ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމަށް ފަހު، އަބްދުއްރަހީމް، ރައީސް ޔާމީނާ ސަލާމް ކުރައްވާއިރު، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އަތްޖައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
28 ސެޕްޓެމްބަރ 2017 - 00:18
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އޭނާ ހައްގަކާ ނުލައި ބަންދުކޮށް އަދަބު ދީފައިވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އިންސާފުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި މައުމޫންގެ ވެރިކަމުގައި ހައްގަކާ ނުލައި އޭނާ އެތައް ދުވަހެއް ވަންދެން ބަންދުކޮށް، އަރުވާލި އެވެ. އަދި އެއީ ކޮން ކުށެއް އޮވެގެންތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ. އޭނާ އޭރުގެ ފުލުސް ކޯޓަށް ގެންގޮސް، އަރުވާލަން ހުކުމް ކުރިއިރު އިންސާފުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން މިހާރު ދައްކަން ނުޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"...ތިން މަހާއި 18 ދުވަހު ޖަލުގައި ބޭންދި. އެއް އަހަރާއި ދެ މަސް ދުވަހު ގޭ ބަންދުގައި ބެހެއްޓި. ބާރަ އަހަރާއި ފަސް މަހަށް އަރުވާލި. ކޮބައިތޯ އިންސާފަކީ؟. އޭރު ހުރި ފުލުސް ކޯޓު ކިޔާ ތަނަށް ގޮސްފައި ބުނަނީ މީނަގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ މިހެންމިހެން ވެގެންނޭ. ބަޔާނެއް ނެތް، ގަޒިއްޔާ ނަމްބަރެއް ނެތް،" މައުމޫންގެ ވެރިކަމުގެ ދުވަސްވަރު އަދުލުއިންސާފުގެ ދާއިރާ އިން ގެންގުޅުނު ނާއިންސާފު ކަންކަން އަމިއްލަ ތަޖުރިބާގެ އަލީގައި ހިއްސާ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
"[ފުލުސް ކޯޓުން] ބުނަނީ 12 އަހަރާއި ފަސް މަސް ދުވަހަށް އަރުވާލަން ހުކުމް ކޮށްފީމޭ. ދެން މިއަދު ނުކުމެ ކޮން އިންސާފެކޭ އަޅުގަނޑުމެން ކައިރި ކިޔާނީ؟."
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ ސަރުކާރުގެ ތެރޭގައި ހިނގި ކޮރަޕްޝަންގެ ކަންކަން، ވެރިކަމުގައި ހުންނަވައިގެން ބެއްލެވި ހަމައެކަނި ރައީސް ކަމަށާއި ކުރީގެ ސަރުކާރުތަކުގައި ހިނގި ބޮޑެތި ކޮރަޕްޝަންތައް ބަލާފައި ނުވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ މައުމޫންގެ ވެރިކަމުގައި ހިނގި ބޮޑު ކޮރަޕްޝަން ކަމަށްވާ އެފްޕީއައިޑީގެ މައްސަލަ އެވެ.
"ކޮބައިތޯ އެފްބީއައިޑީގެ މައްސަލަ؟. ތިމާގެ ޅިޔަނު [އިލްޔާސް އިބްރާހީމް] ވީމަ ކުރެވުނު އެއްކަމެއް ވެސް ނެތޭ. ބުނީ ފިލައިގެން ރައްކާވީއޭ، ތިމަންނާ އަކަށް ނޭނގެއޭ. ދައުލަތުގެ މަތިންދާބޯޓެއްގައި ފިލައިގެން ދިޔައީއޭ. އޭގެ ދެތިން ދުވަސް ފަހުން ފެނުނީ ހަނިމާދޫ އެއާޕޯޓް ހުޅުވި ރަސްމިއްޔާތުގައި ސްޓޭޖް މަތީގައި ބައިންދައިގެން އެވަރުގެ މީހަކު ނެތް ކަމަށް ތައުރީފް ކޮށްފައި ދެއްވީ ވަޒީރުކަން،" ރައީސް ޔާމީންގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން: އަބްދުއްރަހީމް ފާޑު ކިޔުން ނުސީދާކޮށް މައުމޫނަށް އަމާޒު ކުރެއްވި
