އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަނީސް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ސެޕްޓެމްބަރ 2017 - 12:51
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލް މުހައްމަދު އަނީސް (ތަރި އަނީސް) އިސްތިއުފާ ދެއްވައިފި އެވެ.
ކުރީގެ މަޝްހޫރު ވޮލީ ކޯޗު އަނީސް ސަރުކާރުން އިސްތިއުފާ ދެއްވައި ސިޓީ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވީ މިދިޔަ ހޯމަ ދުވަހު ކަމަށް އެނގިފައިވެ އެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ގާތްގުޅުމެއް އޮންނަ އަނީސް ސަރުކާރުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވި އެވެ.
މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަނީސް ވަނީ މީގެ ކުރިން ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސާހިބު
14 September 2017
ސަރުކާރަށް ބޯލަބަނމުން ބަރަށް ހަޅޭއްލަވާދެމުން އެކަމަކު ސަރުކާރަށް ބޮޑާ ހާކަމުން ދާކުދިންނަށް ރަނގަޅުގޮތްތަށް ހަދާދެއްވާނެ. މީހަމަ ފެންނަމުންދާ ބޮޑު ހަޤީގަތަކީ؛
ައައްޑޫ މީހާ
13 September 2017
ކާކު ބަލިވާން ބޭނުން ވާނީ، އެއްވެސް ސިޔާސީ ލީޑަރަކު ބޭނުމެއް ނުވާނެ ދޯ ބަލިވާ ކަށް.ރާއްޖޭގަ ތިޔަ ރަނގަޅު ވެރިކަން ކުރި ރަނގަޅު ވެރިއެއް ނެތް، ކޮނމެ މީހަކުވެސް އެމީހެއްގެ ވެރިކަން ދަމަހައްޓަން ކުރި މަސައްކަތް އެބަހުރި މިވެސް އޭ ގެ އިން ބޮޅެއް އަދި ކުރިޔައް ހުރީ ކަންކަން، ފެންނާނެ ކޮންމެ ވެރިކަމެއްގަ ވެސް މިކަހަލަ ކިތަންމެ ކަމެއް
ޓްރޫ
13 September 2017
ތަރި އަނީސް ކިޔާ އަޑު އެހިން. އަދި ކަރަޕްޝަނާ ނާއިންސާފާ ދެކޮޅު ބޭފުޅެއްގޮތުގައި ބަޔަކު އެބޭފުޅާގެ ވާހަކަ ދެއްކި އަޑު އެހިން. އެކަމަކު އޭރުވެސް އަޅުގަނޑު ސްވާލު ކުރިން އެހާ ރަނގަޅު ބޭފުޅަކު ކީއްވެހޭ ހުރިހާ ކަމެއް އެނގި ހުރެ ވަޒީފާގައި އެއުޅެނީ.
މައްސަލަނެތީ
13 September 2017
އުސްމާން ނުވަތަ ސުލައިމާނުތައް ތިބޭނެ. ވާމާ އެއްވެސް މައްސަލައެއް ނުން. ލޮލް.
ޑޮން
13 September 2017
ތަރި އަނީސް އަކީ އަބަދުވެސް ހިތްހެޔޮ ރަނގަޅު މީހެއް. މަރުޙަބާ!
ރޮކްސީ
13 September 2017
ތަރިގެ ނިންމުން ބަރާބަރު. އަމިއްލަ ނަފްސު ގަބޫލުކުނުރާ ހަމަތަކެއް ދިފާއުކުރަން ކިތަންމެ ބޮޑު މުސާރައެއްދިނަސް ގޮތެއްހުރި މީހަކު ނުހުންނާނެ. ތަރިއަކީ އަބަދުވެސް ހަމަ ގަބޫލުކުރާ ގޮތެއްހުރިމީހެއް.
ބަހުރު
13 September 2017
ފެތެނީ
ޑޮން
13 September 2017
މިނިސްޓަރ ސަޢީދު ޓޫރިޒމަށް، ތަރި އިކޮނޮމިކް މިނިސްޓަރަށް، ޒަމީރު ރައީސް އޮފީހަށް ކިހިނެއްވާނެތޯ؟
ނަޑެއްލާ
13 September 2017
ބޭރުގެ ކޮންމެވެސް ޤައުމެއްގެ ސަފީރު ކަމަށް ތައްޔާރު ވަނީ!
ރައްޓެއްސެއް
13 September 2017
އަހަރެންނަށް އެގޭވަރުންވިއްޔާ ތަރިއަކީ އަމިއްލަނިންމުން އަމިއްލަޢަށް ނިންމާނެ މީހެއް. އޭނަ ކެނޑެން ބޭނުންވީމަ ކެނޑޭނެ.