23 އޮކްޓޯބަރ 2017 - 12:51
ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރުންގެ ތެރެއިން މިއަދު ފަތްކޮޅު އެރުވި ސަފީރުންނާ މެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ހަތަރު ގައުމެއްގެ ސަފީރުންގެ ފަތްކޮޅު އެޅުވުމުގެ ރަސްމިއްޔާތަށް ފަހު ސިރިސޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ސަފީރުން ނިސްބަތްވެވަޑައިގަންނަވާ ގައުމުތަކާ މެދު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
މިއަދު ފަަތްކޮޅު އެރުވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހިމެނިވަޑައިގަންނަވަ އެވެ.
I have fullest confidence that new envoys who present credentials today would strive to further strengthen close relations with #LKA pic.twitter.com/G4Mn3Gu5No
— Maithripala Sirisena (@MaithripalaS) October 23, 2017
މުންދުގެ އިތުރުން ކެނެޑާ އާއި ރަޝިއާ އާއި ޕާކިސްތާން އަދި މިސްރުގެ ސަފީރުން ވެސް ސަފީރުކަމުގެ ފަތްކޮޅު ސިރިސޭނާއަށް އެރުވި އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު ހަމަޖެއްސީ މިދިޔަ މަހު ހަ ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާ
23 October 2017
މަރްހަބާ މުންދު! ސަރަހައްދީ ގައުމުތަކާ ރައީސް ޔާމީން ގެ ސަރުކާރާ އޮތް ގުޅުން ބަދަހިވަމުން ދާ މިންވަރު އެބަ ހާމަވޭ
ޕޮކަންޑިމޭން
23 October 2017
ކޮބާ އަޅުގަނޑުމެންގެ ސަފީރަށް ހުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަވާ ދެއްވާކަށް ނުވޭތަ؟ މުންދުއެއް ތިޔަ ރަސްމިއްޔާތަކުން ނުފެނޭ. ހާހާ
ރަދީފް
23 October 2017
ބޯޑާވެ ކިބުރުވެރިވުން އެއީ ހާދަހަ ނުބައި ސިފައެކޭ.
ޕޮކަންޑިމޭން
23 October 2017
ބޮޑާވެފައެއް ނެތެއްނު؟ އެއަށް އަހަރުން ކިޔާއުޅެނީ ސަރކޭޒެމްއޭ. އެހެންނޫނަސް ބޮޑާކަމާ ކިބުރުވެރިކަމަށް ވުރެ ނުބައި ސިފައަކީ އަސްލެއްނެތް ދޮގު ވާހަކަ ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމުގެ ސިފަ.
ޝަމްޢޫން
23 October 2017
ނަސީދު ލަންކާއަށް އަރައިގެން ބަޔަކަށް ހީވީ ދެން އެތަކުގެ ރައީސްކަންވެސް އޭނަޔަށް ލިބިގެން އުޅުނުހެން! މިހާ ދުވަހު މުންދަށް ހުވާއެއް ނުކުރެވެޔޭ ކުޑަކަމު ނުދެވެޔޭ ކިޔައިގެން މިހާރު ކުދިންކޮޅުވެސް ހީވަނީ އެހެން ކަމެއްހެން ދެއިރު ދެ ދަޅަޔަށް ރިޕޯޓް ހަދައިގެން ނެރޭއިރު!
ތަފިރިންއަފިރިން
23 October 2017
ފަތްކޮޅު ގައި އޮތީ ހަމަ އެކަނި ސަފީރުގެ ވާހަކަ މުންދ ގެ ވާހަކަ އެއް ނެތް
މަހަށް
23 October 2017
ކޮބާ އެންމެ ފަހުން މުންދުގެ ސަފީރު ކަމުގެ ފަތް ކޮޅު ޖެހުނީ ހަމަ ލަންކާ ސަރުކާރުން ވެސް ބަލައިގަންނަން ދޯ. ބަލައިނުގަނެ ކީއްކުރާނީ ދޯ. މަމެން ޕިންކީން ގެ ބާރު މިހާރު މުޅި ދެކުނު އޭޝިއާ ގައި އެންމެ ގަދައީ ދޯ. ދެން ރަންރީނދުލޭ މެން މަހަށް ދޭބަލަ.
