މިއަދު ފަރަށް އެރި އެސްޓީއޯގެ ތެޔޮބޯޓު
16 އޮކްޓޯބަރ 2017 - 12:45
ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް މިއަދު ހެނދުނު އެރި، އެސްޓީއޯގެ ތެޔޮ ބޯޓު މީގެ އިރުކޮޅެއް ކުރިން ފުންކޮށްފި އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި "ގުރާބު" ނަމަކަށް ކިޔާ މި ބޯޓު ފުންކުރީ، އެސްޓީއޯގެ އެހެން ބޯޓެއްގެ އެހީގަ އެވެ.
ށ. މިލަންދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް ބޯޓު ފަރަށް އެރިއިރު އޭގައި 12 މީހަކު ތިއްބެވެ. އަދި ބޯޓު ދަތުރުކުރީ ޕެޓްރޯލް ހިފައިގެން ކަމަށް ވެސް އެމްޑީއެފުން ބުންޏެވެ.
ބޯޓު ފަރަށް އެރުމުގެ ސަބަބުން ބޯޓަށް އަދި ފަރަށް ލިބުނު ގެއްލުމެއް ވެސް އަދި ނޭނގެ އެވެ. އުޅަނދުތައް ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބޭ ގެއްލުމާ ގުޅިގެން އެ އުޅަނދުތަކަށް ބޮޑެތި ޖޫރިމަނާތައް އައިސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިކްޝަނަރީ
16 October 2017
އެސްޓީއޯ ގެ ބޯޓެއް ފަރަށް އެރީމަ ނުޖެހޭ ފަރަށްވީ ގެއްލުމަށް ލާރި ދައްކާކަށް.
ރަދީފް
16 October 2017
''މަމެންނަށް ކުރެވޭނެ ތިބާވަތުގެ ކަންކަން، މަމެންގެ ބެލުމުގެ ދަށުން ރަޝިޔާގެ ކާސްކް ސަބްމެރިން އަދި ސައުތު ކޮރެއާގެ ސިއޯލް ފެންމަތި ކުރީވެސް.''