ޚަބަރު / ދައުލަތުގެ ބަޖެޓް 2018

ބަޖެޓަށް ވޯޓު ނުދޭ ބަޔަކަށް ޕްރޮޖެކްޓު ހިންގަން ދަތިވާނެ: މުނައްވަރު

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މިނިސްޓަރު މުނައްވަރު މެމްބަރެއްގެ ސުވާލު އަޑުއައްސަވަނީ. .--- ފޮޓޯ: ނިޝާން އަލީ/މިހާރު

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ ބަޖެޓަކީ ރައްޔިތުންގެ ހައްގަކަށްވާއިރު، އެއަށް މެމްބަރުން ވޯޓު ދެއްވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން އިސްކަން ދޭނީ ވޯޓު ދެއްވާ މެމްބަރުންގެ ދާއިރާތަކަށެވެ.

"ބަޖެޓަށް ވޯޓު ނުދެއްވާ ބަޔަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ނޫންތޯ ޕްރޮޖެކްޓު ހިންގުމުގައި ވެސް. މިއީ ހަގީގަތް. މި އަހަރުތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެބަ ބަޖެޓު ފާސްވެގެން ދާއިރު ކިތައް ބޭފުޅުންތޯ (ވޯޓު ނުދެއްވާނީ). އެހެން ގައުމުތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އިދިކޮޅު ވާހަކަތައް ދެއްކި ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާ،" މުނައްވަރު ވިދާޅުވި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް. - .--- ފޮޓޯ: ނިޝާން އަލީ/މިހާރު

މުނައްވަރު ވިދާޅުވި ގޮތުގައި ބަޖެޓަށް ވޯޓު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކޮންމެ މެންބަރަކު ވެސް ދާއިރާއަށް މަޝްރޫއުތައް ބޭނުންވާ ކަމަށާއި އެހެންކަމުން ބަޖެޓަށް އެއްބާރުލުންދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ގިނަ މެމްބަރުންތަކެއް ވަނީ މުނައްވަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފަ އެވެ. އަދި މެމްބަރުންގެ ޝަކުވާތަކާ ގުޅިގެން މުނައްވަރުގެ ރާގު ބަދަލުކުރައްވައި، އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ކޮމެޓީގައި ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗަކަށް އިދިކޮޅު ފަރާތްތަކުން ވޯޓު ދޭން ނުޖެހޭ ކަމަށެވެ. އަދި ބޭނުންހާ ގޮތަކަށް ބަޖެޓު ހަދާފައި މަޖިލީހަށް ފޮނުވިޔަސް، ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ މުނައްވަރަށް ރައްދު ދެއްވައިފަ އެވެ.

"ވޯޓު ދޭނީ އަޅުގަނޑުމެންނާއެކު އިށީނދެ، އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހައްލު ގެނައީމަ. ހައްލު ނުގެނެސް ތިޔަބޭފުޅުންގެ އާންމު އުސޫލުން ހުދުމުހުތާރު ގޮތަށް ކަންކަން ކުރަމުންދާ އިރު، (ބަޖެޓަށް) ވޯޓު ނުދޭނަން، ނުވެސް ޖެހޭނެ ދޭކަށް،" ފައްޔާޒް ވިދާޅުވި އެވެ.

"ފަހަރެއްގައި ތިޔަބޭފުޅުންނަށް ޑިމޮކްރަސީ އެނގިނުލައްވަނީ ކަންނޭނގެ. އަޅުގަނޑު ތިޔަބޭފުޅާ އަރިހުން އެދޭނަން ޑިމޮކްރަސީ ކުޑަކޮށް ދަސްކޮށްލައްވަން ޑިކްޝަނަރީ އެއްޗެހި ބައްލަވާލަން. ތިޔަބޭފުޅުން ތި އުޅުއްވަނީ ޑިކްޓޭޓާޝިޕެއް ކުރިއަށް ގެންދަވަން އުޅުއްވާތީ ތި މޭރުމުން ވާހަކަ ދައްކަވަނީ،"

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މުނައްވަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 18 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އަންނަ އަހަރު ހިމަނައިގެން 25 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހަލުވި އަދި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ދައުރެވެ. އެގޮތުން މިހާރު ވެސް 522 މަޝްރޫއެއް ހިނގަމުންދާއިރު، އަންނަ އަހަރު އަލަށް 92 މަޝްރޫއެއް ފެށިގެންދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރު އެކަނި ވެސް 7.1 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެކަމަކު، މީގެ ފަސް އަހަރު ކުރިއަށް ބަލާއިރު، މުޅި ޖުމްލަ 9 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ނުހިންގޭ ކަމަށް ވެސް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މުނައްވަރު ވިދާޅުވި އެވެ

މުނައްވަރު ދެއްކެވި މުހިންމު ބައެއް ވާހަކަތައް:

- މި ހަތަރު އަހަރުގެ ތެރޭގައި 18 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގި

- މިހާތަނަށް ދަރަނި އިތުރުވީ އެންމެ 15 ބިލިއަން ރުފިޔާއަށް

- އެހެން ސަރުކާރުތަކުން 19 ބިލިއަން ރުފިޔާގެ ދަރަނި ނެގި

- އެހެން ސަރުކާރުތަކަށް 9 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ނުހިންގޭ.