ރަދީފް
23 October 2017
މަހުން އައީމަ ކަލޭ ހުންނާނި މަސްކަނޑަން.އޯކޭ އެއް ނު.
އިހްތިރާމް
23 October 2017
މުންދުއަށް މަރުހަބާ ގައުމާއި ރައްޔިތުންގެ ހައްގުގައި ފިސާރި ސާބިތުކަމާއެކީ ދެމިހުންނާތި އިދިކޮޅުމީހުންގެ ބޭކާރު އަނގަ ދަށުގައިނުވެ މިގައުމުގެ ކަންކަން ބޭރުދުނިޔޭގެ ގައުމުތަކަށް ރަގަޅަށް އޮޅުންފިލުވަދީ ހަގީގަތް ރަގަޅަށް ސާފުކޮށްދީ އަމިއްލަ އެދުމުން ފޯފެފައި ތިބިބަޔަކު މިގައު ބޭރު ދުނިޔޭގައި ސުންނާފަތި ކޮށްލަން ކުރަމުންދާ ކަންކަން އިތުރަށް ބޭކާރު ކޮށްލަދީ
ލާޚޫޢޤމޫާ
23 October 2017
ކޮބާ މަހުލޫފުމެން ކުކުޅަށްވުރެ ބިސްދޮށިވެގެން ތިޔަހެން އަބަދުވެސް ޖެޖޭނީ ހަމަ ހުސް އަނގަތަޅަ ތަޅަ ތިބެން އިންޝާ ﷲ 2018 ވެސް ކާމިޔާބު ވާނެ! ކޮބާ ތިޔަ އޯ ޔޫ ޕާޓީގެ ލަދުޙަޔާތް. ދެން ލަލަލަލަލަލަ!
ސައްޕު
23 October 2017
މުންދު ވެސް މާ އަގަފުޅު ގަދަވެގެން މަޤާމު ނުލިބެނީސް، ޑިޕްލޮމެޓަކު ވިދާޅުވާން ނުވާވަރު އެއްޗެއް ކުރީގެ ރައީސް އަކާ ބެހޭގޮތުން ވަނީ ވިދާޅުވެފައެވެ. މިހާރު ގައިމުވެސް އެކަހަލަ އެއްޗެތި ވިދާޅުވުން ބުއްދި ވެރިއެއް ނުވާނެއެވެ. ފަހަރެއްގައި ސްރީލަންކާއިން، އިދިކޮޅުފަރާތްތަކުން އެހާވަރަށް މުންދު ފެއިލްކޮށްލަން ހިފާފައިތިއްބާ، ރޭގައި އިދިކޮޅުފަރާތްތަކުގެ ސްޕޯކްސް ޕާސަންއަކު ޓީވީ ޗެނަލަކުން 2018 ގެ ރިޔާސީ އިންތިޚާބަށް ފަހު މިހާރުގެ ރައީސް ހައްޔަރުކުރާނަމޭ ބުނި ބުނުމަށް ލަންކާއިން ދިން ރައްދެއްކަމަށްވެސް ވެދާނެ ދޯއެވެ؟ ސްޕޯކްސްޕާސަން އެ މަގާމުގައި ހުރެ ބުނަން ނުވާވަރުގެ ބަހާ، މުންދު ވިދާޅުވި ބަހާތަފާތެއް ނެތް ދޯއެވެ؟ އެހެން ނޫނަސް ރައީސް ވިޔަސް އަދި އެހެން މީހެއްވިޔަސް ކަމެއް ސާބިތު ނުވަނީސް ހައްޔަރުކުރުމަކީ، މިހާރު އިދިކޮޅުގައި ތިބި އެމީހުންގެ ބަހުން ނަމަ "ގައުމާ ރައްޔިތުންގެ ފައިދާ" އަށްކުރާ މަސަތްކަތޭ ބުނާ ބުނުމަށް ވެސް ތަޢާރުޒުވާ ބަހެއްދޯއެވެ؟
އަޅިކާ
23 October 2017
ކިތަންމެ ބާރު ބޮޑުވިޔަސް އެރުވިއްޖެދޯ. ދެންވެސް މައިތިރިވެގެން ހުރެވޭތޯބަލާތި.