މާލެ އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅަށް ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ސައީދު (ވ) އަދި އެމްޕީއެލްގެ ސީއީއޯ ހަލީމް މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ /މިހާރު
18 ސެޕްޓެމްބަރ 2017 - 16:05
މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ބަހުގެ ޚިދުމަތް ދޭން އިކޮނޮމިކް މިނިސްޓްރީން އެމްޕީއެލްއާ މިއަދު ހަވާލުކޮށްފި އެވެ.
ވިޔަފާރި ބަނދަރުތައް ބަލަހައްޓާ ކުންފުންޏާއެކު ބަހުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ހަލީމް ވިދާޅުވީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަހުގެ ކިދުމަތް ފަށާއިރު، ކުޅުދުއްފުށީގައި ވެސް އެ ޚިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މާލޭގައި ވަރަށް އަވަހަށް ބަހުގެ ޚިދުމަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅަށް ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެމްޕީއެލްއަކީ މިހާރު ވެސް ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ކާމިޔާބުކަމާއެކު ދެމުން އަންނަ ކުންފުންޏެއް. އެގޮތުން އައްޑޫ ސިޓީގަ އާއި ފުވައްމުލަކުގައި ފެރީގެ ނިޒާމާއި ބަހުގެ ޚިދުމަތް މިހާރު ދެމުން އެބަގެންދަން،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގެ މަގުތައް މިހާރު ރަނގަޅު ފެންވަރަކަށް ހަދަމުން އަންނަ ކަމަށާއި އެ މަގުތައް ހެދެމުން އަންނަ ވަރަކަށް ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ މަގުތައް ހަދަމުން އަންނަ ކަން ހަލީމް ފާހަގަކުރެއްވި އެވެ.
"މިކަމަކީ އެމްޕީއެލް މި ޚިދުމަތް ރައްޔިތުންނަށް ދެމުން ގެންދާނީ ވަރަށް ފަޚުރުވެރިކަމާއެކު، ޔަގީން ކަމާއެކު،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ފުވައްމުލަކުގެ ހަނި މަގުތަކަށް ވަދެވޭވަރުގެ ކުދި ބަސްތަކެއް އެ ސިޓީ އަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
19 September 2017
މާލޭގައި ބަސްދުއްވަންފެށީ ނަޝީދުގެ ވެރިކަމުގައި ،، ދާދިފަހަކާއި ޖެހެންދެން ބަސްދުއްވި ،، އެކަމު އެދުއްވޭކަށް މިހާރު ނޯވޭ ،، މާލޭގެ ޓްރެފިކް މިއޮތީ އަތަށްގޮއްވާލާފައި ،،، އޭރު އިސްލާމީ މަރްކަޒް ވަށައިގެން އޮންނަދެމަގުން ބަރާބަރަށް ދުއްވޭ އަދި އެންމެ ބޮޑަށް އެންމެންވެސް ބޭނުންކުރަމުން ދެމަގުއެއީ ،، ދެންއެތަން ބަންދުކުރުމުގެ ސަބަބުން މާލޭގެ ޓްރްފިކް މިވަނީ ހައްލުނުވާ ހިސާބަށްގޮސްފައި ،، އެހެންވީމައި ތިޔަބަސް ދުވާނެ ކަމަަކަށް ލަފާނުކުރެވޭ ،،، ދެން ކުޅުދުއްފުށީގައި ކީއްކުރާ ބަހެއްތޯ ؟؟ ލާމްއަތޮޅުގައި އޯކޭ ،،، އެތާއެބައޮތް ދުެއްވާނެ ތަން ،،، ވަރަށްވެދުން
ބޭބެ
19 September 2017
އަސްލު ކަންއޮތް ގޮތަށް ބަލާއިރު، އެމްޕީއެލްގެ ބަހުގެ ޚިދުމަތް އައްޑޫގައި ދެވޭ ފެންވަރު ރަނގަޅެވެ. އަދިވެސް ރަނގަޅު ކުރެވިދާނެ ބައެއްކަންކަން ދަންނަވާލަންކަމަށެވެ. 1- ބަސް ދަތުރުކުރާ ރޫޓް އިނގޭނެ ޗާޓެއް ބަހުގައި ހުރުން. 2- ބަސް ސްޓޭންޑްތައް އެކަށޭނެ ގޮތަކަށް ތަރައްޤީ ކުރުން ( އޭރުން އިޝްތިހާރު ޖަހައިގެން އާމްދަނީ ހޯދޭނެ) އަދި އެތަންތަނުގައި ޝެޑިއުލް ބެހެއްޓުން 3- ޕަބްލިކް ޓްރާންސްޕޯޓަށް ހޮޓް ލައިނެއް ޤާއިމު ކުރުން 4- ބަހުގައި ހުންނަ ޓީވީ ތަކުގެ ކޮންޓެންޓް ކުންފުނިން ކަނޑައެޅުން. 5- އައްޑޫ- ފުވައްމުލަކު ހަފްތާއަކު 3 ، އަދި ފޭދޫ - ހުޅުމީދޫ ދުވާލަކު 2 ދަތުރަށް ބަދަލުކުރުން 6- ފަށައިގަންނައިރު ކޮންމެވެސް ވަރަކަށް ގެއްލުން ލިބުނު ނަމަވެސް، ދަތުރު ފަތުރުގެ ވަސީލަތް ތަކުގައި ކިޔާލެވޭނެ ރީޑިން މެޓީރިއަލްތަކެއް ބެހެއްޓުން. 7- އޯފް ޕީކް ގަޑިތަކުގައި ކުދިބަސް ބޭނުންކުރުން 8- މުޅި ދަތުރު ފަތުރުގެ ނިޒާމަކީ ރައްޔިތުން "ގަޑި އަށް ނައްޓާލާ" ނިޒާމެއްކަމަށް ބުނެވޭމިންވަރަށް ގަޑިއަށް ސަމާލުވުން.
