ކުޑަހުވަދޫ އެއާޕޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ: މިއީ ޕްރައިވެޓް ޖެއްސޭ ގޮތަށް ހެދި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓް
01 ނޮވެމްބަރ 2017 - 11:15
ދ. ކުޑަހުވަދޫ އެއާޕޯޓް ރަސްމީކޮށް، ރައީސް އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
ދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، ދާލު އެއާޕޯޓް ހުޅުއްވައިދެއްވީ ކުޑަހުވަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ.
ދާލު އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖެއްސީ ޖޫން، 1، 2017 ގަ އެވެ. މޯލްޑިވިއަންގެ ޝެޑިއުލްގެ ދަތުރުތައް ވެސް އެ އެއާޕޯޓަށް މިހާރު ވަނީ ފަށައިފަ އެވެ. މާލެ އިން ކުޑަހުވަދު އަށް އެއްކޮޅު ޓިކެޓްގެ އަގަކީ 888ރ. އެވެ.
ކުޑަހުވަދޫ އެއާޕޯޓް: މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު
"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 64.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.
އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.
ކުޑަހުވަދޫ: މި ރަށުގައި ހެދި އެއާޕޯޓް މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައި.-- ފޮޓޯ: ގޫގްލް މެޕްސް
ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ވާހަކަ ދެއްކެވި އަހްމަދު ލަތީފް އާދަމް ވިދާޅުވީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާ އެކު އަމާޒަކީ ދާލު އެއާޕޯޓަކީ ނަމޫނާ އެއާޕޯޓަކަށް ހެދުން ކަމަށެވެ. އެއާޕޯޓުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ޑެސްކްތަކެއް ބަހައްޓާފައިވާއިރު، އާއްމުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބަ އޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ / ކުޑަހުވަދޫ
01 November 2017
ދެރައީ ރަށުކައިރިން ވެލި ނަގައިގެން އެވަރުގެ އެއަރޕޯޓެއް އެޅީތީ. ހަމަ ކުޑަހުވަދޫގައި އެބައޮތް ބޮޑު ސަރަޙައްދެއް ހިއްކާފައި. އެކަން ކުރީކީ ވިލުތެރެއިން ވެލި ނަގައިގެންނެއް ނޫ. ތިޔަ އެއަރޕޯޓް އަޅާތީ ރިސޯޓް ހަދަން ކަނޑިމަ އެދިނީ ހިލޭ. ކަނޑިމައަކީ ތިޔަ އެއަރޕޯޓްގެ، 4 އެއަރޕޯޓް އެޅޭނެހާ ޖާގަ ނުވަތަ ބިން. ހިލޭ ފަޅު ރަށެއްދީގެން އެއަރޕޯޓް އެޅީމައިވެސް ޓިކެޓްގެ އަގު ހެވެއް ނުވޭ.
ސޮއްފީ
01 November 2017
ދީބަލަ މ. އަތޮޅަށް އެއާރޕޯޓެއް ޕްލީޒް
ހައްވަ
01 November 2017
ޝުކުރިއްޔާ ރައީސް ވަޙީދު. މިއީ ރައީސް ވަޙީދުގެ ވެރިކަމުގައި 2013 ވަނަ އަަަހަރު ފެށި މަސައްކަތެއް. އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.
ބޫމް
01 November 2017
ދެން އަދި 2018ގެ ކުރީކޮޅު ރަސްމީ ރަސްމީކޮށް މެޑަމް ތިޔަ އެއާޕޯޓު ހުޅުވައިދެއްވާނެ. ވެދުން.
ނަންނުދަންނަ
01 November 2017
ކަޑަވޭ ދޯ . . . . . ހަހަހަހަހަހަ
ވާވާ
01 November 2017
މަރުހަބާ ކުޑަހުވަދޫ ރައްޔިތުންނަށް....... [-:
ހަަހަ
01 November 2017
ބޭރުމީހުންގެ ކައިވެންޏެކޭ މިކަމެކޭ ތަފާތެއް ނެތް. އެމީހުންވެސް ތިންހަތަރު ދަރިން ހޯދާއިރު، އަދި ކައިވެންޏެއް ނުކުރާނެ. ކައިވެނި ކުރާއިރު ހައެއްކަ ދަރިން ތިބޭނެ.
ރަނގަޅު
01 November 2017
ކޮންމެ ރަށަކަށް އެއަރޕޯޓެއް.