"އިދިކޮޅު ފަރާތްތަކުން އަބަދު ދައްކާ ވާހަކައެއް ދަރަނި ބޮޑުވަނީއޭ. އަނެއްކޮޅަށް އަޅުގަނޑު ކައިރީ ބުނަނީ މި ޕްރޮޖެކްޓު ޖަހާލަދޭން ޖެހޭ އެބަ. އެހެންވީމަ ކޮން ކަމެއްތޯ ކުރަންވީ؟ ޕްރޮޖެކްޓުތައް ހިންގައިދޭންވީތޯ؟ ދަރަނި (ލޯނު) ނަގަންވީތޯ؟ އަޅުގަނޑަށް ހީވަނީ މި ސުވާލަށް ޖަވާބު ދެއްވަން ޖެހޭހެން،" މުނައްވަރު ވިދާޅުވި އެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގިނަ ކަންކަން ކުރަމުން އަންނަކަން ފާހަގަ ކުރައްވައި، މުނައްވަރު ވިދާޅުވީ މިހާރު ހިނގަމުންދާ 522 މަޝްރޫއުތަކަކީ ތިމާވެށި ރައްކާތެރި ކުރުމަށް 51 މަޝްރޫއު، ތައުލީމީ ދާއިރާއަށް 58 މަޝްރޫއު، ސިއްހީ ދާއިރާއަށް 153 މަޝްރޫއު، ލަފާ ފުރުމުގެ ދަތިތައް ހުރި ރަށްތަކަށް 75 މަޝްރޫއު، އިދާރީ ވަސީލަތްތައް ތަރައްގީ ކުރުމަށް 19 މަޝްރޫއު، ބޯހިޔާވަހިކަމަށް 21 މަޝްރޫއު، މިސްކިތް އިމާރާތް ކުރުމަށް 20 މަޝްރޫއު، ބިން ހިއްކުމާއި މަގުތައް ހެދުމަށް 28 މަޝްރޫއު، މަސްވެރިކަމުގެ ދާއިރާއަށް 13 މަޝްރޫއު ކަމަށެވެ.

112 ކޮމެންޓް, 170 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

19 November 2017

ރައީސް ޔާމީނުގެ ސަރުކާރުން ފޮނުވާހާ ބަޖެޓަކަށް މަޖިލިހުގެ މެންބަރުން ވޯޓްދޭކަށެއް ނުޖެހޭ، ފުރަތަމަ 2013 އިން ފެށިގެން 2016 އަށް ވޯޓްދެވުނު ބަޖެޓާއި ފާސްކުރެވުނު ބަޖެޓަށް ވީގޮތް ބުނެދީ، ބަޖެޓް ފާސްކުރުމަކީ ހަމައެކަނި އެބަޖެޓް ހެދިފައިވާ އަހަރަށް އެކަނި ބަލައިގެން ބަޖެޓް ފާސްކުރުމެއްނޫން، އެގޮތަށް ބަޖެޓް ފާސްކުރާތީ ކޮންމެ ރައީސަކު އައިސް މިބުނަނީ ތިމަންނާއަށް ވާރުތަވި ދަރަންޏެކޭ، އެހެންކަމުން ބަޖެޓް އެނަލައިޒްކުރާ މީހުން މިހިނގާ ދިޔަ އަހަރުތަކުގެ ފައިސާއަށްވިގޮތް އެފައިސާއިން ބޭކާރުވިބައި، ބޭރުގެ ކުންފުނިތަކަށް ދިން އަދަދު، ހިންގަން ފަށާފައި ހުއްޓި ޑްރެއިންވަމުންދާ ޕްރޮޖެކްޓް، ހަވާލުވަމުންދާ ޕްރޮޖެކްޓް، ލޯނުތަށް ލިބިފައި، ހިލޭ އެހީ ލިބިފައި އޭގެ ބޭނުން ނުހިފުނު އަދަދު، މިހެންގޮސް ވަރަށްގިނަ ދާއިރާ ބަލަންޖެހޭ، އެކަމަކު ނިހާނުއާއި އާމިރު ގައިގައި އެކަމުގެ އިލްމެއް ނުހުންނާނެ، އެމީހުން ކަންތަށްކުރާނީ މެސެޖުލިބޭގޮތަށް ބަލާފައި

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

19 November 2017

ސަރުކާރުގެ ދޯދިޔާކަމާ ނާގާބިލުކަމާ ތިޔަ ފިނޭންސް މިނިސްޓަރުގެ ހުރި ނާތަހުޒީބުކަން ވަރަށް ރަނގަޅަށް ހާމަ ވެއްޖެއެވެ. މާލޭގެ މަގުތަކާ ޕާކްތަކާ ބީޗާ ބުރިޖާ އެހެން ތަންތަން ވެސް ހަދަނީ މާލޭގެ މެމްބަރުން ވޯޓް ދެއްވައިގެންތޯ އެވެ. މީގެފަހުން މަށާ މަގޭ އާއިލާގެ ވޯޓް ތިޔަ ސަރުކާރަށް ހަރާމް!

