އެޗްޕީއޭގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ: ދުންފަތުގެ ގާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒުނުވާ ކަމަށް ވިދާޅުވި.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 ނޮވެމްބަރ 2017 - 16:20
މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ކުރާ ޖޫރިމަނާގެ ފައިސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި އެކަމަށް އެކުލަވާލާފައިވާ ގަވާއިދުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒުވަމުން ނުދާ ކަމަށެވެ. އެ ކަންތަކަށް އަމަލުކުރުމުގައި ގޮންޖެހުންތައް ދިމާވި ނަމަވެސް ދުންފަތާ ބެހޭ ގާނޫނު ހަރުދަނާކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުކޮށްގެން ކުރާ ޖޫރިމަނާގެ ފައިސާ މިހާރު ދައްކަނީ އެޗްޕީއޭ އަށެވެ. ނަމަވެސް މީރާ އަށް އެ ފައިސާ ދައްކަން ފެށުމުން ހަރުދަނާކޮށް އެކަންތައް ގެންދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ދުންފަތުގެ ޖޫރިމަނާ ފައިސާ މީރާ އަށް ދައްކަން ފެށުމުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ. މިސާލަކަށް ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް، ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ ބައެއް ހިދުމަތްތަކެއް ނުލިބޭނެ. އެކަހަލަ ގޮތަކަށް އަޅުގަނޑުމެން މި މަޝްވަރާކުރަން ތައްޔާރުވަނީ،" އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވި އެވެ.
"ޖޫރިމަނާ ފައިސާއެއް އޮތް ނަމަ އައިޑީކާޑެއް ނުހެދޭނޭ ބުނެފިއްޔާ ވަރަށް އުނދަގޫވާނެ ދެއްތޯ. އޭރަށް އައިޑީކާޑު ނެތިއްޔާ އާސަންދައިގެ ހިދުމަތެއް ނުލިބޭނެ. ޕާސްޕޯޓެއް ނުހެއްދޭނެ."
މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ 500ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ގާނޫނު ބުނެ އެވެ. ނަމަވެސް ހަތް އަހަރު ވެގެން ދިޔައިރު ވެސް އެކަށީގެންވާ ގޮތެއްގައި އެ ގާނޫނު ތަންފީޒުވެގެން ނުދެ އެވެ.
ނާޒިމް ވިދާޅުވީ ދުންފަތުގެ ޖޫރިމަނާގެ ފައިސާ ނުދައްކާ ވަރަށް ގިނަ މީހުން އެބަ އުޅޭ ކަމަށެވެ. ނަމަވެސް އެ ނުދައްކާ މީހުން ހޯދަން އުނދަގޫ ކަމަށާއި، މީރާ އަށް އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ބަދަލުކުރުމުން އެ ކަންތައްތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް ވަނީ އެކުލަވާލައިފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ގެޒެޓުކުރުމުގައި ލަސްތަކެއް އުޅެނީ، އެކަމާ ގުޅޭ އެހެން މަސައްކަތްތަކެއް ވެސް ކުރިއަށް ދާތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާތް ތެރި