ޕޮކަންޑިމޭން
01 November 2017
ދާލު ރައްޔިތުން 2018# ރައީސް ޔާމީންއަށް ދެއްވާނެކަމާއިމެދު ޝައްކެއް ނުކުރަން
ޖޯޖް
01 November 2017
ކަލޯ ޔާމިން އެޅި އެއާޕޯޓެއްނޫންތީކީ ނަޝީދު ބަޖެޓު ހަމަޖައްސާފަ ހުރިހާކަމެއް ނިމި ވަހީދުގެ ވެރިކަމުގައި އެޅި ތަނެއްތީ ހުރިހާ ޝުކުރެއް ރައީސްނަޝީދުއަށް
ާއަންނި
01 November 2017
ކަލޯ ބުނަން ވާހަކައެއް... ތިބުނާ ނަޝީދެއް ދާލު އެއަރޕޯޓު އަޅަން ކުރި ހަމަ އެއްވެސް ކަމެއް ނޯންނާނެ... ކުޑަމިނުން ކުޑަހުވަދޫއަށް ކޮށްދިން ކިތަންމެ ކުޑަވެސް ކަމެއް ތި ބުނާ ނަޝީދުގެ ވެރިކަމުގަ ނޯންނާނެ... ހުވާ... މި މީހުންނަށް ހީވާކަހަލަ ލައްކައެކޭ...
މަ / ކުޑަހުވަދޫ
01 November 2017
ޖޯޖް ނެކްސްޓް ޗޯކް ޕްލީޒް. އެކަމަކުވާ މިއީ ދެން ނަޝީދުއަށް ތާޢީދުކުރިޔަސް ތަންފުކެއް ބޮޑުވަރު. ނަޝީދުގެ ވެރިކަމުގައި ކުޑަހުވަދޫގައި ކުރި ކަމަކީ ޕާޓީ މީހަކަށް ދީގެން ދެ ތިން ގާފޮޅެއް، ރަށު ކައުންސިލް ކުރިމަތި، ވާރުގެ ފަހަތު، ސްލިޕްވޭ ހުންނަ މަގުގެ އެއްފަރާތު އަދި އަށްކަންގެ ވަޔައިގެން ގާފޮޅެއް ޖެހީ. އެ ނިމުނީ ނަޝީދުގެ ވެރިކަމުގައި ކުޑަހުވަދޫއަށް ގެނެސްދެއްވި ތަރައްގީއަކީ. ހާދަހާވާ ތަރައްގީއެކޭ ދޯ ނަޝީދު ކުޑަހުވަދޫއަށް އެ ގެނެސް ދިނީ.
ހަޤީޤަތް
01 November 2017
މިސަރުކާރުން ހިންގި މަޝްރޫއެއް ނޫން.. މިސަރުކާރުމް އަޅާ ނިންމި އެއަރޕޯޓެއް ފުލެޓެއް ނުހުންނާނެ... މުޅިންވެސް ރެބަން ކަނޑާ ކުރެޑިޓްކައިފަ މެޑަލްޖެހުން އޮންނަކަމަކީ.. ދެން ތަރައްޤީއޭ ކިޔާ ފަލަ ސުރުހީހަދާނެ ބޮޑެތި ލޯނު ނަގައި ޤައުމު ދަރުވައިގެން މާލޭ މެގަ ޕްރޮޖެކްޓް ހިންގާފަ.. ދެންކުރާހާވެސް ކަމަކީ ފެނާ ކަރަންޓާ ތެޔޮ ފަދަ އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުކޮށްގެން އަދި ޓެކްސްތަކާ ފީތައް އިތުރުކޮށް ރައްޔިތުން ފެލައިގެން އެ ނަގާ ލާރިން އަތޮޅުތެރޭގަ ގުއި ހޮޅިއެއް ފެން ހޮޅިއެއް ފުޓްސެލް ދަނޑެއް ބަށި ކޯޓެއް އަޅާ އެވާހަކަ މީޑިއާގަ އަނބުރާ ގުނބޯހައްދަން އުޅުން
ސިމާނާ
01 November 2017
އަހަރެން ހީކުރީ ކުރިންވެސް މިތަން ހުޅުވައިގެން ކަމަށް އުޅުނީ. ބޯޓު ދަތުރުކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެހެން ހީވޭ. ކުޑަހުވަދޫއަކީ ހާދަ ބޮޑުކޮށްލެވިދާނެ ރަށެކޭ ދޯ. ތަރައްގީކޮށްލަންވީ މެދުރާއްޖެތެރޭގެ މި ރަށް. ދިވެހިންގެ މުޅި އާބާދީއަށް މި ހިއުޖު ސިޓީގައި އުޅެވޭނެ. ރ.ޔާމީންގެ ހިކުމަތްފުޅުން މި ދައުރާއި ދެން އޮތް ދައުރުގައި މިރަށަށް ތަރައްގީ އަންނަތަން ފެންނާނެ ކަމަށް ވަރަށް ހައިހޯޕްސް ކުރަން.