The name is already taken The name is available. Register?

ހަބޭސް222

19 November 2017

ތިވިދާޅުވަނީ ތިމަންނަ ބޭނުންބަޔަަަކަށް ކަންތަށް ކޮށްދޭނެ ވާހަކަދޯ! ތިހެން ވިދާޅުނުވިޔަސް ތިކަން ހިނގާނީ ތިހެންކަން އިނގޭ! ބާކީ ދެން އޮތީ ގިނަވެގެން 1 އަހަރު!

The name is already taken The name is available. Register?

ބާޑުބާ

19 November 2017

މާލޭ މެމްބަރުން ވޯޓެއްނުދޭނެ ތިއަކަށް...ދެން މާލެ ތަރައްގީ ކުރުން ހަމަ ހުއްޓާލާނީތޯ އެއީ ސުވާލަކީ މުނައްވަރާ ކޮށްލަން ބޭނުންވާ....އަހަރުމެން ތިބޭނަން ބަލަން...ބަރިބަރިއަށް މާލޭގަ ފުލެޓްއަޅާ މީހުން ޖަމާކުރަން މަސައްކަތްކުރާތަން....

The name is already taken The name is available. Register?

ޛުވަލު

19 November 2017

މިސަރުކާރުން އެއްވެސް ތަފާތެއް ނުކުރާނެ ބަސްނާހަންޔާ އަދަބު ލިބޭނެ

The name is already taken The name is available. Register?

ުތުއްތަން

19 November 2017

މި ސަރުކާރު ކަންކަމަށް މަޖުބުރު ކުރާކަމުގެ ލާމަސީލު މިސާލެއް.

The name is already taken The name is available. Register?

falaku ain

19 November 2017

70ގެ އަހަރުތަކުގައި މީހުން ބުނެއުޅޭނެ މީހަކުގެ ތަންދޮރު ނުދަތުން ދެއްކުމަށްޓަކައި "ކަލޭ މާރުކޭޓަށް މަސް ވިއްކަން އިންނަންވީނު" ޙަގީގަތުގައި މިގޮތަށް ބުނަނީ އެމީހުން ނުކިޔަވައި ތިބުމާއި އެކިފަހަރު ނުވަތަ އެކިމީހުން ކައިރީގައި ތަފާތު އަގުތައް ބުނާތީ އެއް އުޞޫލެއް ގެންގުޅެން އެމީހުންނަށް ނޭގޭތީ. އަދި އަވަހަށް މަސްކޮޅު ވިއްކާލެވޭނެ ގޮތެއް ފެނިދާނޭ ކަމުގެ އުންމީދުގައިވެސްމެ. މިހާރު މިތިބަ މިނިސްޓަރުންނަށްވެސް މިވަނީ މިވަރު. ނަފުސު ވިއްކާލަން އެއްޗެއް ބުނާއިރު ބުނެވޭ އެއްޗެއްވެސް ގިނަފަހަރަށް ހަނދާނެއް ނުހުރޭ. މިހާރު ކޮބާ އެއްކަލަ ޝައިނީ. ހާދަ ޚަބަރެއްނުވެޔޭ.

The name is already taken The name is available. Register?

އަހުމަދުބެ

19 November 2017

ސަރުކާރަކީ ވަކި ޕާޓީއެއްގެ މުދާގަނޑެއް ނޫނެވެ.

The name is already taken The name is available. Register?

ނެޝަނަލިސްޓް

19 November 2017

ދައުލަތު ގެ ފައިސާ އަކީ ރައްޔިތުންގެ މިލްކެއް! ރައްޔިތުން އަތުން ޓެކްސް ނަގަނީ އެދާއިރާގެ މެންބަރު މަޖްލީހުގައި ވޯޓް ދޭ ގޮތް ބަލައިގެނެއް ނޫން! ވީމާ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުމެއް އޮވެގެން ނުވާނެ!

The name is already taken The name is available. Register?

ވަގު

19 November 2017

މިޔައް ކިޔަނި ކޮންކަލަ ކަމަކައް ވޯޓް ނުދީފިއްޔާ ޕްރޮޖެކްޓް ނުހިނގަނީ އަރަތެއް ކަލޭމެން ގެ ހުކުން ތިހުންނަނީ ޖަންގަލީގެ ހުކުން

The name is already taken The name is available. Register?

falaku ain

19 November 2017

އެއީ ކޮރަޕްޝަން. ވަކިމީހަކަށް ވޯޓު ދީފިއްޔާ އެދާއިރާއަކަށް ފިނޭންސުން ފައިސާ މިދެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454