ރައީސް ޔާމީން، ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަފީފްއަށް ދެއްވަނީ.
12 ނޮވެމްބަރ 2017 - 00:18
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު 24 ބޭފުޅަކަށް މިރޭ ދީފި އެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. އިނާމުތައް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
ރައީސް ޔާމީން، ޝަރަފްވެރިކަމުގެ ގައުމީ އިނާމް މުހައްމަދު އަހުމަދާ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ، ޅެންވެރިކަމުގެ ދާއިރާ އިން ގދ. ތިނަދޫ އަލިދޯދި އަބްދުﷲ އަފީފާއި ސިއްހީ ދާއިރާ އިން ހ. މިލާފަރު ޑރ. މުހައްމަދު އަހުމަދަށެވެ. މި ދެ ބޭފުޅުންނަށް ވެސް މީގެ ކުރިން ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.
ދިވެހި އަދަބިއްޔާތުގެ ދާއިރާ އިން ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި އަފީފު ޅެން ހައްދަވަން ފެއްޓެވީ އުމުރުން 14 އަހަރުގަ އެވެ. ޖަލްސާތަކަށާއި ލަވަތަކަށް ޅެން ހައްދަވަމުން ގެންދަވާ އަފީފުގެ މަޝްހޫރު ޅެންތަކުގެ ތެރޭގައި "ބޮނޑިބަތްތޯ އެ އުދަންވީ"، "ރޫހު ވަނީ ތިނަދޫގައޭ"، "ގަހެކޭ ގަހެކޭ އިންދަމާ"، "ރާއްޖޭގެ އުފަލާއި އަރާމަކީ"، "ރީތި ރާއްޖޭ ވައި ފެންމީ ނިއުމަތެއް ނޫންހޭ" ފަދަ ޅެންތައް ހިމެނެ އެވެ.
ސިއްހީ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވި މުހައްމަދު އަހުމަދަކީ އެ ދާއިރާ އަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ރަޝިއާ އިން މެޑިސިން ކިޔަވައި ވިދާޅުވި މުހައްމަދު އަހުމަދަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދިވެހި ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ފަހަކަށް އައިސް ފާހަގަ ކުރެވުނީ ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގަ އެވެ.
ރައީސް ޔާމީން، ހިތްވަރު ދިނުމުގެ ގައުމީ އިނާމް ބޭފުޅަކާ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން، ހިތްވަރު ދިނުމުގެ ގައުމީ އިނާމް ބޭފުޅަކާ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
1- ފާތުމަތު ރަޝީދާ، ހ. ކިވި (ގުރުއާން ކިޔެވުމާއި އުނގެނުމުގެ ދާއިރާ)
2- މޫސާ އަންވަރު، ފުވައްމުލައް ދަނޑިމަގު، ރިހިވިލާގެ (އިސްލާމް ދީން އުނގަންނައި ދިނުން)
3- އަބްދުލް މުއީދު ހަސަން، މ.ޝިމާގު (ދިވެހި ބަހާއި އަދަބިއްޔާތު)
4- މުހައްމަދު ޝާތިރު، ތ.ހިރިލަންދޫ ތިރިންގަލި (ދިވެހި ތާރީޚާ ބެހޭގޮތުން ހޭލުންތެރިކުރުވުން)
5- އަހުމަދު ޒަމީރު، ޅ.ކުރެންދޫ ގަހާދަށުގެ (ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން)
6- އަހުމަދު މުސްތާގު، ގދ. ތިނަދޫ ޗާންދު (ތައުލީމީ މުއައްސަސާތައް އުފައްދައި ހިންގުމުގެ ރޮނގުން)
7- މުހައްމަދު ރަޝީދު، މ. ފަންތި (ހިންގުމުގެ ދާއިރާއިން)
8- ފާތުމަތު ޒައީމާ، ލ.ފޮނަދޫ މުރިނގު (ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން)
9- އައިޝަތު ނަޖީބާ، ހުޅުމާލެ ފްލެޓު 02-1-99 (ފެހުމާއި ޖަރީކުރުމުގެ ރޮނގުން)
10- އަލީ ހަސަން، ރ. އަލިފުށި ފްލޮރެންސް (ފަރުމާކުރުމުގެ ރޮނގުން)
