ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާ ރޭ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެން ދޮރުމަތީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޖުލައި 2016 - 15:43
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި ތިން މައްސަލައެއް ކުރިޔަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ އަނބުރާ ގެންގޮސްފި އެވެ.
ވިލާ އިން ދައުވާކުރި ތިން މައްސަލައަކީ ރ. މާނެންފުއްޓާއި ތ. އެލާ އަދި ގދ. ގަޒީރާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާ އެކު އެ ކުންފުނިން ސޮއިކުރި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމަންޓް މިިދިޔަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު ބާތިލުކޮށްފައިވާ ކަމަށް ބުނެ، އެ ރަށުގެ އިނީޝަލް ލީސް އެގްރިމަންޓްގެ ދަށުން ހިނގާ ކުއްޔާއި ޖޫރިމަނާ އަދި އިންޓަރެސްޓަށްވާ ފައިސާ ދެއްކުމަށް މީރާ އިން 30 ދުވަހުގެ މުއްދަތެއްދީ ފޮނުވި ސިޓީއަކީ ބާތިލް ސިޓީއެއް ކަމަށް ކަނޑައަޅައިދިނުމަށް ކުރި ދައުވާ އެވެ.
ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހުކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ވިލާ ޝިޕިން އިން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ކުރިޔަށްގެންދާނެ ތަނެއް ނެތް ކަމަށް ކޯޓުން ނިންމީ އެވެ.
މީރާގެ އޮފީސް ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތް: ގާސިމް ދައުވާކުރި މައްސަލަތައް ވަނީ އަނބުރާ ނަގާފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންއަށް ދޫކޮށްފައިވާ ރަށްތަކުގެ އެގްރިމަންޓްތައް މިދިޔަ އަހަރު ބާތިލުކުރީ ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ހަރަކާތްތައް ހިންގަން ފެށުމާ އެކުގަ އެވެ. އެ އެގްރިމަންޓްތައް ބާތިލުކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި 100 މިލިއަނެއްހާ ޑޮލަރު ދެއްކުމަށް ގާސިމްގެ ވިލާ ޝިޕިންއަށް އަންގާފައިވެ އެވެ. އަދި އެ ފައިސާ ނުދެއްކުމުން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ވެސް ކުރި އެވެ.
ވިލާއިން މީރާއާ ދެކޮޅަށް ހުށަހެޅި ދައުވާތައް އަނބުރާ ގެނައިއިރު އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ މީރާއަށް ދެއްކި ކަމެއް މިހާތަނަށް އެނގިފައެއްނުވެ އެވެ. އަދި އެ މައްސަލަ ކޯޓުން ނެގިއިރު ގާސިމާއި ސަރުކާރާ ދެމެދު ވަނީ ގުޅުން ބަދަހިވެފަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވަނީ ގާސިމްއާ ރޭ ބައްދަލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
25 March 2017
ހުވާ. މިއޮއް ކަމެއްދޯ... އިއްޔެ ބުނީ އެކޮޅުކޮޅުން އެލުވިޔަސް އެއްބައި ނުވާނަމޭ.... މިއަދު ބަދަލުވީ... ގާސިމް ކަލޭ ...އި
ހާލަތު
03 July 2016
ގާސިމަށް ދޭނީ ފެންކަށްކާ ބޮލީގެ އިއްޒަތެވެ!. އަދިވެސް ޔާމީނު ބޭނުންވާއިރަށް ގާސިމްގެ ނަގޫ ފިއްތާލާނެއެވެ. ގާސިމްގެ ރިމޯޓް އޮތީ ޔާމީނު އަތުގައެވެ. ވިސްނާލާށެވެ. ފުރަތަމަ ބަޖެޓް ވޯޓެވެ. ދެން އެސްއީޒެޑްގެ ވޯޓެވެ. ދެން ވެސް ސަރުކާރުން ބޭނުންވާ މުހިއްމު ވޯޓްތަށް ގާސިމް އަތުން ހޯދައެވެ. އެއަށްފަު ދެން ކަންތައްވެގެން ދިޔަގޮތް ބަލާށެވެ. ދުލެއް ދިނުމަށްފަހު ދެން ހިފަހައްޓާލާވަރުން ގާސިމް އިދަޖެހޭ ހިސާބަށް ދެއެވެ.