02 November 2017
މީރާ . ދެއްތޯ . މީގެ 4 އަހަރު ކުރިން ހުއްދަ ނޫން ތަނެއްގާ ދުންފަތުގެ އިސްތިއުމާލު ކޮށްފައިވާކަމުގެ ރިޕޯޓެއް ވަނީ ލިބިފައި. ޥީމާ އެކުށުގެ ޖޫރިމާނާ 500000.00 ރުފިޔާއާއި އެފައިސާ ދައްކާފަނުވާތީ ކުރި 500000.00 ރުފިޔާ ޖުމުލަ އެއްމިލިއަން ރުފިޔާ 8 ދުވަހުގެތެރޭގައިނުދައްކައިފިނަމަ ދަޢުވާ ކުރެވޭނެކަން އެންގީމެވެ
ބަންގްލާދޭޝް
02 November 2017
ދުންފަތް ހުއްޓުމަށް އެއްވެސް ހެޔޮނިޔަތެއްނެތް. މިކުޑަކުޑަ މާލޭގެ މު ކުދިކުދި ޕޭމަންޓްގައި ދޭސީ އާއި ބިދޭސީން ފޯރިހިތްޕާލާފައި ސިގިރޭޓް ބޯންތިބޭތީ އެކަމުން ސަލާމަތް ވެވޭނެއެއްވެސް ގޮތެއްނެތް. މަގުހިނގާ މީހާ ނުރުހުނަސް ޕޭމަންޓްގައި ސިގިރޭޓް ބޯންހުންނަމީހާގެ ދުންބޮޑި ވަންނަނީ އަގަތެރެއަށް. ނުރުހުމުގެ ގޮތުން ބަލާލަން ވެސް ބިރުގަނޭ ސަބަބަކީ ދޭސީ ޒުވާނާގެ ޝިކާރައަކަށް ވެގެން ހިނގައިދާނެތީ. އާޅެ ނިކަން ވިސްނާ ކައިރީގައިވާ ސްރީލަންކާގެ މަގެއްގެ މަތީގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި މި ޢަމަލެއް ނުކުރެވޭ. މިތަނަށް އަންނަ ޤާނޫނެއް ޤަވާޢިދެއް ނުދަންނަ ބަންގްލާދޭޝް މީހުން ބުނޭ މިއީ ހަމަ ދުނިޔެމަތީގެ ސުވަރުގެއޭ. އެމީހުންގެ އަމިއްލަ ޤައުމުގައި ވެސް މިހާ މިނިވަންކަމާއެކު ނޫޅެވެއޭ. ފައްކާދޯ؟ އެމީހުން ބުނި ފުލުހުން އައުމުން ކޮންމެވެސް މިންވަރެއްގެ ޞަދަގާތެއް ކޮށްލުމުން ނިމުނީއޭ. އެމީހުން ލާނެ ޖަލެއް ނެތޭ. އެމީހުން ޑީޕޯޓް ކޮށްލާވަރަށް ސަރުކާރުގައި ފައިސާއެއްނެތޭ.
މަރިޔަން
02 November 2017
ދުންފަތުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަމަ %100 ތާއީދު. ކޮރަޕްޝަނުން ލިބޭ ގެއްލުމެއްވެސް ވަކި ކުޑައެއް ނޫން. ކޮރަޕްޝަނުން ޖޫރިމަނާ ނަގާނަމަ އަދި މާގިނަ ފައިސާ ދައުލަތަށް ލިބޭނެ.
އަހުމަދުބެ
02 November 2017
މަނާ ތަން ތަނުގަ ސިނގިރޭޓް ބުޔަސް ޖޫރިމަނާ އެއް ނުކުރެއެވެ. އެއީ ކަރުދާހުގަ އޮންނަ ވާހަކައެކެވެ. އެކަން ރިޕޯޓް ކޮށް ބައިގަޑިއިރު ވާއިރު ވެސް މީހަކު ނާދެއެވެ. މަނާތަންތަނުގަ ސިނގިރޭޓް ބުއިން އާއްމު ކަމަކަށް ވެއްޖެއެވެ.
އުނބުށެން
02 November 2017
ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއްވެސް އެއްތާކުން ބަލައިގަނެބަލަ. އެއީ އިމިގްރޭޝަންގައި ބަހައްޓާ ޑިޕޮޒިޓްކަމަށްވިޔަސް. އެހެން ގާނޫނުތައްވެސް ބަދަލުކުރިގޮތަށް އެބުނާ ގާނޫނެއްވެސް ބަދަލުކުރާނީ.
