ފާރިސް ޖަލަށް ގެންދަނީ: އޭނާއަށް ފުރަތަމަ ދައުވާ އުފުލިއިރު އޮތީ ރިޝްވަތު ގަބޫލު ކުރުމުގެ މާއްދާއާ ހަވާލާދީފައި --ފޮޓޯ/މިހާރު
11 ސެޕްޓެމްބަރ 2017 - 13:21
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައި ވަނިކޮށް އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފި އެވެ.
ފާރިސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވިއިރު ދައުވާ އުފުލާފައި އޮތީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ހ. ގެ ދަށުން ދަށުންނެވެ. އެ މާއްދާއަކީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ބަޔާންކުރާ މާއްދާ އެކެވެ.
އެކަން ފާރިސްގެ ވަކީލުން ފާހަގަކޮށްފައި ވަނިކޮށް ޕީޖީ އޮފީހުން މިހާރު ވަނީ ދައުވާ އިސްލާހުކޮށް، ދައުވާކުރާ މާއްދާގެ ގޮތުގައި 510 ވަނަ މާއްދާގެ ށ. ހަމަޖައްސައިފަ އެވެ. ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ށ. އަކީ ރިޝްވަތު ހުށަހެޅުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ. އެކަމަކު އެ އިސްލާހު ގެނައީ މައްސަލަ އަނބުރާ ގެނައުމެއް ނެތި ކަމަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުންޏެވެ.
ފާރިސަށް ދައުވާކުރާ އެ މައްސަލައިގެ ލިޔުންތައް ކޯޓުން ފާރިސްގެ ވަކީލުންނާ ހަވާލު ކޮށްފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ފަށަން އަދި ތާވަލެއް ނުކުރެ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.
އެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލާފަތްޕ
25 September 2017
ފާރިޝް ކަމަށް ވިޔަސް މިދައުވާ މި ހިނގަނީ އަދުލު އިންސާފަށް މަލާމާތް ރައްދުވާ ގޮތަށެވެ
އުނބުށެން
12 September 2017
ކޮންމެސް ގޮތަކުން ސެޓިފިކެޓެއް ހޯދައިގެން ރާއްޖެތެރޭ ހޮސްޕިޓަލެއްގައި އަންހެނުން ވިއްސަންވެސް މީހަކު އުޅުނު. އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނީމާ ބެލިއިރު އެނގުނީ އެއީ ނުކިޔަވާ ހުރި މީހެއްކަން. ލޯފަން ޔަހުޔާ ވެސް ކާޅު މެރިކަމަށްވޭ. އެކަހަލަ މީސްމީހުންނަށް ކަމެއް ކުރެވުނަސް ގިނަ ކަންކަން ގޯސްކޮށް ދިއުން ގާތްވާނެ.
ދދދދދ
12 September 2017
ކަލޯ ކީއްކުރަން ކުރާ ދައުވާއެއްތަ. ވެރިމިހާ ނުރުހޭތީ ތިޔަަހަރީ 3 އަހަރަށް ޖަލަސް ލާފައޭ ބުނީމަ ނިމުނީނު. މިހާރުވެސް ޖަލުގައި އެގެންގުޅެނީ ހުކުމެއް ކޮށްގެނެއްނޫންެއްނު. ކީއްކުރަން ކުޅޭ ޑްރާމާޢެއްތަ
ދޮންތުއްތު
12 September 2017
އޭނަ ރިޝްވަރު ހުށަހެޅި. އެއީ ވަރަށް ސާފު މައްސަލައެއް. ހަޖަމް ޕްލީޒް. ކޮމެންޓް ކޮށްގަންނަންވީނު ދޯ؟
މުރާލިބޭ
11 September 2017
ސަޕޯޓްދޭ މީހާއަކީ، މަޢުޞޫމުފަރާތް! ސަޕޯޓްނުދޭ މީހާއަކީ، ކުށްވެރިވާފަރާތް!
އެޑްމުންޑޯ
11 September 2017
މީ ކުޅޭ ކުޅިވަރެއްތަ ، ދައުލަތުގެ ޕީޖީ މިފެންވަރަށް ވެއްޓުނީމާ ދެން ބުނާނެ އެއްޗެއްނެތް ، ވަރަށް ސަލާމް
ފޮށި
11 September 2017
ނުބައިކޮން ދައުވާ ކުރީތީ ޕީޖީ މަގާމުން އިސްތިއުފާ ދޭންޖެހޭ އިސްތިޢުފާ
އަޙްމަދޫ
11 September 2017
ތިޔަ ހުރިހާ ސަކަރާތެއް ނުޖަހައި، ފާރިސްއާ ދޭތެރޭ ރައީސް ޔާމީން ހިތްޕުޅާ ނުވާތީ 3 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފީމޭ ބުނެ ނިންމާލީމަ ނިމުނީނުން.
މީމު
11 September 2017
މި ސަރުކާރުން އެއުޅެނީ ފާރިސް އަށް ހަދާނެ ގޮތެއް ނޭނގިގެން. ޔާމީން ބެނުންހާ ގޮތެއް ނެހެދޭނެ. ބަލަ ﷲ ވޮޑިގެންވަނީ އެންމެނާ އެކުގަ. ކީއްވެގެންތަ ތި އުޅެނީ.
އަދުލު އިންސާފު
11 September 2017
ޝަރުޢީ އަދި ޤާނޫނީ އުސޫލުން ބަލާއިރު ތި ދައުވާގެ ތެދުކަމާ މެދު ސުވާލު އުފެދިއްޖެއެވެ.ޖިނާއީ ދައުވާ އަކީ ވަރަށް ކްލިއަރ ވާންޖެހޭ އެއްޗއކެވެ.