ޕީޕީއެމުން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައިދު ވާހަކަ ދައްކަވަނީ. ފޮޓޯ: އަސުރުމާ
22 އޮކްޓޯބަރ 2017 - 00:20
އައްޑޫ ރައްޔިތުންނަކީ ތަރައްގީ ބޭނުންވާ ބަޔަކަށްވާތީ، އައްޑޫ ޑިމާންޑް ކުރަނީ ރައީސް އަބްދުﷲ ޔާމީން ކަހަލަ ވެރިއަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހިތަދޫގައި ބޭއްވި "އަފިރިންނަސް ތައްޔާރަ" ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އައްޑުއަކީ ތަރައްގީގެ ނާރެހެއް ކަމަށެވެ.
"ދިވެހިރާއްޖެ ތަރައްގީ ކުރި އެއްވެސް ޒަމާނެއް އޮތް ނަމަ އެ ޒަމާނެއްގެ އެންމެ ބޮޑު ހިއްސާއެއް އޮންނާނީ އައްޑޫ ސިޓީގައި،" މިރޭގެ ޖަލްސާ އަށް ދިޔަ މީހުންގެ އަދަދު ފެނިވަޑައިގެން ގައިންހީބިހި ނެގިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވި އެވެ. "އައްޑޫ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ވެސް ލޭނާރު. އައްޑޫ ރައްޔިތުންނަކީ އިލްމީ ބައެއް. މަސައްކަތްތެރި ބައެެއް."
މިނިސްޓަރު ސައީދު ވިދާޅުވީ އައްޑޫ ރައްޔިތުންގެ ކިބައިގައި މިފަދަ ކާމިޔާބު ސިފަތަކެއް ހުރުމާ އެކު، ރައީސް ޔާމިން ކަހަލަ ވެރިއަކަށް އައްޑޫ ވަރަށް ބޮޑަށް ޑިމާންޑް ކުރާ ކަމަށެވެ.
"[ރައްޔިތުން] އައްޑޫ ސިޓީ ކޮމްޕްރަމައިޒެއް ނުކުރާނެ ދެވަނަ މީހަކަށް ދެހާސް އަށާރައަކު. އެހެންވީމާ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ސައީދު ވިދާޅުވި އެވެ. "އައްޑޫ ސިޓީ މިއޮތީ [މި ސަރުކާރާ އެކު] ފައްކާވެފައި. ތައްޔާރަށް މި ސިޓީ މިއޮތީ [ދެން ވެސް] ރައީސް ޔާމީން އިންތިހާބު ކުރުމަށްޓަކައި."
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ ތިން އަހަރާއި ބައިގެ ތެރޭގައި ވެރިއަކު ގައުމެއް ބިނާ ކުރެއްވި ގޮތް ފެންނަން މިއޮތީ ކަމަށެވެ. އަދި އޭގެ ވަރަށް ސާފު ހެކިތައް އައްޑޫން ވެސް މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
"ތަރައްގީއަކީ ކޮންކްރިޓް. ޔޭސް. އެހެން ނަމަވެސް ރައީސް ޔާމީން ގަބޫލު ކުރައްވާ ތަރައްގީއަކީ އާއިލާތައް ހަލާކުވެގެން ގޮސް، ވީރާނާވި އާއިލާތަކުގެ ވެލިއުސް އަނބުރާ ގެނައުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އަސުރުމާ
އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު ސިޔާސީ ބޭފުޅުން އުޅުއްވަނީ ރަސޫލު ޒަމާނުގައި މަގުމަތީގައި ވާހަކަ ކިޔައިދޭން އުޅުނު މީހުން އުޅޭ ގޮތަށް ކަމަށެވެ. އެހެންވެ މި ބޯދާ ވިސްނުމާ އެކު އެ ބޭފުޅުންގެ އަމާޒެއް އަދި ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"މި ތަހުޒީބީ ޒަމާން މިއޮތީ ތަރައްގީކޮށް އިމާރާތް ކުރާ ވެރިންނަށް ފައްކާވެފައި އޮތް ޒަމާނަކަށްވެފައި،" ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮރި
24 February 2018
މުޅިގައުމު ބޮއި އޮނަށް ހަދައިފި
ރުމާލް 2
22 October 2017
ތިގޮތަށްވެސް ވާހަކަ ދައްކައިގެންވެސް ރަގަޅުވާނީ ވަޒީފާ ދިފާޢުކުރަން މަސައްކަތްކުރިއްޔާ! މީ މިޒަމާނުގެ މޮޓޯ އަޅުގަނޑަށް ހީވަނީ ސައީދު ދަމަހައްޓާނީ މިމޮޓޯކަމަށްވެދާނެއެވެ.
