09 ސެޕްޓެމްބަރ 2017 - 16:51
ބަލި މީހުން ގޮވައިގެން ރަށްރަށުން މާލެ އަންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މާލޭގެ ފަތާ ފެންގަނޑު ހިމެނޭ ސަރަހައްދު ނުވަތަ އުސްފަސްގަނޑުގައި އަޅާފައިވާ ހެލިޕޭޑަށް ޖައްސާ ގޮތަށް ނިންމައިފި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ މި ހެލިކޮޕްޓަރު މިހާރު ޖައްސަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ނަމަވެސް ހެލިކޮޕްޓަރު މާލެ އަށް ޖައްސަން ފެށުމުގެ ގޮތުން މިއަދު މެންދުރު ވަނީ ޓެސްޓް ދަތުރެއް ކޮށް، އުސްފަސްގަނޑުގެ ހެލިޕޭޑަށް ހެލިކޮޕްޓަރު ޖައްސައިފަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ހެލިކޮޕްޓަރު ސީދާ މާލެ އަށް ޖެއްސޭ ގޮތް ވުމަކީ ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ވަރަށް އަވަހަށް އެގޮތަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އެމްއެންޑީއެފް ހެލިކޮޕްޓަރު ޓެސްޓް ލޭންޑިންއެއް މިކުރީ. އިތުރު ސަލާމަތީ ކަންކަން ބަލައި ނިންމައިގެން އެ އޭރިއާ ހެލިޕެޑް ގޮތުގައި ބޭނުންކުރަން ފަށާނެ،" އާޒިމް ވިދާޅުވިއެވެ.
ދާދި ފަހުން ވަނީ ރަށަކުން ބަލި މީހަކު ގޮވައިގެން އައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން އުޅުމުގެ ތެރޭގައި، ފްލައިޓަށް އަރާ ސިޑިއެއްގައި ހެލިކޮޕްޓަރުގެ ފިޔަގަނޑު ޖެހި މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މި ހެލިކޮޕްޓަރު އަދިވެސް ދުއްވަނީ އިންޑިއާ ސިފައިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިތެޅިބާލަނީ
01 January 2018
ކުރާނެކަމެށްނެތިގެންތަ ތިތެޅިބާލަނީ!
ބޭސް
10 September 2017
ޖުމްހޫރީ މައިދާނަށް ނުޖައްސަނީ ކީއްވެ. ސައުދީ ރަސްގެފާނުގެ ދަތުރާ ގުޅިގެން ދެ ހެލިކޮޕްޓަރު އެތަނަށް ޖެއްސިއެވެ.
ނެޝަނަލިސްޓް
10 September 2017
އައި.ޖީ.އެމް.އެޗް. ކައިރީގައި މިކަން ކުރަން ފެނޭ!
ސަރ އަގަރުވާލު
09 September 2017
އެއީ ދިވެހިނނަށް ހަދިޔާ ކޮށްފާއޮތް ހެލިކޮޕްޓަރެއް ނޫން އެއީ އިންޑިޔާ ސިފައިން ރާއްޖޭގާ ހިންގާ ޖާސޫސީ އޮޕަރޭޝަނެއް. އިންޑިޔަން ނޭވީގެ 100% ކޮންޓްރޯލްގައި ނިންގާ ޖާސޫސީ އޮޕަރޭޝަންއެއް.
