ކްރިމިނަލް ކޯޓު ސަރަހައްދު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ސެޕްޓެމްބަރ 2017 - 10:13
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް 31 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ދެ ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީ އިން މިދިޔަ މަހުގެ 17 ގައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފަ އެވެ .ޖޭއެސްސީން ނިންމާފައި ވަނީ ކްރިމިނަލް ކޯޓަށް ހަތަރު ގާޒީންނާއި ސިވިލް ކޯޓަށް ދެ ގާޒީން ހޯދުމަށެވެ.
އެ ދެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ލިބިފައި ވުމެވެ. މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައިވުމާއި ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 46،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭއިރު ފޯނު އެލަވަންސް ވެސް ލިބެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަހުމަދު ރަޝީދު ޖޭއެސްސީން ދާދި ފަހުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓޭ
13 September 2017
ތިމާ ބޭނުންވާގޮތަށް އިންސާފަށް ހުކުމް ކުރެވެން ނެތަކަން އެނގޭއުރުވެސް ތިޔަމަޤާމް ތަކަށް ތިޔަ ކުރިމަތިލަނީ ބޮޑު މުސާރައިގެ ދަހިވެތި ކަމުގައި ނޫންތޯ؟
މޫސަ
12 September 2017
ތިޔަ މަޤާމުތަކަށް މީހުން ހޮވަން ގާނޫނުތަކުގައި ގަވާއިދުތަކާ އުސޫލުތަކުގައި ހާދަހާ ރަނގަޅު ގޮތްތައް ހުރީ ކަނޑައެޅިފައެވެ. ނަމަވެސް ހިތާމަޔަކީ އިޢުލާނު ކުރުމުގެ ކުރިއަށް ނަގަންވާ މީހާ ފައިނަލްވެ ނިމިފައި އޮތުމާއި ވަކި މީހަކު ތައްގަނޑު ޖަހާފައި އޮންނަ ލިސްޓަކަށް ނޫނީ މީހުން އައްޔަން ނުކުރެވޭ ކަމެކެވެ. އެއަށްފަހު އެމީހާއަށް ވަޒީފާ ލިބުމުން މަޖްބޫރުވަނީ އެމީހާ ބުނާ ގޮތަށް ރޭގަނޑު ދަންވަރު ހުކުމްކުރާށާ ފަޓާސް ބަރީގެ ސްޓައިލުގައި ޝަރީޢަތް ހިންގާށެވެ. މި ޤައުމުގައި ގިނައީ އެގޮތާ ވަރިހަމަނޫން މީހުންނެވެ. ނަމަވެސް އަންނަމަހު ކުލި ދެއްކޭނެ ގޮތެއް ނެތީތީ ހަމަ ފާޅުގައި އަނގައިން ބުނެވެން ނެތީއެވެ. ސަލާމް
އުއްތަރަ މަނިކުފާނު
12 September 2017
މޮޔަކަމުން ކުރިމަތިލި ބައެކެވެ.
ރަދީފް
12 September 2017
ތިޔައީ ކުރިމަތިލާން ހެޔޮވާވަރުގެ ވަޒީފާއެއްނޫން.އެބަހީ އަދުލުވެރިނުވެވެންޏާ ތިޔައީ ބިރުވެރިކަމެއް.ވ.ވެދުން
ހަނދުކޭތަޔަ
12 September 2017
ތިތަނަށް ހޮވަންޖެހޭ މީހާ މިހާރު އުޅެނީ ރައިސް އޮފީހުގައި، އޭނަ ހޮވޭނެ ކަމުގެ 100% ޔަގީންކަން އެބައޮތް.