ޕީޕީއެމުން އެންމެ ފަހުން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
29 އޮކްޓޯބަރ 2017 - 11:15
ޕީޕީއެމްއާ ވާދަކުރާ މީހުންނަށް ދައްކާނެ މަންޒަރެއް ނެތް ކަމަށާއި "ވާނުވާ ނޭނގޭ" ބައެއްގެ އަތް މައްޗަށް ވެރިކަން ދޫކޮށްލެވެން ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އިސްނަންގަވައިގެން ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއާ ވާދަކުރާ މީހުންގެ އަތުގައި ވިއްކާނެ އެއްޗެއް ނެތް ކަމަށެވެ. އަދި އެ މީހުންނަށް ކުރެވޭނެ ކަމަކީ ދޮގުހަދައި އޮޅުވާލުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ވާދަކުރާ މީހުންނަށް ވިއްކާނެ އެއްޗެއް ނެތް. ދައްކާނެ މަންޒަރެއް ނެތް. ކިޔާނެ ލަވައެއް ނެތް. ޖަހާނެ ބެރެއް ނެތް. މިއީ ހަގީގަތް. އޮތިއްޔާ އޮތީ ދޮގުވެރިކަން، ހީލަތްތެރިކަން، މަކަރުވެރިކަން، އޮޅުވާލުން. މި ނޫން އެއްޗެއް އެމީހުން އަތުގައި ނެތް. މި ވިއްކައިގެން އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ،" ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ހަފްލާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ތަޖުރިބާކޮށްލަން ދޫކޮށްލެވޭ ހާލަތެއްގައެއް ނޫނެވެ. ރައީސް ޔާމީނަށް އިޝާރަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ތަޖުރިބާކާރެއްގެ ހިދުމަތް ދިވެހިން މިހާރު ތިބީ ތަޖުރިބާކޮށްގެން ކަމަށެވެ. އަދި ދިވެހިން މިއަދު ބޭނުންވަނީ ކުރިއަށް ދާން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ގައުމަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދުމަށްޓަކައި ތަޖުރިބާ އާއި ހިންގުންތެރިކަމާއި ގާބިލްކަމެއް ނެތް ބައެއްގެ އަތަށް ވެރިކަން ދޫކޮށްލެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ވެރިކަން ކުރާ ޕީޕީއެމުން، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ކުރިމަތިލަނީ ވަރަށް ފޮނި އުންމީދަކާއި ބޮޑު ޔަގީންކަމާއެކު، އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔައި، އަބްދުއްރަހީމް ވިދާޅުވީ ވާދަވެރިން މަސައްކަތް ކުރަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ފުރުސަތު ހޯދައިދޭށެވެ. އަދި އެމީހުން ވަކާލާތު ކުރަމުން ދަނީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވެގެން އަޅުގަނޑުމެން މި ދަންނަވަނީ އެކަންކަމާ ދެކޮޅަށޭ އަޅުގަނޑުމެން ނިކުމެ މިތިބީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ދިނުމަކީ ދީނީ ގޮތުން ވާޖިބު ކަމެކެވެ. ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަން ޖެހެނީ ރާއްޖެ އަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދީ އިސްލާމް ދީން އަބަދުގެ އަބަދަށް ބާއްވަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރީ
30 October 2017
ތީ ވަރަށް ތެދުވެރިކަން ރައްޔިތުންނަށް ޞަދަގާތް ކޮށްގެން އުޅޭ ބައެއް ވިއްޔަ. އަބދުއްރަހީމު ބޭނުން ފުޅު މީހަކަށް ދީފަ ނުދޭން ނިންމަން މި ގައުމު މީ ބޭފުޅާ ބަފާފުށުން ވާރުތަ ވެފަ އޮތް ތަރިކަ މުދާގަނޑެއް ކަމަށް ހީވަނީތަ؟ ތިބެވިދާނެ ގަހަކުން ފަތެއް ހެލިލާ އިރަށް ބިރުން، ފަތް ހެލުން މަނާ ޤާނޫނެއް ޖެހިގެން އަންނަ ދުވަހު ފާސް ކޮށްގެން ވެރިކަމުގަ ބަގުޑި ބައްދައިގެން. ޤިޔާމަތް މަހުޝަރު ދުވަހު ނުހައްގުން ކެއި ބޮނޑިވަރު ދަމަމުން ދާމީހުން އަހަރެމެން ނިކަމެތީންވެސް އިރާދަކުރެއްވިޔާ ދެކޭނަން.
