އިންވެސްޓް ކުރަން ދޮރު ހުޅުވާލި ކަމެވެ. އަހަރުމެން ނަށް މިތަން މިފެންނަނީ އެއީ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަންގެ ޕީޖީ ގްރޫޕްގެ ވޮންޑަރފުލް މަސައްކަތުންނެވެ. ހައްގު ޝުކުރު އަދާ ކުރަން މިބިލަށް ވޯޓް ދެއްވި ހުރިހާ މެމްބަރުންނަށް. މިކަން އެގުމުން ބުނެވޭނީ ތިމެމްބަރުންނަކީ އެއީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ރީތި ޚިދްމަތް ތެރިން ކަމަށެވެ. ތީ ރައްޔިތުންގެ ހިތް ތަކުން ޚާއްސަ ޤަދަރަކާއި ޖާގަ އެއް ހޯދާނެ މެމްބަރުން ކަމަށް އުއްމީދު ކުރެވެނީ އެެވެ. މިމަގާމް ތިޔަ މެމްބަރުންނަށް ގްރޭމީ އެވޯރޑް ހަފްލާއިން ހަވާލު ކުރެވޭނެއެވެ. ޔޫ އާރ އަވަރ ސްޕެޝަލް ތިންގް..

The name is already taken The name is available. Register?

ޙަސަންދީ

29 June 2016

އިޢްލާންކޮއްގެން ދޫކުރުމުން ސަރުކާރައް އޮތީ ކޮންގެއްލުމެއްތޯއެވެ. ރާއްޖޭގައި އޮތިއްޔާއޮތް ހުރިހާ މުއައްސަސާ އެއްއޮތީ މިހާރު ސަރުކާރު ހިންގަންތިބި މީހުންގެ މުށުތެރޭގައެވެ. މީގެ ބޭނުމަކީ ކުރިން ކޮއްފައިވާ ހުރިހާކަމެއް ޙަލާލް ކުރުންނޫން ދެން ކޮންކަމެއްތޯއެވެ.

The name is already taken The name is available. Register?

ބިއުޓިފުލް

29 June 2016

އިއުލާން ނުކޮށް ޓޫރިޒަމް ގެ ބޭނުމަށް ރަށް ތައް ދޫކުރަން މަޖްލީހުން މިއަދު ފާސް ކުރަން ވޯޓް ދިން ސެލްފީސް ތަކަށް ބަލާލުމުން އެބަ އެނގިގެން ދޭ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަންގެ އެމްޕީންގެ ފަވްޖުގައި ހުރި ސްޓްރެންތް. ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން އިން މިއަދު ވޯޓް ދިން އިރު މި ބޮޑަށް ވައްތަރީ އެއީ ޔޫއެސް ކޮންގްރެސް އިން އިރާގު އަތް ދަށުން ކުވޭތު މިނިވަން ކުރަން ދިން އެއްވެސް ހިފެހެއްޓުމެއް ނެތް ސަޕޯރޓް އާއި ވަރަށް ވައްތަރު ވޯޓް އެކެވެ. މީ ވަރަށް ރީތި މަންޒަރު ތައް ފެނިގެން މިދަނީ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަންގެ ވެރިކަމުގައި އެމްޕީންގެ ފަރާތުން. މިގޮތަށް އެކުވެރިކަމާއި އެކު ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީގެ ޕީޖީ ގްރޫޕް މަސައްކަތް ކޮށްފިނަމަ ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހެދޭނެ ކަމާއި މެދު ޔަގީން އެވެ. އަހަރުމެން މިގައުމު ބެޓަރ ކަންޓްރީ އަކަށް ހަދަން މިއުޅެނީ އެއީ ދަރިންގެ ދަރިންނަށް ޓަކައި އެވެ. އިޚްލާސްތެރި ކޮށް އެމްޕީން ސަރުކާރާއި އެކު މަސައްކަތް ކުރާނަމަ މާލެ ސަރަހައްދުން ފްލެޓްސް ތައް ކުޑަ އަގުގައި އެ ބޭނުންވާ އެންމެންނަށް ދެވިގެން ދާނެއެވެ. އެކުވެރިކަމަކީ ވަރަށް ގަދަ ފަދަ ބާރެކެވެ. ގައުމުގައި އުޅުމަކީ ގައުމަށް އަޅާލާ ގައުމާއި ދޭތެރޭ ވިސްނާ ފިކުރުކޮށް ގައުމަށް ރަނގަޅު ގޮތް އަބަދުވެސް އެދުމެވެ. އަަހަރުމެން އެންމެން އުދުހޭނީ އެކުގައި އަތް ގުޅާލައިގެން އެއް ރޫހެއްގައެވެ. ހިއަރ އިޒް ދަ ވޯލްޑް..އިޓްސް ބިއުޓިފުލް..

The name is already taken The name is available. Register?

ގަބޭ

30 June 2016

ލިޓިލް ސިންގަޕޫރު، ވެރީ ބިޔުޓިފުލް.

The name is already taken The name is available. Register?

ހަސަން

29 June 2016

ބުރުމަ ޤާސިމް ވޯޓު ދިންތ؟

The name is already taken The name is available. Register?

މުހައްމަދު

29 June 2016

ހީ ނުކުރާހާ ގިނަ މީހުން ކޮމެންޓުތައް ކިޔާލުމުން މިކަމާއި ހިތާމަ ކުރާކަން އެނގިއްޖެ. ވަރަށް ދެރަ. އަހަރެމެންގެ އިހްސާސްތައް ސަރުކާރުން ނާހާކަން މި އެނގެނީ ބޮޑަށް. ޒައީމް އިންކާރު ކުރެއްވުމުންވެސް އަޑު ނޭހުމުން ސަރުކާރާއި މެދު ދެކެމުން އައި ގޮތް ބަދަލުވެއްޖެ. 2018 ވޯޓު ޔާމިން އަކަށް ނުދޭނަން.

The name is already taken The name is available. Register?

ލައިލާ

29 June 2016

އަހަރުން އިންތިހާބް ބާއްވައިގެނެއްނު.....ލަލަލަ....ވޯޓު ހޯދާނެ ގޮތްވެސް އަހަރުންނަށް އިނގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454