ކުރީގެ މެމްބަރު ޖާބިރު: ޔޮޓް ޓްއާސް އިން ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް ވިދާޅުވި
09 އޮކްޓޯބަރ 2017 - 18:51
ދައުލަތަށް 3.6 މިލިއަން ޑޮލަރު (55 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން) ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ކޯލިޝަނާ އެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޖާބިރުގެ ކުންފުނީގެ މައްޗަށް އެ ހުކުމް އައީ އެ ކުންފުންޏަށް ކުރިން ދޫކުރި ހއ. ބީނާފުށްޓާއި އެ އަތޮޅު ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ދެ ރަށުގެ ކުއްޔާއި އެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއާ އެކު 3.6 މިލިއަން ޑޮލަރު ޔޮޓް ޓުއާސުން ދައުލަތަށް ދައްކަން ޖެހޭ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ ތިން މަސް ތެރޭގައި އެ ފައިސާ މީރާއަށް ދައްކައި، ޚަލާސް ކުރުމަށް ހުކުމުގައި އަންގާފައިވެ އެވެ.
އެ ފައިސާ އެއްކޮށް ދައްކައި ނިމެންދެން ޖޫރިމަނާ އަރަމުން ދާނެ ކަމަށް ވެސް އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައިވެ އެވެ.
އެ ފައިސާ ހޯދަން ދައުވާ ކުރުމުގެ ކުރިން މީރާއިން ވަނީ އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އެކަމާ ގުޅިގެން ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެ، ޖާބިރު ވިދާޅުވެފައިވަނީ މީރާއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.
ޔޮޓް ޓުއާޒަށް ރިސޯޓް ހަދަން ދިން ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން ކުރިން ވަނީ އަތުލައިފަ އެވެ. އެތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ކޯޓުން ހުކުމް ވެސް ކޮށްފައިވެ އެވެ.
މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ޖާބިރުގެ ޕާސްޕޯޓް ވެސް ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމޭން
10 October 2017
ތަފާތު ބޮޑުތަނުން ދައުލަތަށާއި އެތައް އާއްމު ކުންފުނިތަކަށާއި މީހުންނަށް ދަރާވިކުނީމަ ދެން މިއުޅެނީ ހުރިހާ ކަމަކުން ނަޖާވޭތޯ ވިލާތު ރައީސްގެ ފޫބުޑަށް ވަދެ. ލަދު ހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް ޖާބިރު ދެން މިޤައުމަށް އެނބުރި ނާންނާނެ.
ދޮން އާމިރު
10 October 2017
ޛަބިރުވެސް ފަޅި ބަދަލުނުކުރިނަމަ ތިޔަކަމާއި ކުރިމަތިލާކަށް ނުޖެހުނީސް.
ހަސަން
10 October 2017
ޖާބިރު މެންކަހަލަ ސިޔާސީ ވިޔަފާރި ވެރިންނަކީ މިޤައުމުގެ ހަލާކު ...
މިގޭ
10 October 2017
ރައްޔިތުން ދަރާފައިވާ ކޮންމެ ބޭފުޅަކުވެސް ރައްޔިތުންނޭ މިކިޔަނީ އެނުދައްކަންވެގެން. ދައްކަން އަންގާއިރަށް ރޯމަހެއްހެން ތެޅި ފޮޅެނީ ބޯހަލާކު.
ތެއާސާ.
10 October 2017
ޔާމީނާ ފެއަށް ޖެހިލީ މިލިއަނުން ދައްކަންޖެހުނީ.. ޔާމީނުކޮޅަށް އެރީ ރަންލާރި އެވޯރޑް ލިބުނީ.. މިހުންނަނީ ރެހެންދި ފްލެޓުގެ ބާރު ނޫން ދެން ކޮންއެއްޗެއް ބާ؟
އަލީ ނާޒިމް.
10 October 2017
ރަގަޅު! މިމީހުންނައް ހީވާކަހަލަ ކޮންމެ ފަހަރަކު ޓީމު ބަދަލު ކޮއްލައިގެން ދޭންޖެހޭ ލާރި، ހަނދާން ނައްތާލެވޭނެކަމައް!
ރެޑްލޮރީ
09 October 2017
އަބްލާހި ޖާބިރު، ހެންވޭރު ތިމާވެށި!
އަތްފުނާ
09 October 2017
މި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ ވިޔަފާރިވެރިއަކަށް މި އުނދަގޫ ޖައްސާ.އަދި އިތުރުން މިފަދަ ވިޔަފާރިވެރިން ދައުލަތަށް ދަރާފައިވާވަރު މި އެނގެނީ އެވަގުތެއްގައިި ހުންނަ ސަރުކާރަކާ ދެކޮޅުވާ ހިސާބުން.ކަލޭމެންގެ ފަރުދާ ކަށްފުވާހިސާބު މި އެނގެނި މިހާ ހިސާބުން.
މަހާރަދުން
09 October 2017
މުއްސަންޖަނު ނޫނީ މިވަރުގެ އަދަދަކުން ނުދަރާނެ ޔަގީން
ދިވެހިރައްޔިތެއް..
09 October 2017
މާލަސްވެއްޖެ ތިކަންކުރަން . ސާބަސް...
އުމަރު
09 October 2017
މީރާއިން ޔޮޓްޓުއާސްގެ އެކައުންޓްތަށް ފުރީޒްކޮށްފައި އެތަނުގެ ހުރިހައި ވިޔަފާރިއެއް ހުއްޓުވާލާފައި ދެން މިކުރަނީ ދައުވާ ފައިސާހޯދަން، އަދި ހއ، ނުހެދި އެގްރީމެންޓުގެ ކަންކަން ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ނުނިމިއޮތްއިރުވެސް މީރާއިން އެދަނީ ބިލުކުރަމުން އަދި ޖުރިމައިނާކުރަމުން، މީރާއަކީ ޓެކުސް ނަގަން ޤާނޫނީގޮތުން ހަދާފައިވާތަނެއް އެކަމަކު ޓެކުސް ނަގަންޖެހޭނީ ވިޔަފާރީގެ ފައިދާއިން ނުވަތަ ވިޔަފާރިކުރަމުންދާ ވިޔަފާރިތަކުން މީރާއުފެއްދީ ޖުރިމައިނާކޮށް ކުންފުނިތަށް އިނދެޖައްސާލައި ފައިސާނަގާކަށެއްނޫން، ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް މީރާއިން މަސައްކަތްކުރަންޖެހޭ، ގާސިމާއި ޖާބިރުގެ މައްސަލަ ނަގައިގެން އުޅެނީ ސިޔާސީ ބޭނުމަކަށް، ތިޔަކަންތަށް ބޭރުގެ ކުންފުނިތަކުންދަނީ ބަލަމުން ފަހަތަށް ޖެހެމުން