ސްކޮޓްލެންޑުގެ ބަނދަރުގައި އޮތް އިންޑިއާގެ ބޯޑުގެ ފަޅުވެރިން ބޯޓު ދޫކޮށް ދާން ދެކޮޅު ހެދީ އެ މީހުންނަށް މުސާރަ ނުލިބިދާނެތީ.
16 ސެޕްޓެމްބަރ 2017 - 16:30
ލަންޑަން (ސެޕްޓެމްބަރު 16) - ސްކޮޓްލެންޑުގައި ހިފަހައްްޓާފައިވާ އިންޑިއާގެ ބޯޓުގެ ފަޅުވެރިންނަށް ނުދީވާ މުސާރަ ދިނުމަށް އެ ބޯޓު އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވިއްކާލުމުގެ ހުއްދަ އެ ގައުމުގެ ކޯޓަކުން ދީފި އެވެ.
އިންޓަނޭޝަނަލް ޓްރާންސްޕޯޓް ވޯކާސް ފެޑެރޭޝަން (އައިޓީއެފް) އިން ލަފާކުރާ ގޮތުގައި "މަލާވިޔާ ސެވަން" ނަމަކަށް ކިޔާ ބޯޓުގައި ތިބި 11 ފަޅުވެރިންގެ މުސާރައިގެ ގޮތުގައި 803،760 ޑޮލަރު ދޭން ޖެހެ އެވެ. އަދި ނީލަމުގައި ބޯޓު ވިއްކާލައިގެން އެ އަދަދަށް ފައިސާ ހޯދޭނެ ކަމަށް އައިޓީއެފް އިން ބުންޏެވެ.
ބޯޓުގެ ވެރިފަރާތަކީ މުމްބާއީގެ ޖީއޯއެލް އޯފްޝޯ ލިމިޓެޑެވެ. އެ ކުންފުނި މިހާރު ވަނީ އުވާލާ ހިސާބުގަ އެވެ.
ސްކޮޓްލެންޑުގެ އަބާދީން ބަނދަރުން ބޯޓު ފުރުން މަނާކޮށް ކުރިން ވަނީ ކޯޓުން އަމުރެއް ނެރެފަ އެވެ.
ބޯޓުގައި ތިބި އިންޑިއާގެ ފަޅުވެރިންގެ ކަންކަން ހަމަޖައްސައިދެނީ ސްކޮޓްލެންޑުގެ ޗެރިޓީތަކުންނެވެ. ފަޅުވެރިން ވަނީ ބޯޓު ދޫކޮށްލާފައި ދާން ދެކޮޅު ހަދައިފަ އެވެ. އެ މީހުން ބުނެފައި ވަނީ ބޯޓުން ހިނގައްޖެ ނަމަ ނުދީ ހުރި މުސާރަ ދެން ނުލިބޭނެ ކަމަށެވެ.
ބޯޓުގެ ޗީފް އޮފިސަރު ބަމަދޭވް ސްވައިން ބުނީ އާއިލާ މަތިން ވަރަށް ހަނދާންވާ ކަމަށާއި އެކަމަކު ސްކޮޓްލެންޑް މީހުން ވެސް ހެޔޮ ކަމަށެވެ.
ފަޅުވެރިންނަށް މުސާރަ ނުދޭ މައްސަލަގައި މަލަވިޔާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ވެސް ހިފަހައްޓައިފަ އެވެ. އެ ފަހަރު ބޯޓު ދޫކޮށްލީ މުސާރަ ދިނުމުންނެވެ.
އަބާދީން ހާބާ އިން ބުނެފައި ވަނީ އެ ބަނދަރުގައި ބޯޓު އޮތް ދިގު މުއްދަތުގައި ދައްކަން ޖެހޭ ކުލިން ބައެއް، ބޯޓު ވިއްކާލާ ފައިސާ އިން ލިބޭނެ ކަމަށެވެ. ނަމަވެސް ފަޅުވެރިންގެ މުސާރަ އިން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައބއަޖު
17 September 2017
ޤާނޫނު ނެތަސް އަމިއްލަ ޔައް ކުރާކަން ތަކަށް ސަރުކާރުން ދައްކަން ވެއްޖެޔާ ކޮބާ ސަލާމަތް.ސަރުކާރު ގައި ހުންނާނީ ހުރިހާ ރައްޔިތުންގެ މުދާ.ވަރަށް ވާހަކަ
އީސަ ކުޑޭ
16 September 2017
ތިޔަހުންނަނީ ނަމޫނާ، އަހަރެމެންނަށް މި ވާވަރަކީ ހައްޖައް ދާން ދެއްކި ފައިސާ ކޮޅު އަތަމާއިން ކާލީމަވެސް ދައުލަތަށް މި ޖެހުނީ އެމީހުން ހައްޖައް ފޮނުވަން، ކީއްވެ އަތަމާ މުދާ ވިއްކައިގެން ހަމަ ނުކުރެވުނީ؟ ދައުލަތުގައި މި ހުންނަނީ އަހަރެމެން އެންމެންގެ މުދަލޭ، މި ނުޖެހޭނެ މީހަކު އަމިއްލަ ހިޔާނާތް ސަލާމަތް ކުރަން ބޭނުން ކުރާކަށް. އެފައިސާ ދައުލަތަށް ނެގެން ޖެހޭނެ.
ޙެހެ
16 September 2017
އެއީ އެކަމަށް ހަދާފަ ލިޔެފަ އަމަލުކޮށްފަ ހުންނަ ގާނޫނުތައް ހުންނާތީ. ރާއްޖޭގަ އެފަދަ ގާނޫނުތައް ހެދިފަކާ ނެތް. ހަދާފަ ހުއްޓަސް އެ ގާނޫނުގެ މާނަ އޮންނަނީ ގާޒީ ބަނޑުތެރޭ.
ރަދީފް
16 September 2017
ސްކޮޓްލޭންޑްގެ އެބަރޑީން. ވ.ވެދުން
ކަކަކަކަ
17 September 2017
"ޢަބާދީ" އޭ ކިޔަނީ ކޮންމެވެސް ޤައުމެއްގެ ބޮޑުވަޒީރަކަށް ދޯ؟.ހެހެހެ