އަލްޖިބްރާ
22 October 2017
މާގިނަ ސަޅިބައިސާ ނުކަޑާ ވޯޓެއް ލާބަލަ އޭރުން ހޮވޭމީހަކު އެގޭނެ ! ކަލޭމެނަކަށް ވޯޓެއް ލާނެހާ ޤާބިލް ކަމެއްލިބިފައެއް ނެތް ! ކޯޓަށްގޮސްގެން ވެދާނެ !
އަފިރެން ބެނާށުން
22 October 2017
ވާހަކައެއް ބުނަންވާނީ ކިރިޔާވެސް ބަޔަކު ގަބޫލުކުރާ ކަހަލަ ވާހަކައެއް. ހަމަ ހުރެފަ މި ދިވެހިރާއްޖެއީ އެމެރިކާއޭ ބުންޏަސް ގަބޫލުކުރާނީ ސިޔާސީގޮތުން ޢަމަލުވެފައިވާ މަދު މީސްކޮޅެއް. އެހެންވީމާ، ހަރުދަނާ ވާހަކަ ދެއްކެވުމަށް މިނިސްޓަރަށް ގޮވާލަން. އައްޑޫމީހުން އަދި ޖުމުލަކޮށް ދިވެހިން ބޭނުންވާގޮތް ވޯޓުން ހާމަކުރާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. ވަރަށް ވެދުން
ހަސަނު
22 October 2017
އައްޑޫ ރައްޔިތުންނަކީ އިލްމީ، ހޭލުންތެރި ބައެއް... އައްޑު މީހުން ޔާމީނަށް 7 އަކުން ދިނީ ސުމެއް.. ބޮޅެއް... އެހެންވީމާ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހޭލުންތެރި ވިސްނުމަކުން ވިސްނާނަމަ ތަތީޖާ ނުކުންނާނީ އައްޑޫ މީހުންގެވެސް ނަތީޖާ.. ސަރުކާރާ ދެކޮޅުވިއަސް ރަށު މަގުވެސް ހެދޭނެ، ހޮސްޕިޓާ ވެސް ހެދޭނެ....
މަރީނު
22 October 2017
އަހަރެން ވަރަށް ބޭނުން ސައީދު މި ޚަބަރަށް މީހުން ދީފައި ހުރި ކޮމެންޓްތައް ކިޔާލަންް، އޭރުން އަމިއްލަ ސެލްފް އެސެސްމަންޓެއް ހެދުނީ.. ތިމާމެންނަށް މިޤައުމުގައި ތާޢީދުއޮތްވަރުވެސް ފެންނާނެ އޭރުން..