މެންޓަލިސްޓް
02 November 2017
މިނިސްޓަރު ތިޔަކިއުއްވަނީ ކޮންހާ ލެމަކާއި ފަރިއްސެއްތޯ ؟؟ ސަރުކާރަށް ބޭނުންވަނީ ފައިސާނުން ،، ،އަޅުގަނޑުމިލިއާގޮތަށް ހަދާލާ ،،، ސިގިރޭޓްބޯމީހުން ކޮންމެމަހަކު 250ރ ދައުލަތަށްދައްކާގޮތަށް ހަދާ ،،، ދެން މޮނިޓަރިން ސިސްޓަމް ބައިންދާނީ ދިރާގާޢި އޫރިދޫއާޢި ގުޅުވާފައި ،،، އޭރުން އެއްކަލަ 250ރ ނުދައްކާ އުޅޭމީޙާގެ ފޯންކަނޑާލާނީ ،، އޭރުން ހަންދާންވެެގެން ދައްކާނެ ،،، ރާޢްޖޭގައި އެބައުޅޭ ގާތްގަޑަކަށް 90،000 ސިގިރޭޓްބޯމީހުން ،،، ޢޭރުން މަހަކު 22.5މިލިއަން ރުފިޔާ ދައުލަތަށް ވާންނާނެ ،،، ދެން ރިސޯޓްތަކަށް އަންނަ ގެސްޓުންއަތުން ބޮލަކަށް 3 ޑޮލަރުނަގާނީ ،، އެއީ ސުމޯކް& ޑްރިންކިންގ ޓެކްސް ،،، އޭޜުންވެސް އިތުރު 30 ހަކަށް މިލިއަން ޑޮލަރު ލިބިދޭނެ ،،، އަޅެމިގޮތް ހަދާލަބަލަ ،،، އޭރުން ސިއްހީގޮތުން ވަރަށްބޮޑު ފިޔަވަޅެއްއެޅުނީ ސިގިރޭޓާޢި ދެކޮޅަށް ،، އޭޜުން އަޅުގަނޑު އެކަނި އަތްޖަހާނަން ،،، ވަރަށްވެދުން
ދިވެހިއްޔަތު 123
01 November 2017
"މާލެ" ނިކޮޓިން ގެ ވެރިރަށް، (ސަބަބު ސިގިރޭޓެއް އަތުގައި ނެތް މީހެއް މާލޭގެ އެއްވެސް މަގަކުން ފެނުމަކީ ވ.ނާދިރު ކަމެކެވެ. ނިކޮޓިންގ އަކީ 1 ނަމްބަރުގެ ވިހައެއް. ނިކޮޓިނާއި އެނަރޖީ ޑުރިންކު އެއްވުމުން ޒުވާން ޖީލު އަވަހަށް ފަނޭވޭ. ސިގަރޭޓު މިހާ ޢާއްމު ވުމަކީ ޑުރަގު ފެތުރެން ދިމާވާ މައިގަންޑު ސަބަބު. މިކަންތައްތަކުން ފައިދާ ވާ ފަރާތްތަކެއް ރާއްޖޭގައި ތިބުން މިއީ މިކަންތައް ނުހުއްޓުވޭ މައިގަނޑު ސަބަބު. ކުރިޔަށް އޮތް ޖީލު ތަކަށް ވެސް މިކަންތައް ދެމިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން.
ރަނަޅު
01 November 2017
ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަންވީ. ޙަޤީޤަތުގައިވެސް މިކަން ބޮޑު ވަބާއަކަށް އަދި މުޞީބާތަކަށް ވެއްޖެ. އަދި މިހާރު މި ގެންގުޅޭ އީ ސިގިރޭޓެކޯ. މަގުގެ އެއްކޮޅުގަ މީހަކު އެ ބޯން ހުއްޓަސް މުޅިމަގު ޚަރާބުވީ. މި މީހިން ހީކުރޭކަންނޭނގެ މި މީހުންގެ ހަށިގަނޑުތެރޭންލާފަ ނުކުންނަ ކުނިވިހަ ދުން އަހަރެމެންގެ މޫނަށް ބުރުވަންވީއޭ