ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް: އަންނަ އަހަރުގެ ބަޖެޓުން މިތަނަށް އިތުރަށް ޚަރަދު ކުރުމަށް ވަނީ ނިންމާފައި.---މިހާރު ފޮޓޯ: ހުސައިން ވަހީދު
16 ނޮވެމްބަރ 2017 - 14:40
އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް އަންނަ އަހަރު 447 މިލިއަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ޚަރަދު ކުރަން ކުރިން އޮތީ ނިންމައިފަ އެވެ.
އެ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 818 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އިމާރާތް ނިންމަން ކުރާ 447 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ 447 މިލިއަން ރުފިޔާ އަކީ ހޮސްޕިޓަލް އިމާރާތް ކުރަން ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރެއް ކަމަށެވެ. އެކަމަކު މެންދުރުފަހު އޭނާ ވިދާޅުވީ އެއީ އިތުރަށް ކުރާ ހޭދައެއް ނޫން ކަމަށާއި އެ ބައި ހިމެނެނީ 818 މިލިއަން ރުފިޔާގެ ތެރޭގައި ކަމަށެވެ.
ބަޖެޓް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މުނައްވަރު.---ފޮޓޯ: ނިޝާން އަލީ/މިހާރު
ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރަށް ފައިސާ ހިމެނި ކަމަށް ވިދާޅުވުމުން، އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށާއި މިނިސްޓަރު މުނައްވަރަށް ފާޑު ވިދާޅުވެފަ އެވެ.
އިދިކޮޅު މެމްބަރުންގެ އެ ޝަކުވާއާ ގުޅިގެން މެމްބަރުންނާ ސުވާލު ކުރައްވައި މުނައްވަރު އެއްސެވީ "ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ވަކި ވަރަކަށް ބޮޑުވެއްޖެ ނަމަ،" ދޭން ނުޖެހޭތޯ އެވެ. މިނިސްޓަރުގެ އެ ވާހަކައާ ގުޅިގެން ކޮމެޓީގެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވި އެވެ.
އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަކީ ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަކަށް ހަދާ ތަނެއް ކަމަށާއި 140 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހޭދަކުރާތީ، އެކަމާ ކަންބޮޑުވާން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
"މި އަންނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެންދާއިރު، ތިއިން ކޮންމެ ބޭފުޅަކު ވަޑައިގަންނަވަންވީ މައްސަލައެއް ޖެހިފައި އޮތިއްޔާ ޗެކް ކުރައްވަން،" އިދިކޮޅު މެމްބަރުންނަށް އަމާޒު ކުރައްވަމުން މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމޭއިރު، "ސިންގަޕޫރު ފެންވަރަށް" އެ ހޮސްޕިޓަލުން ޚިދުމަތް ދެވޭނެ އެވެ. އަދި މިއީ ނަނާ ހުވަފެން ދައްކާނެ ސަރުކާރެއް ނޫން ކަމަށާއި ރައްޔިތުންނަށް ހަގީގަތްތައް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް ކުރާ ހޭދައަކީ "ކަނޑަށް އަޅާ އެއްޗެއް ކަމަށް" ގަބޫލުނުކުރައްވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއް، އެތަނާ ގުޅާލެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި 25 ބުރީގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި 26 އަށް އެތަން ހުޅުވުމެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަކުރާއިރު، އެއީ އެފަދަ އިމާރާތަކާ އަޅާ ބަލާއިރު ދެ ގުނަ ބޮޑު އަދަދެއް ކަމަށް ބުނެ ފާޑުކިއުން ވަނީ ކުރިއްސުރެ އަމާޒުވެފަ އެވެ. އެތަން އިމާރާތް ކުރަން، ބިޑް ކުރުމެއް ނެތި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލާގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
17 November 2017
172މިލިއަން ޑޮަލަރަށް 10،000 އަކަފޫޓްގެ ބިމެއްގައި 25ބުރީގެ އިމާރާތެއް އެޅީމަ އަކަފޫޓެއްގެ އަގު 10،608ރ .. %1400 މާކެޓް ރޭޓް (1500ރ) އަށްވުރެ އަގުބޮދޫވީ ދީ.
ރަސްޓީ
17 November 2017
މަޢުމޫންގެ ސަރުކާރުން ދައުލަތުގެ ބަޖެޓުން ޙަރަދު ކޮށްގެން ތީމުގެ އިމާރާތް ކުރީ ދައުލަތުގެ އެންމެ އިސްވެރިޔާ ދިރިއުޅުމަށްޓަކާ އެހެނެއްކަމަކު ޔާމީންގެ ސަރުކާރުން އިމާރާތްކުރާތަން ފެންނަނީ ދިވެހި ރައްޔިތުންނަށް ޙިދްމަތް ދެވޭނެ ފަދަ ތަންތަން! މީ ވަރަށް ގިނަ ވާހަކަ!