11- އާމިނަތު ލީލާ، ގ. ވެނީޒިއާ (އެކި ބާވަތްތަކުގެ ރޮނގުން މަސައްކަތް ކުރުން)
12- މުހައްމަދު އަލީ ޖަނާހް، ހ. ސީސައިޑް (އިމާރާތް ކުރުމުގެ ރޮނގުން)
13- އަބްދުﷲ އަޒްމީނު، ގދ. ގައްދޫ އަތިރީގެ (ޚަބަރާއި މައުލޫމާތު ފެތުރުމުގެ ރޮނގުން)
14- އަލީ ސަލީމް، މ. ތްރީ ފްލާވާސް (ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން)
15- އަބްދުލްޣަފޫރު އަލީ، ށ. ފޭދޫ ޑޭޒީމާގެ (މީހުން ތަމްރީން ކުރުމުގެ ރޮނގުން)
16- ޢަބްދުﷲ ނިޔާޒް، މ. އާސިޔާ މަންޒިލް (ކަސްރަތު ކުރިއެރުވުމުގެ ރޮނގުން)
17- ފާތުމަތު ރިޝްމާ، މ. ކެލްފޯނިއާ 1 (މީހުން ތަމްރީނު ކުރުމުގެ ރޮނގުން)
18- މުހައްމަދު ޝާފީ، ސ. މަރަދޫ ވެސްޓްކޯސްޓް (ފޮޓޯގްރަފީގެ ރޮނގުން)
19- މުހައްމަދު ޢަބްދުލްޣަނީ، ޅ. ނައިފަރު އަލިގާ (ލަވަ ކިޔުމާއި މީހުން ތަމްރީން ކުރުން)
20- ސަމްހާ ޔޫސުފް، ޅ. ނައިފަރު މާތިލަ (އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް)
21- މަރްޔަމް ޝިފްޒާން، މ. ހިޔަލީ ގުލްޝަން (އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް)
22- ރާބިއާ ހުސައިން، ބ. މާޅޮސް ފެންފިޔާޒުގެ (އަންހެނުންގެ ދާއިރާ)
23- މުހައްމަދު ޝާރިފް، އދ. މާމިގިލީ މަރިޔާދު (މުޖުތަމައަށް ފައިދާހުރި އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފް ކުރުން)
24- އިބްރާހިމް ރަޝީދު، ގ. ތަލްވާރުގެ (ޕާފޯމިން އާޓްސްގެ ދާއިރާއިން، ފިލްމާއި ޑްރާމާ ކުޅުމާއި މީހުން ތަމްރީން ކުރުމާއި ސްކްރިޕްޓް ލިޔުމުގެ ރޮނގުން)
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 23 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދީފައިވެ އެވެ. އަދިި ޚާއްސަ މެޑަލް ވެސް މި ޖަލްސާގައި ދީފައިވެ އެވެ. އެގޮތުން މެޑެލް ދިނީ ކީރިތި ގުރްއާން ހިތުދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރި ހަތް ބޭފުޅަކަށާއި 2016 ގައި ބޭއްވި ސާނަވީ އިމްތިހާނާއި މި އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ. އަދި ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ސްކައުޓުންނަށާއި ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ގައިޑަށް އެ ޝަރަފު ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނު
12 November 2017
ޅެމެއް ހަދައިގެން ށަރަފުވެރިވާ އިރު ކުރުބާ ވިލެޖް ގަ40 އަހަރު ރޫމްބޮއި ކަން ކޮށް ގައުމުގެ ތަރައްގީ އަށްބުރަ މަސައްކަތް ކޮށް އުމުރު ހޭދަ ކުރާމީހާގެ އަގުވަޒަން ކުރަނީ ކޮން ސަރުކާރަކުންބާ
ޚަދީ
12 November 2017
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބޭނީ ޚިދުމަތުގައި ޖުމްލަ މަދުވެގެން 35 އަހަރުވެގެންނެވެ. ޒުވާނުންގެ ދާއިރާއިން ހިތްވަރު ލިބެނީ 5 އަހަރުވުމުންނެވެ. އެހެން ދާއިރާތަކުން 7 އަހަރުވެގެންނެވެ. އެހެންވީމާ، 5 އަހަރުވެގެން ނުވަތަ 7 އަހަރުވެގެން ހިތްވަރު ލިބުނަސް 10 އަހަރުގެ ތެރޭގައި ޝަރަފެއް ނުލިބޭނެއެވެ. ޝަރަފު ލިބޭނީ ޖުމްލަ 35 އަހަރު ޚިދުމަތް ކުރީމައެވެ. އިނާމުގެ ގެޒެޓުގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވެއެވެ.