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަނީ ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ހެދިއިރު އޭރުގެ މަޖިލިސް ތެރޭގައި އަމަލުކުރި ގޮތަށް ކަންކަން ކޮށް، ވަކި ބަޔަކަށް ވީތީ ވަކި ގޮތެއް ހެދުމަށެވެ. އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނުއަސާސީއާ ޚިލާފަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ކަމެއް އިދިކޮޅު ކޯލިޝަނަށް ނުދެއްކޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާ ކުރިއަށް ގެންދާއިރު، ރައީސް ޔާމީން މޮބައިލް ފޯނުން އެއްޗެއް ވިދާޅުވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ހަމަ ވަރަށް ބާރު ލާފައި މި ބުނަނީ އަނިޔާވެރިކަމޭ. ކޮބައިތޯ އަނިޔާވެރި ކަމަކީ؟. މި އިމާރާތް އެޅުންތޯ އަނިޔާވެރި ކަމަކީ؟. ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖެއް އަޅާތީތޯ އަނިޔާވެރިވީ؟،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ދީނީ އިލްމުވެރިން ތެދުވަން ޖެހޭނެ ކަމަށާއި އެހެން ދީންތައް ގެނައުމުގެ ފުރުސަތު އޮތްތޯ ބެއްލެވީ ވެސް ނަޝީދު ކަމަށެވެ. ނަޝީދަކީ "ވަގަށް ލައިސެންސް ނަގައިގެން" ވެރިކަމަށް ވަޑައިގަތް ބޭފުޅެއް ކަމަށް ވިދާޅުވެ، ފަލާހް ވިދާޅުވީ ވެރިކަން ނުކުރެއްވޭނެ ކަން ނަޝީދު މިހާރު ގަބޫލުފުޅު ކުރައްވައިފި ކަމަށެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި މެމްބަރު ފަލާހް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮތްތޯ ބަލަން ސިޓީއެއް ނުފޮނުވާތޯ؟ މަޖީދު ބާރީ އެހެން ވިދާޅުވީ. މަޖީދު ބާރީ މިހާރު ޕޯޑިއަމްތަކަށް އަރާ އެބަ ވާހަކަ ދައްކާ. މިހާރު ބަރާބަރު. އަޅުގަނޑުމެންނަކަށް ނޭނގެ މިވާ ގޮތެއް." ފަލާހް ވިދާޅުވި އެވެ.
އެމްޑީޕީއަކީ ނުރައްކާތެރި "ބައްޔެއް" ކަން ސިފަ ކުރައްވަމުން ފަލާހް ވިދާޅުވީ އެ ބައްޔަށް އޮތް ފަރުވާއަކީ ޕީޕީއެމް ކަމަށެވެ. އެ ބަލި ވަރަށް ބޮޑަށް ފަސޭހަ ކުރެވިފައިވާ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ ޕީޕީއެމްގެ އަސްލު މެމްބަރުންގެ އަދަދު ނެރެފި ނަމަ މާލެ ފުރާލާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަށެއް
28 September 2017
އެސް.ޓީ.އޯ ކިޔާ ތަނެއް ހަނދުމަފުޅު އެބަހުރިތޯ؟؟؟؟
ހޫނ ނ
28 September 2017
އަޅަމެންގެ ދުލުގެ ސަބަބުން އަޅަމެން ނަށް ކޯފާއެއް މެދުވެރިނުކުރަށްވާށި!! އާމީން.
ދީބު
28 September 2017
ހމމމމ. މައުމޫނުގެ ވެރިކަމުގެ ދުވަސްވަރަކީ އެއްވެސް ރައްޔިތަކު އެއްވެސް ކުށެއް ކުރި ދުވަސްވަރެއް ނޫން. ގޭބަންދުކޮށް ޖަލަށްލާ އަރުވާލި މީހުންނަކީ ހަމަ ސިއްދީގުން. ޢަބްދުއްރަޙީމަށް މައުމޫނުގެ ވެރިކަމުގައިވެސް އަނިޔާވެރިވީ އޭރު ރާޖޭގައިތިބި ސިއްދީގުން ތެރޭގައި އޭނަ ހިމެނޭތީ. އެސްޓއޯއިން ވައްކަން ކޮށްގެނެއް ނޫން. އެތާނގައި ނަމާދުކޮށް ޤުރުއާން ކިޔަވާތީ
މާބުރު
28 September 2017
މައުމޫނަށް ސަނާ ކީވެސް ތިމަނިކުފާނު. މަށަށް ވަރަށް ބޮޑަށް އޮޅިއްޖެ.
