ރާއްޖޭގެ ތާރީހީ ބިނާތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް --ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
29 ނޮވެމްބަރ 2017 - 07:05
ދިވެހި ގައުމު ގައުމަކަށް ވަނީ ދިވެހިންގެ މާދަރީ ބަހާއި، ދިގު ތާރީހާއި، އަގުހުރި އާދަކާދަ އާއި، އަމިއްލަ އުފެއްދުންތަކާއި، އާޝޯހުވާ ފަދަ އިމާރާތްތަކާއި، ލޮލަށް ފަސޭހަ ކުރެހުންތަކާއި، ކާބަފައިންގެ އާދަޔާ ހިލާފު މޮޅު މަސައްކަތްތެރިކަން ދައްކުވައިދޭ ފަރުމާވެރިކަމާއި، އަސަރުން ފުރިގެންވާ ޅެންވެރިކަމާއި ދިވެހި ރައްޔިތުން އެކުވުމުންނެވެ. މި ތަކެތިން ދިވެހިންނަކީ ފިސާރި ބައެއްކަން ދައްކުވައިދެއެވެ. ދިވެހިންނަކީ ވެސް އިންސާނީ ހަލޯރަތުގެ މުއްސަނދިކަމަށް ހިއްސާއެއް ދިން ބައެއްކަން އެނގެއެވެ. މި ތަކެއްޗާ ނުލައި އަހަރެމެންނަކީ ދިވެހިންނޭ ނުބުނެވޭނެއެވެ. އަހަރެމެންގެ މަރުކާއަކީ އެއީ އެވެ. މި ތަކެތި ނެތް ނަމަ އަހަރެމެންނަކީ ހަފޮޅެއް ނެތް ގޮފަޅުންތަކެކެވެ.
އަހަރެމެންގެ ކާބަފައިން އަހަރެމެންނާ ހަމައަށް މި ގައުމު ގެނެސްދީފައިވަނީ އެތެރޭގައި އެއްޗެއް ނެތް ހުސް ތޮށިގަނޑެއްގެ ގޮތަކު ނޫނެވެ. އެމީހުން އަތްފައި ކޮށައިގެން، ލެޔާއި ދާ އޮހޮރުވައިގެން، މި ގައުމު އިމާރާތްކޮށް މި ގައުމު މިނިވަން ގައުމެއްގެ ގޮތުގައި އަހަރެމެންނާ ހަވާލުކުރީ މުއްސަނދި ގައުމީ ތަރިކައަކާ އެކުގައެވެ. ފަހުރުވެރި މާޒީއަކާ އެކުގައެވެ.
އަލި ރަސްގެފާނުގެ ޒިޔާރަތަކީ ދިވެހިންގެ މާޒީގެ ވާހަކައިގެ ބައެކެވެ. އެއީ މާޒީގެ ތެރެއިން ފުރޭނިގެން އައިސް އެ ވާހަކައިން އަހަރެމެންނަށް ފެންނަން ހުރި ބައެކެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތޭތޯއެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތް ފެންނަ ކޮންމެ ފަހަރަކު އެމަނިކުފާނުގެ ގައުމީ ހިދުމަތް ހިތަށް ވަދެ ގައުމީ ލޯބި މޭގައި އުތުރި އަރަން ފަށައެވެ. އެ ޒިޔާރަތާ ނުލައި ދިވެހިންގެ ގައުމީ ވާހަކަ ފުރިހަމައެއް ނުވެއެވެ. ހުކުރު މިސްކިތާއި އެ މިސްކިތުގެ ހަރިންމައިގެ ތެރޭގައި ހުރި ޒިޔާރަތްތަކާއި ކީލަތަކުން ދިވެހިންގެ ތާރީހަށް އިތުރު އަލިކަމެއް ގެނެސްދެއެވެ. ދިވެހިންގެ ވާހަކައިގެ ތެރޭގައި ހުކުރު މިސްކިތާއި އެ މިސްކިތުގެ ހަރިންމައިގެ ތެރޭގައި ހުރި ތަންތަން ހިމެނެނީ އެތައް ގޮތަކަށެވެ. ދިވެހިން ދިވެހިންގެ ދީނަށް ކުރި އިހުތިރާމެވެ. ދިވެހިންގެ މަސައްކަތްތެރިކަމެވެ. ދިވެހިންގެ ތައުލީމެވެ. ދިވެހިންގެ ތާރީހެވެ. ދިވެހިންގެ ސަގާފަތެވެ. އެ މިސްކިތާ ގުޅިފައިވާ ތާރީހީ ވާހަކަތަކެވެ.