މެންޓަލިސްޓް
12 November 2017
އަޅުގަނޑުވަރަށް އުއްމީދުކޮއްގެން ހުރީ ތިޔަކަހަލަ އިނާމެއް ލިބޭނެކަމަށް ،،، އަޅުގަނޑަކީވެސް ހާދަ ޝަރަފެއްއަސްލުގައި ހައްގުވާންޖެހޭ ފަރާތެކޭ ،،، މަނިކުފާނަށް މިއަދު ޕާޓީސިސްޓަމްއެއް ތެރޭން ބޯހިއްލާލެވި ވެރިކަމުގައި ތިޔަހުންނެވެނީ އަޅުގަނޑުވެސް ވަރަށްބުރަކޮށް އުޅެގެން އައި ޑިމޮކްރެސީކިޔާ ޗެކްއެންޑް ބެލެންސް ސިސްޓަމްއެއްގެދަށުން ،،،، ނަމަވެސް ހިތާމައަކީ މަނިކުފާނު މިހާރު އެޗެކްއެންޑްބެލެންސް ،،،، ބޭންކްޗެކާއި ބޭންކް ބެލެންސަށް ބަދަލުކުރީމައި ،،، އަޅުގަނޑު އެކަމާއި ހިތާމަކޮށް މިހާރު މުއުޅެވީ އީއީޒެޑްގައި ،،،،، ވަރަށްވެދުން
ތުމާ
12 November 2017
ކަލެއަށް މަ ދީފިން ތިހެންވިއްޔާ ތި އިނާމު
އަކުން ބަކުން
12 November 2017
ދެކޮޅު ނުޖެހޭ ތަން ކޮޅެއް ބުނެދެން ތޯއެވެ؟ ޚިދުމަތުގައި5 އަހަރު ވުމުން "ހިއްވަރު ދިނިނުގެ އިނާމު"ލިބެއެވެ. "ޝަރަފު ވެރިކަމުގެ އިނާމު"ލިބުން ހައްޤު ވަނީ "ހިއްވަތު ދިނުމުގެ އިނާމު" ލިބި 5 އަހަރު ވުމުން ނެވެ.މާނައަކީ 10 އަހަރު ތެރޭގައި "ޝަރަފު ވެރިކަމުގެ އިނާމު" ލިބުނުގެ ފުރުސަތު އެބަލިބެއެވެ.އެކަމަކު އިނާމު ދިނުމުގެ ކެޓަގަރީޒް އިތުރު ކުރާއިރު، ކުރިން އިނާމު ނުލިބޭ ޚިދުމަތް ތަށް 30 އަހަރު މެދުނުކެޑި ކޮށްފައި ތިބޭ ޚިދުމަތް ތެރިން ނަށް ވެސް އަދި ކުރިން ނަން ހުށަނޭޅި ތިބޭ ޚިދުމަތް ތެރިން ނަށް ވެސް ފުރަތަމަ ދޭ އިނާމަކީ "ހިއްވަރު ދޭ އިނާމު" ކަމަށް ވުމެވެ.
ޤާދިރު
12 November 2017
ދެން ފަހަރަކުން ޢިމްރާނަށް، ކުޑަ އިއްބެއަށް، ހަވީރު ނޫހެ ފަޒީއަށް ލިބޭނެ ކަމަށް އުއްމީދުކުރަން
ކިނާ
12 November 2017
ޤައުމީ އިނާމުގެ ޕްރެޒެންޓޭޝަން ސަޅި. އެބޭފުޅާއަށް އެއްޗެއް ދޭންޖެހޭ
ޔުނިއަން
12 November 2017
މިފަހަރު އިމްރާނަށް ލިބޭނެ ކަމަށް ހީކުރީ. ކޮންމެވެސް ނުފޫޒެއް އުޅެނީކަންނޭނގެ
ހަސީނާ
12 November 2017
ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކޮމިޓީން ގެންދެވީ ވަރަށް ރަނގަޅަށް . އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގަިއ ސަރުކާރާ ދެކޮޅު ޚިޔާލުގެ ބޭފުޅުންވެސް ތިއްބެވި، ކޮމިޓީން ވަކި ފިކުރެއްގެ ބަޔަކަށް ދިނީކަމަކަށް ބުނާނެ ޖާގައެއް ނެތް
ޖުމް
12 November 2017
މިހާރުވެސް ދައުލަތުގެ މުއައްސަސާތަކަށްވެސް އިނާމަށް ނަން ހުށަހެޅޭ. އަމިއްލައަށް ހުށަހެޅުންވެސް އެއީ އޮންނަ ގޮތެއް އެހެން ބައެއް ޤައުމުތަކުގައި.