އަތްފުނާ
16 November 2017
ހުރިހާ މީހުން ތާއިދު ކުރާނެ ވެރިޔަކު ނާންނާނެ.މި ސަރުކާރުން ކޮށްދޭ ރަނގަޅު ކަންކަން ނުރުހުމުގައިވެސް ގަބޫލު ކުރޭ.ތި ހޮސްޕިޓަލުން އަދު ފަރުވާ ނުލިބޭ ގިނަ ބަލިތަކަށް ޒަމާނީ ފަރުވާ ލިބޭނެ.ނަށީދުގެ ވެރިކަމުގައި އައިޖީއެމްއެޗް އިންޑިޔާގެ އެޕޯލޯ ކިޔާބަޔަަކަށް ހަވާލުކޮށް ސޮއިކޮށް ފަހުން ދިނީ ލަނޑު.
އައި
16 November 2017
ކާނެއެއްޗެއް ކައި ހަދާ، ވޯޓް ހޯދަން ނާންނާތި. ބަލި ރަގަޅުވާނީ ރަގަޅު ބޭހާ މޮޅެތި ޑޮކްޓަރުން ތިބެގެން. އެ ހެޔޮ ހަނަފަސް ސަހަރާއެއް ވިޔަސް
ޒައި
16 November 2017
ކޮންމެ އަހަރަކު ބަޖެޓުގެ ބޮޑުބައެއް ތިޔަކަމަށް ތި ހޭދަވަނީ..އެބަހީ މާލޭ މެގަ ޕްރޮޖެކްޓްތަކަށޭ.. ނިމުމެއް ވެސް ނެތްކަމެއް ވެރިކަމަށް އެރީންސުރެއް ތިހެން ތިޔަ ދަނީ.. ބޮޑެތި ލޯނުތައް ކޮބާ ދެން އަދި އެ ލޯނުތައް ވެސް ހަމަ ދައްކަން ޖެހޭދޯ ވަކިން؟
ޖަންބޯ
16 November 2017
މިހާރު މާލޭގެ މަލަމަތި ދޯހާ އާއި ޑުބާއީ އާއި ވައްތަރުވަމުން ދާހެން އެބަހީވޭ..
ފިޝާން
16 November 2017
ކޮމެޓީޓަކުގައި އިދިކޮޅު މީހުންވެސް އެބަ ބައިވެރިވޭ، އެކަމަކު މަޖިލިހުގެ ފްލޯގައި ހިނގާ ކަންކަމުގައި ބައިވެރިނުވޭ، ތިޔަ ޕާލަމެންޓުގެ ރައީސް ކަމުނުދަންޏާ އޭނާގެ ދަށުން ހިނގާ ކޮމެޓީއެއްވެސް ކަމުނުދާނެ، އެހެންކަމުން ބަޖެޓު ގަބޫލުނުކޮށް ކޮމެޓީތަކުގައި ބައިވެރިނުވުމަށް އެދެން، ބައިވެރިވާނަމަ ތިޔަ ބުނެވެނީ ޔާމީނު ބޭނުންގޮަތަކަށް ގައުމު ހިންގާށޭ
ސައްދާމް
16 November 2017
އައްޑު އަތޮޅު ވީމާ ކުރިން ހުރިއިމާރާތެއްގައި ކޮންމެވެސް ސަކަރާތެއްޖަހަނީ .............. މާލޭގައި އަނެއްކާ 447 މިލިޔަން......... މާލޭގައި އެކަނި ތަ ރަނގަޅު ހޮސްޕިޓަލް ހުންނަންޖެހެނީ......... އަހަރުމެން ވެސް ދައްކަނީ 6% ޓެކްސް...........
އަލީ.
16 November 2017
ރާއޖޭގެ އުތުރާ ދެކުނުގެ ހޮސްޕިޓާ ނަމެއްގަ ބަޔަކައްދިނީ ވާކަމެއް ހަރާމް ބަޖެޓުކުރުންވެސް ތަފާތުކަން ހައްދުފަހަނަ އަޅާފަ
ރަދީފް
16 November 2017
ސާބަހޭ ޔާމީން.މަރުހަބާ ޔާމީން.ލިސްޓް25 އަދި ލިސްޓްވާސް އަށް ބަލައިގެން ޕްރޮޖެކްޝަން ހަދައިފިނަމަ ދުނިޔޭގެ 7 ވަނައަށް އެންމެ އަގު ބޮޑު އިމާރާތަކަށް ވާނީ ރާއްޖޭގެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އެވެ ކިޔާ އިމާރާތް.އެހެނީ ޕާކް ޕެލެސް / ޔޫކޭ ގެ ފަހަތުން ރާއްޖޭގެ 25 ބުރީގެ އިމާރާތަށް 7 ވަނަ ލިބުން އެވެސް ހަވާ އަރުވާ އަތް ޖަހަންޖެހޭ ކަމެއް.ދަރުމަވަންތަ ހޮސްޕިޓަލް ބިލްޑިންގ (ޓާންކީ ވެލިއު:217 މިލިއަން ޑޮލަރު). ޕާކް ޕެލެސް / ޔޫކޭ (218 މިލިއަން ޑޮލަރު) ވ.ވެދުން
ރަދީފް
16 November 2017
1 ވަނަ މަގާމް ލިބެނީ އިންޑިޔާގެ ބިލިއަނަރ މުކޭޝް އަމްބާނީގެ ޕްރައިވެޓް ހައުސް އެންޓިލިއާއަށް. (1.5 ބިލިއަން ޑޮލަރު)