ބުރުމާ
02 July 2016
ގަައިޒް ، ބީކޫލް.
ދޮޅު ބިލިއަން
02 July 2016
ޤާސިމް ގެ ވިލާ އެކައުންޓް ފްރީޒް ކުރުމަށް ފަހު ފައުސާ ނުދައްކާ އަލުން އިޕަރޭޓް ކުރެވޭ ގޮތްހެދީ. އާއްމު ރައްޔަތު މީހާ ދައްކަންޖެހޭ ހާހެއްހާ ރުފިޔާ ނުދައްކައިގެން އެކައުންޓް ފްރީޒް ކުރިގޮތަށް އަހަރުވެގެން ދިޔައީ. މި އީ މި ގައުމުގެ މިހާރުގެ ހާލަތު. ތިޔަ މިރާ އަކީ އެއް އިރެއްގައި އިންސާފުން ކަންކަން ކުރި ޒުވާނުން ތިބި ތަނަކަސް މިހާރު ތިވެސް ކޮރަޕްޝަނުގެ ކިއްލާ އެއް. ޔާމިނު ގެ މިއޮތް ވެރިކަމެއްދޯ. ހޮޑުލެވޭ
ރައްޔިތު މީހާ
02 July 2016
ޔަގީނޭ ރޭގަ ބައްދަލުކޮށްފަ ބިރުދެއްކީކަން. ކޮރަޕްޓް ސަރުކާރު
ހަސަނެކްސް
02 July 2016
ކޮންމެ ފަހަރަކު ރައްޔިތުން ވިކާލަނީ ގާސިމް ކީއްތަވާނީ އެއްފަހަރު ރަނގަޅަށް ކަމެއް ކުރީއްޔާ. ގައިމު ފުދޭވަރަކަށް މިގައުމުގެ މުއްސަދިކަން ބޭނުންކޮށް ހަޒާނާއެއް އެކުރެވިޖެއްނުން
ޕީޕީ
01 July 2016
ޤާސިމް އެމަކުދޯ. މަށަކަށް ނުފެނޭ ޔާމިންގެ ފަހަތުގަ ހުންނާކަށް.
ހައިޑް
01 July 2016
ހުވާ ހީހީ ހަލާކުވާވަރުވޭ. ދެފުށް ނޫން ހަތަރު ފުށް ވެސް ފެނޭ މިހާރު. ކަޑަ ދޯ. ހަމަ ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ އެދުން ޙާޞިލް ކުރަންވެގެން ދޫކޮއްލީ. ޤާސިމްވެސް ދެން އުޅޭ ގޮތެއް. ރެސްޕެކްޓްލެވެލް ޒީރޯއަށް ދިޔައީ. ރައްޔިތުންނާއި ޤައުމާ ދޭތެރޭ ނުވިސްނާ. މިމީހުން ވޯޓް ހޯދަން އައުމުން ނޫނެކޭ ބުނަމާ. އިނަފް އިޒް އިނަފް.
ބަލްބު
01 July 2016
ޑީލެއް ހެދީ ދޯ؟ މިހާ ފަސޭހައިން ވިކޭ މީހަކު މިގައުމުގަ އުޅޭނެބާ؟
އެކްސް
01 July 2016
ތިއީ ދެން ޚަބަރެއްވެސް ނޫނެއްނުން؟ ސިޔާސީ ވައިރޯޅިތައް ހުރިގޮތުން އަނެއްކާވެސް ސޭޓުގެ މުހިއްމުކަން ބޮޑުވެއްޖެ.