ލ.ރައްޔިތު
28 September 2017
އަޅުގަނޑު ދެން އަންނަ ސަރުކާރަކައް ގޮވާލަން އަބުދުއްރަހީމް ފުލުސްކޯޓައް ގެންގޮސް ޖަލައް ލާ ގޭބަންދު ކުރުމާއި އަރުވާލި މައްސަލަ ސާފުކޮއް އަލުން ބަލާ އެ ހުކުމް ރަގަޅު ނަމަ އެ ހުކުމުގަ ތަންފީޒް ނުކުރެވޭ ބައި އަލުން ތަންފީޒް ކޮއް ނިންމަން އަދި މިހާރު ކުއްލި ގޮަތަކައް ވެފައިވާ މުއްސަދިކަން ވެސް ބަލާ އޭގައި ގޯހެއްވާނަމަ އެކަމައްވެސް ހައްގު އަދަބުދީ ތަންފީޒް ކޮއް އަބުދުއްރަހީމް މިނިވަން ކުރަން.
މަގުމަތި
28 September 2017
ޔާމީން ކައިރީގަބަހައްޓައިގެން ގިނަގިނައިން އަގތެޅިވަރަކަށް ސަޕޯޓް ގިނަވާނީ
މީމުޓަވިޔަނި
28 September 2017
އަދުރޭ އަތޮޅުއޮފީހުގައި ބަޖެޓްސެކްރަޓަރީ އަކަށް އުޅުނުއިރުގެ ހަނދާން ތައް ހުރި ހާދަބަޔަކު އެބައުޅެޔޭ އަދި. އަދުރޭހަނދާނެތަސް އޮފީހުގެ އެތައް ބަޔަކަށް އެގޭ އެޖަރީމާތައް.
ޢަލީި777
28 September 2017
ޢަދުރުގެ އަމަލުތަކާއި ސްލޫކާއި އަޚްލާގްހުރިގޮތުން އަދުރޭއަކީ އިނޮސަންޓް މީހެއްކަމަށް ގަބޫލުކުރަންދަތި. ޢަރުވާލަން ހުކުމްކުރި މުއްދަތު ކުރީ.
ކަދުރޭ
28 September 2017
މީގަ ދެރައީ އަދުރޭ އަރުވާލާފަ ހުއްޓާ މައުމޫނު އޭނާގެ ހުކުމް ލުއިކޮއްދީ އަވަހަށް ދޫކޮއްލީމަ.
ތަކުރުފާނު
28 September 2017
އަދުރޭ އަށް ބުނެލަން އޮތީ މިއަދު މައުމޫން ތި ޕާޓީއާ ދުރަށް ދިޔައިމާ ދޯ ތިވާހަކަ ދައްކަން ކެރުނީ. މިއޮއް ހުރިހާދުވަހު ކިޔަމުން ދިޔައީ ރަން ތިރީސްއަހަރޭ. އަހަރުމެން އިދިކޮޅު މީހުން އޭރު މައުމޫން ސަރުކާރުން އަނިޔާކުރާ ވާހަކަޔާ އިންސާފު ނެތްވާހަކަ ދެއްކީ ރަގަޅަށްކަން އަދިކިރިޔާ ދޯ ރެއަކާލީ؟ އަދިވެސް މައުމޫން ތިފަޅިއަށް ގޮއްސިއްޔާ އަދުރޭގެ ދުލުން މައުމޫނު ވާނީ ބަތަލަކަށް. އަހަރުމެން ކިޔަނީ ދެފުށްކެހެރި
ދުއްރަ
28 September 2017
އަމިއްލައަށް ބަރަހަނާވެ ނިމުނީ. ކުރިން ތިޔަކަންތަށް ނޭގިތިބިމީހުންނަށްވެސް އެގި ޔަޤީންވީ ކަމެއްކޮށްފަހުރިކަން..... ތިޔަވަނީހަމަ ތިޔަބައިމީހުންގެ ގުރޫޕް ލީޑަރަށްވާވަރު.. އަހަރުމެންގެއަށް ވެއްދީ ހަލާލުނޫން ފައިސާކަން ކަށަވަރު. މީކޮންވާހަކައެއް.