ދިސްވޭ
12 November 2017
ޝަރަފު ވެރިކަމުގެ އިނާމު ލިބިވަޑައިގަތް ބޭފުޅުން ނަށް ވެލްކަމް އޮން ބޯރޑް. އެކަމަކު އަދި މިހާރު ޝަރަފު ވެރިކަމުގެ އިނާމު ރައީސް އޮފީހުން ދޭން ހަމަޖައްސާފައިވާ އެޑްމިން ރޫލްސް ތައް ކަމަކު ނުދެއެވެ. މިހާރު މިވާ ގޮތުން ޝަރަފުވެރިކަމުގެ އިނާމު ދެނީ އެއިނާމަށް އެދި ނަން ހުށައަޅާ ފަރާތް ތަކެވެ. އެގޮތަށް ނޫން އެކަން އޮންނަންވީ. އެކަން އޮންނަންވީ އެގޮތަށް އެދޭ މީހުންނާއި އަދި ޝަރަފު ވެރިކަމުގެ އިނާމު ހައްގު ވަނީ ކޮން ބަޔަކަށް ތޯ އެ ކަމާއި ބެހޭ ކޮމިޓީން އަމިއްލަ އަށް ބަލާ ދިރާސާ ކޮށް އެފަދަ ފަރާތް ތަކާއި ކޮމެޓީން އަމިއްލަ އަށް ބައްދަލު ކޮށް ޝަރަފު ވެރިކަމުގެ އިނާމު އެފަރާތަށް ހައްގުވޭތޯ ބެލުމެވެ. މީ މިކަން ކުރަން ޖެހޭނެ ގޮތެވެ. އެކަމަކު މިކަން މިގޮތަށް ކުރަމުން ނުދެއެެވެ. ގްރޭމީ އެވޯރޑް ދެނީ އެ އެވޯރޑަށް އެދޭ މީހުންނަށް ނޫނެވެ. ގްރޭމީ އިން އަމިއްލަ އަށް އިވޭލުއޭޓް ކޮށް ގެން ގްރޭމީ ކޮމެޓީ އަށް ފެންނަ ފަރާތް ތަކަށެވެ. މިގޮތް މީ އިތުބާރު ބޮޑު ގޮތް.
ިމުހައްމަދު
12 November 2017
ވަރަށް ބޮޑަށް ތާއީދުކުރަން. ދައުލަތުގެ މުވައްސަސާތަކަކީ މިރާއްޖޭގައި އެންމެ އިތުބާރުހުރި ރެކޯޑުތައް ހުންނާނެ ތަންތަން. ރައްޔިތުންގެ އެތައް ބަޔަކަށް ބޭނުންވެފައިވާ މަންފާ ލިބޭގޮތަށް އެއް ދާއިރާއެއްގައި އެއްކަމެއްގައި ދޮގޮތެއްނުވެ އުޅޭ މީހުންނަކީ ކޮބައިތޯ ބަލައި ފާހަގަކުރަންޖެހޭ. އެހެންނަމަވެސް މިހާރަކަށް އައިސް މިކަންކަން ފާހަގަނުކުރާތީ ޤައުމީ ޚިދުމަތުގައި ޤައުމީ ވަންތަކަމާއެކު އުޅޭ މީހުން މިދަނީ މަދުވަމުން. ޤައުމީ ޚިދުމަތްކުރާނެ ބަޔަކު އުފައްދައިގެން ނޫނީ ޤައުމިއްޔަތެއް ނޯންނާނެ. މިފަދަ ގިނަ މީހުންނަކީ މަވެފައި މަ އެބަހުރީމޭ ގޮވަމުން ތަންތަނަށް ސިޓީލަމުން ފޯމު ހުށަހަޅަމުން ދުވާ ބައެއްވެސް ނޫން. މިހާރު އޮތް ދާއިރާތަކުގެ ތެރޭގައި މިދާއިރާ ނެތްނަމަ އިތުރުކޮށްގެންނަމަވެސް މިކަންކަން ފާހަގަކުރަންޖެހޭ.