އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދުއާ އެކު ޕީޕީއެމްގެ އިސްބޭފުޅުން ބޭއްވި ބައްދަލުވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
07 އޮކްޓޯބަރ 2017 - 09:12
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު، ވެރިކަން ކުރާ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިނަލްއަގްވާމީ ޖަމާއަތްތަކާ ހިއްސާކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ވަނީ ސުވިޒަލެންޑުގެ ޖެނީވާގައި ތިއްބަވާ އެކި ޖަމާއަތްތަކުގެ އިސްބޭފުޅުންނާ މައުލޫމާތު ހިއްސާކޮށްފައި ވަނީ އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ މެމްބަރުން ވަނީ އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ހުސެއިނާ އެކު ވެސް ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައި ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ މި ދައުރުގެ ރައީސް އާއި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އާއި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ އިސްވެރިންނާއި ޓްރޮއިކާ އާއި އެމެރިކާ އާއި ސިންގަޕޫރު އަދި ސައޫދީގެ ބައެއް އިސްވެރިންނާ އެކު ވެސް މަޝްވަރާ ކުރައްވައި ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ނިހާން ވިދާޅުވި އެވެ.
ސައޫދީގެ ސަފީރާއެކު ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ބޭއްވެވި ބައްދަލުވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
މި ބައްދަލުވުންތަކުގައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ޑިމޮކްރެސީ އާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ އިގުތިސޯދު ހަރުދަނާކޮށް، ފުޅާކުރުމަށް ސަރުކާރުން އަޅަމުން އަންނަ މުހިންމު ފިޔަވަޅުތަކާއި ސިޔާސަތުތަކުގެ ވާހަކަ ކިޔައިދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާން ދެކޮޅު ހަދަމުންދާއިރު، އެކަން ވެސް ބައިނަލްއަގްވާމީ ޖަމާއަތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަޝްވަރާތަކުގައި އެއްވެސް ޝަރުތެއް ނެތި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރުމަށް ހިތްވަރު ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން މީގެ ކުރިން ވެސް ގޮވާލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސްވިޒަލޭންޑުގެ ފަރާތުން އޭޝިއާ ޕެސިފިކަށް ކަނޑައަޅާފައިވާ މަންދޫބާ އެކު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭއްވި ބައްދަލުވުމަށް ފަހު ފޮޓޯއެއް ނަންގަވަނީ.
"މި ބައްދަލުވުންތަކުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އިސް ވެރިން ވަނީ މަޖިލިސް މެމްބަރުންގެ މި ދަތުރުފުޅާ ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު މަޝްވަރާތައް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައިފަ އެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައާއެކު މަޝްވަރާ ކުރައްވައި، ގުޅުން ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ކަމަށްޓަކައި އެބޭފުޅުން ޝުކުރު އަދާކުރެއްވި އެވެ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބުންޏެވެ.
ނިހާން ފާހަގަކުރެއްވި ގޮތުގައި އެބޭފުޅުންގެ ޓީމުން މިފަހަރު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދަށާއި ތަރައްގީގެ ސިޔާސަތުތަކަށް އަދި ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައިވާ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ކަންކަން ބައިނަލްއަގްވާމީ އެކިއެކި ޖަމާއަތްތަކާ ހިއްސާ ކުރުމަށް ޖެނީވާ އަށް ވަޑައިގެންނެވި ބޭފުޅުން.
ޕީޕީއެމްގެ މަޖިލިސް މެމްބަރުން ޖެނީވާ އަށް ކުރެއްވި މި ދަތުރުގައި ނިހާންގެ އިތުރުން ދެން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ އަބްދުﷲ ޚަލީލާއި ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ޕީޕީއެމްގެ ޗީފް ވިޕް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.
މީގެ އިތުރުން ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ހާލާ ހަމީދާއި ޑެޕިއުޓީ ޕާމަނަންޓް ސެކްރެޓަރީ ސާލިމް ވަހީދު ވެސް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތް ކަމަށް ޕީޕީއެމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
08 October 2017
ބަޔަކު ގަބޫލުކުރުމާ ނުކުރުމަކީ މުޅިންތަފާތުކަމެކެވެ. އެކަމަކު މިގައުމުގައި މިއަދު މިހިނގާ ކަންކަން ހަމަޔަގީނުންވެސް ތާރީޚުގެ އަނދިރިކަޅުސަފްހާތަކަކަށްނުވެ ނުދާނެއެވެ. މާތް ﷲ މިގައުމު މި މުސީބާތުން ވަރަށް އަވަހަށް ސަލާމަތްކޮށްދެއްވާށި މިނުބައި މީހުންނަށް ނުބައި ބަލިތަކެއްނަމަވެސް ޖައްސަވައި މިމީހުން ނިމުމަކަށް ގެންނަވާށި آمين
ޕޮއިންޓް
08 October 2017
ތިތާ ތިޔަތިއްބެވި ރާއްޖެ ތަމްސީލްކުރާ މަޖްލިސް މެމްބަރުން ފެނުނީމަވެސް އަންނަނީ ހިންޏެވެ.
ާހމެދ
08 October 2017
ހަހަހަ، ލައްކަ ގިނަ ތަކެތި ކިޔާދެވޭނެ މަޖްލިސް މެންބަރުން ތި ތިބީ! މިކަންވެސް މިކުރަނީ މި ގްރޫޕް ޔޫސް ކުރަންވެގެން....ކޯޓްފަޓުލޫނުލައްވާފަ ތަންތަނަށް ފޮނުވާތީ ހެދިފަ ތިބޭނެތާ...އެއީ މި ކުރާ ކަމަކީ!! ބޯހަލާކު
ތުއްތޫ
08 October 2017
އެންމެ ބޮޑަށް ދެއްކީ ގަތް ގޮނޑިތަށް ގެއްލުނު ވާހަކަ
ލޯބި
07 October 2017
ސަޅި ދެބައި މީހުންގެ ވާހަކަ ގެނެސްދޭތީ
އާރސް ލޮހް
07 October 2017
މަޑުންތިބެ ނިއުޓުރަލް ގައުމަކައްއައިސް އުޅޭގޮތް
އިބޫ
07 October 2017
އހުރިހާ ޖަމިއްޔާ ތަކުްނވެސް ، ދިޔައީ ރާއްޖޭގެ މަޝަރަހު ބަލަމުން، މިހެނ ްބަޔަކު ގޮސް ދޮގު ތަކެއއް ހެދިޔަސް ގަބުލެއް ނުކުރާނެ، ދެން ޑިޕްލޮމެޓިކް ހައި އެއް ޖަހާލާފަ މިއެމްޕީ އިން ނާއި ބައްދަލު ކޮށްލީދޯ.... މި ބައްދަު ވުމަކުން އެ ޖަމިއްޔާ ތަކުން ނިންމާފަ ހުރި ކަންތަކެއް ބަދަލެއް ނުކުރާނެ... މީ ލައްކަ ވާހަކަ
Gatu
07 October 2017
ތިމީހުނާހެދި އުދަގުވެގެން ލާދީނީ ޓެގް އަޅުވާފަ ހަށިފޮޚާލަން އުޅޭ ވައްތަރު ޖަހާ
Gatu
07 October 2017
ޔޫރަޕް ދޮންމީހުން ކައިރިއަށްދާނީ ލާދީނީ މީހުން ނޫންތޯ ނިހާނޫ މިހާރު އެގުރޫޕުގަދޯ
ޢަލީލް
07 October 2017
ދޮންމީހުނަށް ކިޔާދިނީތަ.؟؟