ދާލު އެއާޕޯޓް ރައީސް ޔާމީން ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ހުރަސްނޭޅުމަށް ރައީސް އެދިވަޑައިގެންނެވި. --ފޮޓޯ: ރައީސް އޮފީސް
01 ނޮވެމްބަރ 2017 - 12:33
ފަސް އަހަރުގެ ދައުރުގައި އުފެއްދެވުމަށް ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގަތް 94،000 ވަޒީފާގެ ތެރެއިން މިހާތަނަށް 70،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި ޑޮމެސްޓިކް އެންމެ ބޮޑު އެއާޕޯޓް ރަސްމީކޮށް ހުޅުވަން ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޒީފާތައް އިތުރުވެ އިގްތިސާދީ ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ. އެ ފުދުންތެރިކަން ގެނެސްދޭ ސަރުކާރަށް އެއްބާރުލުންދީގެން ކުރިއަށް ދާނީތޯ ނުވަތަ ނުތަނަވަސްކަން އުފައްދަން މަގުމަތީގައި ޝަކުވާކޮށްކޮށް ތިބޭނީތޯ ރައްޔިތުން ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 70،000 ވަޒީފާ އުފެދުނީ ހަމައެކަނި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކަންޏެއް ނޫނެވެ. އެކި ސަރަހައްދުތަކުގައި ގާއިމްވަމުންދާ އެއާޕޯޓްތަކާއި ހުޅުވަމުން އަންނަ އާ ރިސޯޓުތަކަކީ ވެސް އެތައް ހާސް ވަޒީފާއެއް ކަމަށް ވިދާޅުވި އެވެ.
ކުޑަހުވަދު އަށް ވަޑައިގެންނެވިއިރު މަރުހަބާ ދަންނަވަން ތިބި މީހުންނާ ރައީސް ޔާމީން ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވި ދާލު އެއާޕޯޓުގައި މަސައްކަތްކުރާ ކޮންމެ 10 މުވައްޒަފުންގެ ތެރެއިން ހަތް މީހުންނަކީ ކުޑަހުވަދޫގެ ޒުވާނުންކަން ރައީސް ފާހަގަކުރެއްވި އެވެ.
"މި 94،000 ވަޒީފާ ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންގެ ޝައުގުވެރިކަން މިއޮތީ ހަމައެކަނި މާލެ ކައިރިއަށް މި ވަޒީފާތައް ޖަމާކުރާކަށެއް ނޫން. ދިވެހިރާއްޖެއަކީ ގުދުރަތީ ގޮތުން އަތުރާލެވިފައިވާ ޖަޒީރާ ރަށްތަކަކަށް ވާތީވެ، އެ ތަނަވަސްކަން އެ ރަށްތަކަށް، އެ ހިސާބުތަކަށް ތަނަވަސްކޮށްދިނުން. އެ ވިސްނުމުގައި އަޅުގަނޑުމެން އެއާޕޯޓްތައް ވެސް ހުޅުވަމުން މިގެންދަނީ،" ރައީސް ވިދާޅުވި އެވެ.
ދާލު އެއާޕޯޓް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ މައި ނާރެހަކީ ޓޫރިޒަމަށް ވާއިރު ދިވެހި ޒުވާނުންގެ ޝައުގުވެރިކަން ހުރީ ވެސް އެ ދާއިރާ އަށެވެ. އެހެންވެ، ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓް ހުޅުވާއިރު، ރިސޯޓްތައް ވެސް އިތުރުވެ، ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދާލު އެއާޕޯޓާ އެކު ކުޑަހުވަދޫގެ ރީތިކަން ދެ ގުނަވެގެންދާނެ ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ އެއާޕޯޓް ބޮޑުކުރާނެ ޖާގަ އަދި ވެސް އެބަ އޮތް ކަމަށެވެ. އެހެންވެ، އިންޓަނޭޝަނަލް އެއާޕޯޓަކަށް ދާލު އެއާޕޯޓް ނުހެދެންވީ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ދާލު އެއާޕޯޓް އިންޓަނޭޝަނަލް އަށް ބަދަލުކުރެވިދާނެ ކަމުގެ އިޝާރާތެއް ދެއްވިއަސް ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުން ކަަމަށްވާއިރު އެކަމަށް ހުރަސްއެޅޭ ގޮތަށް ކަންކަން ނުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރާއްޖެ އަށް އިންވެސްޓްމެންޓްތައް އަންނާނީ، ހަމަޖެހުން ގާއިމްވެފައި އޮވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ތި ބޭފުޅުންގެ ގެތަކަށް ޓަކި ޖަހަމުން ވަޒީފާގެ ފުރުސަތު އައީމަ، އެ ވަޒީފާތަކުގައި ދެމިތިބެވޭތޯ މަސައްކަތް ކުރައްވާށޭ. އެ އިންވެސްޓްމެންޓްތަކަށް ޖާގަ ދެއްވާށޭ. އެ ބޭފުޅުންނަށް ތި ބޭފުޅުންގެ އިހްތިރާމާއި މެހްމާންދާރީ އާއި ލޯބި ދައްކަވައި ދެއްވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ހިތްހަމަނުޖެހޭ ކަންތައްތައް ހުއްޓަސް ތަރައްގީއަށް ލޮޅުން އަރުވަން ހަމަނުޖެހުން ނަގާނުލަން ރައީސް އެދިވަޑައިގެންނެވި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހޭދަކުރަނީ ވެސް ރައްޔިތުންގެ ތަރައްގީއަށްކަން ވިސްނުމަށް ރައީސް ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑު
03 November 2017
ކޮބާތަ 70000 ވަޒީފާ؟ އަހަރެން ވަޒީފާ އެއް ނުލިބި ހުންނަތާ 3 މަސް ވެއްޖެ އަހަރެން ސަރުކާރަށް ގޮވާލަން ތިޔަބުނާ ވަޒީފާ ލިބެނީ ކޮންތާކުން ކިހިނެށް ހަދާގެން ތޯ އަޅުގަނޑު މެނައް އިނގޭނެ ގޮތެއް ހައްދަވާ ދެއްވު މަށް އަޅުގަނޑަކީ ވެސް 3 ކުދިންގެ ބައްޕަ އެއް އަޅުގަނޑު ވެސް ވަޒީފާ ބޭނުން..
ހެޕީވައްތަރު
02 November 2017
އަހަރެން ރަށު މީހުން ހުންނަނީ 130000 މީހުން ރާއްޖެ ހުންނަނީ. ޒިކުރާ މިސްކިތް ކައިރީ މަގޭ ފްރެނޑް 1000 ހުންނަނީ. މިހާރު ހުރިހާ މާލެ މީހުން ވަޒީފާ ހުންނަނީ. ނެކްސްޓް 70000 ޖޮބް އަގަރެން ރަށު މީހުންނައް ގެރެންޓީ ހުންނަނީ.
ބުރާންތި
02 November 2017
އަޅުގަނޑުގެ ވެރިކަމެއަގާ ކޮންމެރަށެއްގާ އެއަރޕޯޓެއް އަޅާނަން. އެއަރޕޯޓްއަޅަން ރައިއްޔަތުންގެ ފައިސާއިން 150 މިލިއަން. އެތަނުން އަޅުގަނޑުގެ އެކައުންޓައް 50 މިލިއަން.
ޓެކް މޭން
02 November 2017
ރައީސް މީހާ "ވަޒީފާ" މި ކިޔަނީ ކޯއްޗަކަށްތޯ ސުވާލު އުފެދޭ ހިސާބަށް ހިނގެއްޖެ. އެހެނީ މާގިނަވަޒީފާތަކެއް އިއުލާން ކޮށްފައެއް ނެތް ގެޒެޓްގައެއް. 70000 އޯ.ހެ ހެ ހެ
ޖުހާ
02 November 2017
ކޮންމެ ދިވެއްސަކަށް ދެވަޒީފާ ..ގަދަ ސަރުކާރެއްމީ ހެހެހެހެހެ
މުދިިމު
01 November 2017
ދެން މަހީހީ!!!!!
ސައްލޫ
01 November 2017
ކިތައްމީހުންތޯ ވަޒީފާއިން ވަކިކުރީ. އަދަދު ވިދާޅުވާން ކެރޭނެތޯ ތިބޭފުޅާއަށް
މަރުހަބާ
01 November 2017
ބަންގްލާ މީހުންނަށް ސެވެންޓީ ތައުޒަން ޖޮބް ލިބުނީމަ އަމީ ވަރަށް ހެޕީ ވަނީ، ޕްރެސިޑެންޓް ބަރާބަރު ހުންނަނީ ދޯ
ހެހެހެ
01 November 2017
ރައީސް އޯކޭތަ؟
ދަރިވަރު
01 November 2017
ދިވެހި ރާއްޖޭގެ އިގްތިސާދުގެ މައިނާރު އެބަޖެހޭ ހުރިހާ ދިވެހިންނަށް މަންފާކުރާ ތާކަށް ހަދަން.އެ ފަޅުރަށްތަކުގެ ނަފާ އެބަޖެހޭ ޒުވާނުނަށް ލިބެން.