އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު: އޭނާ މިހާރު ވެސް ގެންދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން --ފޮޓޯ/މިހާރު
20 ސެޕްޓެމްބަރ 2017 - 15:37
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކުގެ އަދަދު 33 އަށް ވުރެ މައްޗަށް އަރައި، އެ ހުުރިހާ މައްސަލަތަކުގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިިހާރު ވެސް އަށް އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ 25 ދައުވާއެއް މިދިޔަ ޖުލައި މަހުު 25 އުފުލާފައި ވަނިކޮށް، ޚިޔާނާތުގެ އިތުރު ހަތް ދައުވާއެއް އުފުލައި، މިދިޔަ މަހު ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ ހުރިހާ މައްސަލަތަކުގެ ޝަރީއަތް ވެސް އާދިއްތަ ދުވަހު ފަށަން ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަތަކުގެ އިތުރުން އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ޚިޔާނާތުގެ އިތުރު ދައުވާއެއް މިއަހަރު ކުރީކޮޅު ވެސް ޒިޔަތުގެ މައްޗަށް އުފުލައި، ޝަރީއަތް އަންނަނީ ހިންގަމުންނެވެ. ޒިޔަތު މިވަގުތު ތަންފީޒު ކުރަމުން ގެންދަނީ ވެސް ޚިޔާނާތުގެ ދައުވާއެއް ސާބިތުވެގެން އައިސްފައިވާ ހުކުމެކެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ނުވަ ދައުވާއެއް އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބު ވެސް ގެންދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒިމް
21 September 2017
ކަލޯގަޔާ އެންމެ 33 ދައުވާ. އަދި ތަންކޮޅެއް މަދެއްނު ކިތައް އަހަރުބާ
އެފައިސާމިފައިސާ
20 September 2017
ޒިޔަތު ދިން ފައިސާ ހަލާލެއް ނޫން.. އެފައިސާ މިފައިސާ، އަދި އަނެއް ފައިސާ ހުރިހާ ފައިސާ ހަލާެއް ނޫން.. ދެން އަތް ޖަހާ
ތެއާސާ
20 September 2017
މާމޮޅުގޮތެއް އެބައޮތް. އާއިލާއިން ކޯޓަށް އަންގަބަލަ ޒިޔަތު މަރުވެއްޖެކަމަށް. ރިލުވާނު ކިޔާ ސޮރުގެ މައްސަލާގައިވެސް ތުހުމަތުކުރެވޭ ބޭފުޅާގެ އާއިލާއިން ކޯޓަށް އަންގައިފިޔޯ އޭނަ މަރުވެއްޖެކަމަށް.
ސައިންސް
20 September 2017
ނޯޓީ ބޯއީ، ކީއްވެތަ ތިހެން ތިއުޅުނީ ވިޔާނުދާ ކޮށް.
މުޖިން
20 September 2017
މުޖިރިމުންނަށް ބަރާބަރަށް ހުކުން އިއްވަން ޖެހޭނެ. 300 އަހަރު ރަނގަޅު.