އައިލޭންޑާސް ފުޓްސަލް ޗެލެންޖު މުބާރާތުގެ މެޗެއް ކުރިއަށް ދަނީ. -
21 ސެޕްޓެމްބަރ 2017 - 23:23
ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވާ ޓީމުތަކަށް، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖާޒީގެ އިތުރުން ފައިސާގެ ބޮޑެތި އެހީތަކެއް ވެސް ދޭން ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރު އީދުގައި އޮންނާނީ ފިރިހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތަކާއި އަންހެނުންނަށް ހާއްސަ ވޮލީ މުބާރާތެކެވެ. ޕީޕީއެމުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ތިން ސެޓް ޖާޒީ ދޭނެ އެވެ. އެއީ ހޯމް ކިޓަކާއި އަވޭ ކިޓަކާއި އޮފިޝަލް ކިޓެކެވެ. އަދި ފައިސާގެ އެހީ ވެސް ދޭނެ އެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އަތޮޅު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 15،000ރ.، ޒޯން މުބާރާތުގެ ކޮންމެ ޓީމަކަށް 50،000ރ. އަދި ފައިނަލަށް ދާ ކޮންމެ ޓީމަކަށް 100،000ރ. ދޭން ވަނީ ހަމަޖައްސައިފަ އެވެ.
ކޮންމެ މުބާރާތެއްގައި 199 ޓީމަށް ފުރުސަތު ދޭން ނިންމާފައި ވާއިރު، ބައިވެރިވުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
މި ފިއެސްޓާގައި ހިމެނެނީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކެވެ. އެގޮތުން އަތޮޅު މުބާރާތްތަކުގެ ޗެޕްމިއަނުން ޒޯން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. މާލެއާ އެކު ފިއެސްޓާ ހަ ޒޯނަކަށް ބަހާލާފައިވާއިރު ފައިނަލް މެޗުތައް ކުޅޭނީ މާލޭގަ އެވެ.
ޗެމްޕިއަން ޓީމަށް 50،000ރ.، ރަނަރަޕް ޓީމަށް 30،000ރ.، ފެއާޕްލޭ ޓީމަށް 20،000ރ.
ޗެމްޕިއަން ޓީމަށް 100،00ރ.، ރަނަރަޕް ޓީމަށް 75،000ރ.، ފެއާޕްލޭ ޓީމަށް 50،000ރ.
ޗެމްޕިއަން ޓީމަށް 200،000ރ.، ރަނަރަޕް ޓީމަށް 150،000ރ.، ފެއާޕްލޭ ޓީމަށް 75،000ރ.
ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާ މި މުބާރާތުގައި ކްލަބު ޖަމިއްޔާތަކުގެ ނަމުގައި ބައިވެރިއެއް ނުވެވެ އެވެ. މުބާރާތް ތަމްސީލްކުރެވޭނީ ރަށުގެ ނަމުގައި ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
މިއީ ތިން މަސް ދުވަހަށް ދިގު ދެމިގެންދާ މުބާރާތެއް ކަމަށާއި މި މުބާރާތުގެ ސަބަބުން، ރާއްޖޭގައި ތިބި ކުޅިވަރަށް ލޯބިކުރާ ގިނަ ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެއާސާ.
23 September 2017
ވެނުމަސް ވެނަށް ކާންދިނުން
އަލްޖިބްރާ
23 September 2017
ކިތަންމެ ބައިވަރު ފައިސާއެއް ބެހިނަމަވެސް 2018 ވޯޓުން ކާމިޔާބެއް ނުލިބޭނެ !
ސިމާ
23 September 2017
ތި ފައިސާ ރޮހިންޖާ މުސްލިމުންނަައް ދިނިއްޔާ މާރަގަޅު
އަޝްރަފް
23 September 2017
ފިނެންސް މިނިސްޓްރީން ސަރުކާރުގެ ޚަރަދު ކުޑަކުރަން ހިފާފައިވާ ދަނޑިވަޅެއްގައި މިހާ ބައިވަރު ފައިސާ (ހިސާބު ހާދާލީމަ 6.5 މިލިއަން ރުފިޔާ) ޚަރަދު ކުރަން ހުއްދަ ދިން ގޮތެއްވެސް ބަލަންޖެހޭ. ސަރުކާރުން ކުރާ ޚަރަދެއް ނޫންނަމަ ޕީޕީއެމް އަށް ދޫކުރާ ފައިސާ އަށްވެސް ވާނުވާ އެނގެންޖެހޭ. ކޮންމެ ގޮތެއްވިޔަސް މިއީ ރައްޔިތުންގެ ފައިސާ. ރައްޔިތު މީހާ އނަގަޔާ އަތާ ދިމާ ނުވެގެން އުޅޭއިރު މިކަހަލަ ބޭކާރު ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލަން.
ހެހެހެ
23 September 2017
މައެދެން އެމްޑީޕީން ވެރިކަމުގައި އޮތަސް މިކަހަލަ ފީކަޅާ ކަންކަން ނުކުރުމަށް! ޑިމޮކްރަސީ އާއި ކަންކަން އޯކޭ.
ހަމަހޭ
23 September 2017
ކުރިޔައްއޮތީ ކަރަންޓްބިލް ބޮޑުވުން، ޖީއެސްޓީ 8% އައް ބޮޑުވުން، ފިހާރަކުލިން 10% ، އަޕާޓްމެންޓު ކުލިން 6%. އަދިވެސް އަދިވެސް އިނތިޒާރު ކޮއްލައްވާ.
ރަދީފް
23 September 2017
ކޮންތާކުން ހޯދި ފައިސާއެއްތޯ.؟؟ހުދް ޓީމްތަކުންވެސް ނާހާނެ ކިހިނެތް ލިބުނު ފައިސާއެއްތޯ. ވ.ވެދުން
ފައިސާ
22 September 2017
ހަލާލުފައިސާ ތޯ ތިދެނީ.... ސުވާކު އުފެދޭ...
ހާސަރު
22 September 2017
ސަރުކާރު ކުންފުނިތައް ހަމައެއް އުސޫލެއް ނެތި މިކަހަލަ ކަންކަމުގައި ބައިވެރިވެ މިލިއަނުން ހޭދަކުރަންްވަނީޖެހިފާ! އޭސީސީ ހަމަ އަޅާވެސް ނުލާ!
ކުމާރު
22 September 2017
ސާފު ބޯފެނެއް ބޭސްފަރުވާ އެއް އަދި ނަރުދަމާ އެއްވެސް ބޭނުމެއްނޫން،ބޭނުމީ ކުޅިވަރާ މަޖަލުގަ ގެއްލިފަ ތިބެން އިނގިއްޖެ ؟