ރޭ މާރާމާރީ ހިންގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި-- ރޭގެ މާރާމާރީގައި ޒުވާނަކު މަރާލާފައިވާއިރު އެހެން ޒުވާނަކު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފަ-- މިހާރު ފޮޓޯ: ނިޝާން އަލީ
24 ސެޕްޓެމްބަރ 2017 - 12:37
ވަޅިން ހަމަލާ ދީ ރޭ ޒުވާނަކު މަރައިލި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 24 އަހަރުގެ އެ ޒުވާނާގެ އޮޕަރޭޝަނެއް ކޮށްފައިވާ އިރު އޭނާގެ ހާލު ރަނގަޅުވަމުން ކަމަށެވެ.
"ޑޮކްޓަރުން ވިދާޅުވަނީ އޭނާ ސްޓޭބަލް ކަމަށް. ތަފްސީލް ދެވޭކަށް ނެތް." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާފަންނު އައިޓަމްސް ފިހާރަ ކައިރިން، ޝާރިއު ވަރުދީ ކިޔާ މަގުގައި ހިންގި މި މާރާމާރީގައި ޒަހަމްވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ ވ. ކެޔޮދޫ ދޭލިއާގޭ (މ. މުއްދު) މޫސާ އަހްމަދު، 19، އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި މިހާރު ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
މި ހަމަލާ ދިނުމަށް ބޭނުން ކުރި ވަޅި އާއި ހަމަލާ ދިން މީހުން ދުއްވި ދެ ސައިކަލު މަގުމައްޗަށް ދޫކޮށްލުމަށް ފަހު އެ މީހުން ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ.
މިދިޔަ ޖުލައި މަހު ވެސް، މާލޭގައި ދެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޝާ
24 September 2017
ވަރަައް ދެރަ
ހަސަނާ
24 September 2017
ގޭންގު ތައް ހުއްޓުވާށޭ. މިދެން ކިހާ ބޮޑު ކަމެއް
ދޮން އާމިރު
24 September 2017
ގޭންގަކީވެސް މުއައްސަސާއެކޭ...