(ކ-ވ) މެމްބަރު ޝާހު، މުސްތަފާ އަދި ސައުދުﷲ ހިލްމީ - ފޮޓޯ: މަޖިލިސް
30 އޮކްޓޯބަރ 2017 - 17:44
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހަކީ މާކުރިން ވެސް ޕީޕީއެމުން ވަކިވެފައިވާ ބޭފުޅުން ކަމަށާއި އެހެންވެ އެ ބޭފުޅުން ޕާޓީން ވަކި ކުރުމަކީ މިހާރު އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ވެރިކަން ކުރާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް، ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މުސްތަފާ އާއި ސައުދުﷲ އަދި ޝާހަކީ ޕީޕީއެމުން ވަކިވުމަށް އެދި މިދިޔަ ޖުލައި 13 ގައި ޕީޕީއެމަށް ސިޓީ ފޮނުވި މެމްބަރުން ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ޕީޕީއެމުން ވަކިކުރަން ނިންމި ކަމަށް ބުނާ އެ ތިން މެންބަރުންނަކީ މިހާރުވެސް ޕީޕީއެމްގެ ތިން މެންބަރުން ނޫން ކަމަށާއި ޕާޓީން ވަކިވެފައިވާ މެންބަރުންތަކެއް އަލުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެހެންކަމުން މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ މެމްބަރު ކަމުގައިވާ މުސްތަފާ އާއި ސައުދުﷲ އާއި ޝާހަކީ ޕާޓީން ވަކިވުމަށް އެދިވަޑައިގެންނެވި ހިސާބުން ޕީޕީއެމް މެމްބަރުން ކަމުގައި ނުވާނެ އެވެ،" ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމުން ވަކިވެޑައިގަތުމަށް ނިންމެވި ހުރިހާ މެމްބަރުންހެން، ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕާޓީން ވަކިވުމަށް އެދި ޕީޕީއެމަށާއި އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ޕީޕީއެމުން ވަނީ މެމްބަރުންގެ މައްސަލައެއް ސުލޫކީ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. އޭގެ ބޭނުމަކީ، އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް އައި އިރު ވެސް އެއީ ޕީޕީއެމްގެ މެމްބަރުންކަން ދެއްކުމެވެ.
ޕީޕީއެމްގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވި 10 މެމްބަރުންގެ ތެރޭގައި ސައުދުﷲ އާއި މުސްތަފާ އަދި ޝާހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއިކުރެއްވި 45 މެމްބަރުންގެ ތެރޭގައި ވެސް މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ސުލޫކީ ކޮމެޓީން ބުނި ގޮތުގައި އެ ތިން ބޭފުޅުން ޕާޓީން ވަކިކުރަން ކޮމެޓީ މެމްބަރުންގެ އިއްތިފާގުން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރައްވައި، ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކެވުމާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރެއްވުމެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން މެމްބަރަކު ވަކިވާން އެދޭ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވާނެ އެވެ. ތިން މެމްބަރުން މާ ކުރިން ވަކިވެފައި އޮއްވައި އަލުން ޕާޓީން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ސުލޫކީ ކޮމެޓީން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުން
31 October 2017
ޕީޕީ އެމުން ވަކިވެފައިވާ މެންބަރުން ތަކެއްގެ ހައްގައް ޔާމީން ފެކްޝަނުން އަރައިގެން ފައި ވާތި އަދި މި މެންބަރުންގެ އަބުރައް ހުތުރުވާގޮތައް ނަން ބޭނުންކޮއް ޕާރޓީން ކަޑައިފީމޭ ކިޔާ މީޑިއާ އައް ބަޔާންދީ އަބުރައް އަރއިގެންފައިވާތީ ޔާމީން ފެކްޝަން އިން މިކަން ކުރި ބަޔަކު ގޮވައިގެން ތިން މެންބަރުން ވެސް ކޯޓައް ވަޑައި ގަތުމައްފެނޭ. އަމިއްލައައް ވަކި ވެފައި ވަނިކޮއް މިމީހުންނައް މިގޮތައް ކަންތަކެއް ނުކުރެވޭނެ. ކޯޓައް ވަޑައިގަންނަވާ.
ގަވާއިދު
30 October 2017
ގުޅިފައިވާ ޕާޓީތަކުން ބުނީމަ ބުނާހާ ގޮތަކަށް ވާނެތޯ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގަ ބުނާއެއްޗެއް ރަނގަޅަށް ވިދާޅުވެލައްވާ، އެ ގާނޫނުގައި ބުނަނީ ޕާޓީއަކުން ވަކިވާން ބޭނުންވުމުން ވަކިވުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށްވެސް އޮތްވާހަކަ، އެގާނޫނުގައި ހަމަ ބުނޭ ޕާޓީތަށް ހިންގަންވާނީ އެ ގާނޫނާއި ހަވާލާދީ އިލެކްޝަން އިން ހަދާ ގަވާއިދަކުން ކަމަށް، އިލެކްޝަންގެ ގަވާއިދުގަ އޮންނަނި ( ދެބޯގެރި ފުއާދު ހެދި ގަވާއިދު) ޕާޓީއަކުން ވަކިވެވޭނީ އެޕާޓީއަކަށް ވަކިވާން އެދި ސިޓީ ފޮނުވާ އެކަމަށް އެ ޕާޓީން އަމަލު ކުރުމުން ކަމަށް، އެކަމަށް އެ ގަވާއިދުގަ 14 ދުވަސް އޮވޭ. އަސާސީ ގަވާއިދެއް ނުހެދޭނެ ގާނޫނަށްވުރެން މަތިން.