ބޯހަލާކު.
19 September 2017
ރައީސް އޮފީހުން މާލޭގެ ކުނި އުކުމާ ހަވާލުވާނީ ކޮން އިރަކުންތޯ؟
ނަޝީދާ
19 September 2017
ރައީސް ޔާމީން ތިޔަ ފެއްޓެވި އާ ހިދުމަތައް ވަރަށްވެސް ވެދުން. މީ ވަރަށް ވާހަކަ ...
ކަސްޓަމަރ
18 September 2017
އެމްޕީއެލް ގެ އަސާސީ ޤަވާޢިދުގައި ދަތުރުފަތުރުގެ ޚިދުމަތް ހިމެނިފައި އޮތުމުން އެކަން ކުރެވޭނެ. މިވީހާ ތަނަށް އެމްޓީސީސީ އާ ޙަވާލުކޮށްގެން ބަހަނާ ގިނަވެގެން މިކަން އޮތީ ނުވެފަ. އެމްޕީއެލް އަށް މިކަން ވާނެ، މިކަން ކުރުމުން ފައިދާ ވާނީ ރައްޔިތުންނަށް.
މަރީނާ ބޭ ސޭންޑްސް
18 September 2017
މާލޭގަ އެންމެ ރަނގަޅު ވާނީ ސިންގަޕޯގަ ދޭ ފަދަ އެމް.އާރު.ޓީގެ ހިދުމަތް ދިނިއްޔާ (އަންޑަރ ގްރައުންޑް ޓްރެއިން ނެޓްވޯކް) އެހެންޏަ މިއުޅެނީ ބައެއް މަގުތަކުގަ މުށި ޖަހައިގެން ޓްރެފިކް ކޮންޓްރޯލް ނުކުރެވި މުޅި މާލެ ތޮއްޖެހިގެން، އިސްލާމީ މަރުކަޒު މީހުންނައިގެން ފުރޭތިއްޔޯ، އިސްލާމީ މަރުކަޒު ފުރޭތީކީ ނޫން މުށި ޖެހީ، އެ ޖެހި ބޭނުމެއް އެންމެންނަށް ވެސް އެނގޭ
އަފިހުން ގޮއްޔެ
18 September 2017
މާލޭގެ މަގުތަކުގަ ދޭންވީ ބަހުގެ ޚިދުމަތެއްވެސް ނޫން ރޭލުގެ ޚިދުމަތް، އާނފަހެ މީހަކު ބުރާންޗެއް ނުވާނެތަ، މާލޭގަ ބަހުގެ ޚިދުމަތޯލަ، ކިހިނެއް ވެފާތަ މިތިބެނީ!
ޟަމީރު
18 September 2017
މީކޮންވައްތަރު ސަރުކާރު.. .އެކަމަށް ސަރުކާރާއި ރައްޔިތުންގެ ކުންފުންޏެއްއޮއްވާ މީދެންކޮންވައްތަރު....ބަޔަކު މޮޔަވެދާނެ
Ahmed
18 September 2017
ޜީތި ބަސް ގެންނައްޗޭ
އެކްސް
18 September 2017
ފުވައްމުލަކުގައި ތިބަސް ގިނައިން ދަތުރުކުރަނީ ހުހަށް.