ދޮޅަސް
22 October 2017
ނޭގޭތީ ތަ އެވައްތަރު ވަނީ، ކިޔަވާދިނީ މާމިގިލި ގާސިމް، އެސޮރު ދިންއިނާމައް އަތްޖަހާ މީހެއް ތި މިނިސްޓަރަކީ
އުދުހޭ
22 October 2017
ބްރެޑް ޕިޓް ދިވެހިބަހަށް ތަރުޖަމާކުރީމަ ކިޔޭނީ ޕާން ވަޅުގަނޑު ދޯ؟
އުމަރު
22 October 2017
އިނގިރޭސިންގެ ދުވަސްވަރަށްފަހު ތަޑުމަޑުކަން އަންނަންފެށީމަ، އައްޑޫގެ މައިންބަފައި އައްޑޫގެ ޒުވާން ފިރިހެން ކުރިން ފޮނުވީ ޔުނިވަސަލް ރިސޯޓްތަކަށް، ދެން މަޑުމަޑުން ކުދިން ސްކޫލު ނުނިމެނީސް ޑޮލަރު ހޯދުމަށް އައްޑޫގެ އާއިލާތަކުން ކުދިން ފޮނުވީ ރިސޯޓްތަކަށް، ދެން އަންހެނުންތަށް ދަރިން ބޮޑުކުރީ، ފިރިން ފައިސާނުފޮނުވާތި އަންހެންވެރިން ވަޒީފާއަށް ނިކުތީ ގަމުގައި އެސްޓީއޯއިން އައްޑޫގެ ރައްޔިތުންނަށް ހުޅުވައިދިން ފެކްޓަރީތަކަށް، އެހިސާބުން އަނެއްކާވެސް އައްޑޫގެ މައިންނަށް އަދި ދައްތައިންނަށް އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވުނު، އެކަމަކު އެކަން ހުއްޓުމަކަށް އައީ ޔާމީނު އެސްޓީއޯގެ ޗެއާމަންކަމާއި ހަވާލުވި ހިސާބުން، އަދި ޓްރޭޑް މިނިސްޓްރީގެ ފޮރިން އިންވެސްޓްމަންޓާއި ހަވާލުވި ހިސާބުން، އޭގެ ފަހުން އައްޑުއަކަށް އިގްތިސާދީ އެއްވެސް ތަރައްގީއެއް ނައިސް ހުރެފައި، ރައީސް މައުމޫނުގެ ފަހު ދައުރުގައި ގޮތް ހުސްވެގެން އައްޑު އަތޮޅުގެ ހެރެތެރެއާއި ވިލިގިލި ހަދަން ހުޅުވާލައި ވުޖޫދަށް ގެނައީ،
ވަން
22 October 2017
އައްޑޫ މީހުން ބޭނުންވާނީ ހީވާގި ލީޑަރުން. ވަކަލީޑަރުންނެއް ނޫން. އައްޑޫ މީހުން ވަކަލީޑަރުން ބަލައެއް ނުގަންނާނެ!
ޕޮކަންޑިމޭން
22 October 2017
އައްޑޫ ރައްޔިތުން ލޯނުދެކޭ ހިޔާލަށް ނުގެނެވުނު ތަރައްޤީ ކަށަވަރުކޮށްދިނީ މިރައީސް. އައްޑޫ ރައްޔިތުން ހަރާންކޯރެއް ނުވާނެ އެމީހުންނަށް ހެޔޮކަންތައް ކޮށްދޭ މީހަކަށް. އެއީ އައްޑޫ މީހުންގެ ގައިގާ ހަރުލާފައިވާ މާތް ސިފައެއް.
ހަސަނު
22 October 2017
އައްޑުއަށް ލިބޭ ކޮންމެ ތަރައްގީއެއް އައްޑު މީހުން ބަލައިގަންނާނީ ގައުމީ ނަޒަރަކުން.. އައްޑު މީހުނަށް ލިބޭ ރަނގަޅު ކަންކަމަށް އައްޑޫ މީހުން ޝުކުރު ކުރަނީ މުޅި ގައުމަށް. ވަތަނަށް... ރަށޫ މަގު ހަދާނެ، ހޮސްޕިޓާ ވެސް ހަދާނެ.. އެކަމަކު ޔާމީނަށް ވޯތެއް ނުދޭނެ.. އެއީ އައްޑޫމީހުން ގައުމަށް ހެޔޮއެދޭތީވެ...