ނެޝަނަލިސްޓް
29 October 2017
ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި މި މީހުން ދައުލަތުގެ މަގާމްތަކުގައި މިހުން ބޭތިއްބުމަކީ ލަދުވެތި ކަމެއް!
އަބްދުއްލާ
29 October 2017
އެމްޑީޕީ އާ ވެރިކަން ހަވާލުވި އިރު ތިލަފުއްޓަށް ކުނި ގެންދަން ހުރި ކޮޅުވެއްޓިތަކާ ކުނި އުފުލަމުންދިޔަ ލޮރީތަކާ ކޮބާ ؟3 އހަރުގެ ތެރޭ ކުނިއުފުލަމުން ގެންދިޔަ ހުރިހާ ތަކެތި ވަނީ ހަލާކު ކޮށްފާ މާލެ ވަނި ކުނިގޮނޑަކަށް ވެފާ މިހާރު މާލޭގެ ކުނި މެނޭޖް ކުރުމަށް ބެއްލެވުން ކީއްތޯ ރައްޔިތުން ތައްޔާރުކުރާ ކުނި މި އުކާލަނީވެސް ބޭރުމީހުނާ އެކު ދިވެހިރައްޔިތުން ،ބޮޑު މުސާރަ އެބަލިބޭ . މާލޭގެ ކުނި މެނޭޖް ކޮށްލަން ނޭގިގެން އިސްތިއުފާ ދިން މީހަކަށް އަނެއްކާވެސް ރާއްޖޭގެ ވެރިކަން ދޭންޖެހޭތަ ؟ތާއީދު ކުރާފަރާތެއް ހޮވިދާނެހެން ހީނުވާތީ މިކިޔަނީ ވަގުތީ ސަރުކާރެކޭ ގެންނަން މިއުޅެނީ . ގާނޫނުއަސާސީގަ ނެތް ވެރިކަމެއް ގެންނަން އުޅުންވާނީ ބަގާވާތް ކުރުމަކަށް ނޫންބާ ؟
އައްމަކަޅޭ
29 October 2017
އެއްވެސްމީހަކު އަހަރެމެން ވޯޓްލާނެގޮތް ބުނެދޭނެކަމެއްނެތް. އަހަރެމެން ތަރައްޤީ ކޮންކްރީޓް ޖަންގައްޔެއް ބޭނުމެެއްނޫން. އަބަދުވެސް ލިބޭއެއްޗަކުން ނުފުދި ހާސްކަމުގައި ކުލީގެ އަޅުންނަށްވާކަށް ބޭނުމެއްނޫން. އިންސާފާ ޢަދުލުވެރިކަމަށް ވުރެ ބޭނުންއެއްޗެއްނެތް. ޔާ ﷲ ޢަދުލުވެރި ރައްޔިތުންނަށް އޯގާތެރި ވެރިއަކު އަޅަމެންނަށް ދެެެއްވާންދޭވެ.