ހަނދުކޭތަ
09 September 2017
ދިވެހިންނަށް މިއުޅެނީ ގައުމުގެ ވެރިކަން ވެސް ނުކުރެވިގެން، ކުރަން އެގޭ ކަމަކީ ހަޑި ހުތުރު ބަހުން ވާހަކަ ދެއްކުމާއި، ވައްކަން ކުރުމާއި، ބޭކާރު އަނގަ ތެޅުން
އަތްފުނާ
09 September 2017
މިރާއްޖެގެ ސިފައިން ބޭރު ގައުމުތަކަށް ގޮސް ތަމުރީނައްށޭ ކިޔާފައި މިދިޔައީ މަހަށްތަ ؟ކަލޭމެން ގޮސް ތިޔަ ދަސްކުރަނީ ޖުލައި 26 އަށް ބަޑި އުކުޅު.ވައި މައްޗަށް އެރެނީއެއްނޫން ، ކަނޑު އަޑި އަށް ފީނެނީއެއްނޫން ، އަދި ރާއްޖެ އިގްތިޞާދުގެ ސަރަހައްދު ބެލެހެއްޓެނީއެއްނޫން.ތިއީ ހަނގުރާމަތީ ހެލިކޮއްޕްޓަރެއްނޫން.ތިއީ ސިވިލް އެއްޗެއް ވީއިރު ކަލޭމެންނަށް ތިނުދުއްވެންޏާ ތިއީ ދިވެހިންނަށް ހޕުރި ލަދެއް
ޢަހްމަދު މާހިރު
09 September 2017
ކޮބާ އަލަށް މިހަދާ ބޮޑެތި ހޮސްޕިޓަލް ތަކުގެމަތީގަ ހެލިކޮޕްޓަރު ޖެއްސޭކަށް ނުހުރޭތަ؟
ނަސީމާ ޗައުދަރީ
09 September 2017
ޢިންޑިއާއިން ދިގުމުއްދަތަކަށް ރާއްޖޭގައި ބޭސްވެގެން ތިބެންވެގެން ޖަހަފައިވާ މަޅިއެއް ތިޔަ ހެލިކޮޕްޓަރަކީ. ޢިންޑިއާގެ 100 އެއްހާ މީހުން ލ.ގައި ގާއިމްވެ ތިބޭތާ ކިތައް އަހަރުތޯ؟ ޢެމްއެންޑީ އެފަށް ނޯވެ ތި ހެލިކޮޕްޓަރާ 100 ފޫޓަށް ކައިރިވުމުގެ ހުއްދަވެސް. މިހާ ޒަމާންވިއިރުވެސް އަދިވެސް އިންޑިއާ މީހުން ދުއްވަނީ. ޙުރިހާ ބާރެއް އިންޑިއާ އަތުގައު އެކަމު ބަމުގައި އެމްއެންޑީއެފް ގެ ކޮޕްޓަރު. ޥަރަށް ދެރަވަރުކަމެއް ދެންމީ އިނގޭތޯ. ގައުމީ ސަލާމަތައް ނުރައްކާވޭ ތިޔަ އިންޑިއާ ސިފައިން މިތާތިބޭތި.
Citizens
09 September 2017
ޗައިނާ އިން ހެލިކޮޕްޓަރ އެއް ގެނަސް، ތި އިންޑިޔާ ގްރޫޕްގެ ބާރު ކަނޑުވާލަންވެއްޖެ ... ދިވެހި ކުދިންނަށް ނުދުއްވޭ ކަމަށް ވަނީނަމަ ތި ބާއްވާނެ ކަމެއް ނެތް ... ހެލިކޮޕްޓަރ އެއް ދީގެން، ގޮތަކަށް ބޭސް އެއް ހދައިގެން މި އުޅެނީ ...
ކަންޒު ކަހަބު
09 September 2017
އަވަހަށް ފިލެވޭނެ ދޮރެއް؟
ކްރިޓިކަލް
09 September 2017
މި ހެލިކޮޕްޓަރު ޖައްސަންވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 25ވަނަ ފަންގިފިލާގަ... މިއިކީ އުނދަގޫ ކަމެތް ނޫން..
Citizens
09 September 2017
ވަރަށް ރަނަގަޅު ޚިޔާލެއް ... ހެލިކޮޕްޓަރ އެއް އަދި ނެތަސް ބިލްޑިންގް އަށް ލޭންޑް ކުރެވޭގޮތަށް ވަރަށް ސަޅި ...