ޅަބޭ
29 October 2017
އާމީން
މަރީ
29 October 2017
އިންތިހާބެއް އޮވޭތަ އަނެއްކާ؟؟؟
ޕަައްލަންބެ
29 October 2017
ދިވެހިންނަށާއި ދިވެހިޤައުމަށް ހެޔޮއެދޭ އެއްވެސް މީހަކު 2018ގަ ޔާމީނަކަށް ވޯޓެއް ނުލާނެ ! 2018ގަ ރޔާސީ އިންތިޚާބަށް ވޯޓްލުން ބާއްވައިފިނަމަ ދިވެހިޤައުމަށް ހެޔޮއެދޭ ފަރާތްތަކާއި 20000ރުފިޔާއަށް ވޯޓް ވިއްކާ މީހުން ގެ ޢަދަދު އެގޭނެ ! 181
އެގިއްޖެ
29 October 2017
ތައްޔާރު ކޮންކަމަކަށް. މީނައަށް އާޅެ ކޮންބާރެއްތަ ލިބިގެން މިއުޅެނީ. ވެރިކަން ހަވާލުކުރާނެ ބައެއްއެނގޭނީ ރައްޔިތުންނަށް.
ޕަައްލަންބެ
29 October 2017
ތިޔަގޮތަށް ކަރުގެ ނާރު ފުއްޕާފައި ރައްޔިތުންގެ ފަރާތުން މަޖިލިހުގައި ވަކާލާތުކުރާނަމަ ހާދަހާ ގިނަ ރައްޔިތުން ތައުރީފް ކުރާނެއޭ، އަބްދުއް ރަހީމް ކިތަންމެ އަޑުހަރުކޮށް ތިޔަގޮތަށް ގޮވާލިޔަސް ރައްޔިތުން ރައީސް ޔާމީނުއަށް ވޯޓެއް ނުދޭނެ، އަދި ވޯޓްހޯދަން ގޮވާލާ މީހުންގެވެސް އަގުވެއްޓޭނީ ރައްޔިތުންގެ ކުރިމަތީގައި، ރައީސް ޔާމީނުގެ އަގު މުޅި ދުނިޔޭގެ ކުރިމަތީގައި އަދި ރައްޔިތުންގެ ކުރިމަތީގައި ވެއްޓިއްޖެ، މީގެ ކުރިން ވޯޓްދިނީ މައުމޫނު ފަހަތުގައި ހުރެގެން އަދި ޤާސިމާއި ޖަމީލު ކުރި މަސައްކަތުން
ޕަައްލަންބެ
29 October 2017
90% އަށްވުރެ ގިނަ މީހުން އެއޮތީ ރުޅިއައިސްފަ.. ދެން ކިހިނެއް ހޮވާނީ..
ޕަައްލަންބެ
29 October 2017
ދައުލަތުން ފޯރުކޮށްދޭ ޕާސްޕޯޓް ހެދުން ފަދަ ޚިދުމަތްތަކުގެ އަގު ބޮޑުވެއްޖެއެވެ ކާޑުގެ އަގު ބޮޑުވެއްޖެއެވެ ކަރަންޓުގެ އަގު ބޮޑުވެއްޖެއެވެ. އިމްޕޯޓް ޑިއުޓީ ނެގުންފަދަ ކަންކަމާހުރެ ޑަބަލް ޓެކްސް ދައްކަންޖެހި ތަކެތީގެ އަގު އުފުލިއްޖެއެވެ. ކުރިން ޓެކްސް ނުނުގާ މުވާސަލާތީ ޚިދުމާތާއި ތެލުގެ ބާވަތްފަދަ އަސާސީ ބާވަތްތަކުން ޓެކްސް ނަގަން ފެށުމުގެ އެތަކެތީގެ އަގު ބޮޑުވެއްޖެއެވެ. ދަތުރު ފަތުރުގެ އަގު އުފުލިއްޖެއެވެ. މާލޭ ބަނދަރުން ނަގާ ފީ ބޮޑުވެއްޖެއެވެ. ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ހާތަކާއި ގިރިތައް ބިޑު ކުރުމެއްނެތި ނުއަގުގައި ވިއްކަނީއެވެ. އެތެރެއާ ބޭރުގެ ދަރަނި އިންތިހާއަށް މަށްޗަށްގޮސްފިއެވެ. ލިސްޓް ދިގުކުމުގެ ބޭނުމެއްނެތެވެ. ރައީސް ޔާމީނު ދެވަނަ ދައުރަކަށް ހޮވުން ވާޖިބުވެ ނިމިއްޖެއެވެ.