ބިހުރޯޒު މިސްކިތާ ޖެހިގެން ހަދާފައިވާ ބޮޑުތަކުރުފާނުގެ ޒިޔާރަތް: ރާއްޖޭގެ ތާރީޚު ފުރިހަމަ ވަނީ މި ކަހަލަ ޒިޔާރަތްތަކާ އެކު --ފޮޓޯ/މިހާރު
ދިވެހިންގެ މާޒީގެ ވާހަކަ އަކީ ފޮތެއްގައި ލިޔެވިފައި އޮތް އެއްޗެއް ނޫނެވެ. ދިވެހިންގެ މާޒީއަށް އަލިކަމެއް ލިއްބައިދޭ ހަމައެކަނި ހެކިތަކަކީ މާޒީގެ ތެރެއިން ފުރޭނިގެން މިއަދާ ހަމައަށް އައިސްފައި ހުރި ތަރިކައެވެ. ދިވެހިންނަކީ ކޮން ބައެއްކަން އަންގައި ދެނީ އެ ތަރިކައިންނެވެ. އާސާރީ މިސްކިތްތަކާއި އެ މިސްކިތްތަކުގެ ހަރިންމައިގެ ތެރޭގައި ހުރި ބިސްތާނުތަކާއި ކީލަތަކުގައި ދިވެހިންގެ ތާރީހު، ކަވި މަސައްކަތުން ކަނޑާ ނަގައިގެން ލިޔެފައި އެބަ ހުއްޓެވެ. އެ ލިޔުންތަކާއި ކުރެހުންތަކުން ކާބަފައިންގެ ހަބަރު ދަބަރު އެނގެން އެބަ ހުއްޓެވެ. އެއިން ކޮންމެ ގަލަކުން ވެސް ދިވެހިންގެ ވާހަކަ އެބަ ކިޔައިދެ އެވެ. އެ ތަކެތި ދަމަހައްޓައިގެން މެނުވީ އަހަރެމެންގެ ދަރިދަރިކޮޅަށް ދިވެހިންގެ ވާހަކަ މުއުތަބަރު ގޮތެއްގައި ރައްދުކޮށްދެވޭނެ ގޮތެއް ނޯންނާނެއެވެ.
ހުކުރު މިސްކިތުގެ ގޯތިތެރޭގައި އަލަށް ތަރައްގީކުރަން އުޅޭ ސަރަހައްދު: މިއީ ވެސް ހުސްކޮށް ބާއްވަން ޖެހޭ ތަނެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު
މި ބުނި ގައުމީ ތަރިކަ އަދު މިވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އަމުދުން ބައެއް ކަންކަން ވަނީ ގެއްލި ހުސްވެފައެވެ. ޝަހީދުވި އަލިރަސްގެފާނުގެ ޒިޔާރަތުގެ ތެރޭގައި ނަޖިސް ބުންބާކުރާ ކޮށާރައެއް ހަދަނީއެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތް ހުރި ތަނުގައި ގިނަ ބޭނުންތަކެއް ކުރެވޭ އުސް އިމާރާތެއް ހަދަނީއެވެ. ހުކުރު މިސްކިތުގެ ހަރިންމައިގެ ތެރޭގައި ބޯކިބާ ވިއްކައި ސިނގިރޭޓު ބޯ ސައި ހޮޓަލެއް އަޅަނީއެވެ. ހިރިގަލުން ހަދާފައިވާ ރީތި ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެ ގާތަށް ހުރީ ގޯނި ގޯންޏަށް އަޅައި ތުން ބަނދެފައެވެ.
މިތަންތަން ނެތި ދިއުމަކީ ދިވެހިން ފަހުރުވެރިވާ ދިވެހިންގެ ވާހަކަ ގެއްލި ދިއުމެވެ. ދިވެހިންގެ މާޒީ ފޮހެލުމެވެ. ކާބަފައިންގެ ހިދުމަތާއި މަސައްކަތުގައި ކޮޅުފައިން ޖެހުމެވެ. ނަތީޖާއަކަށް ވެގެންދާނެ ގޮތަކީ، އަހަރެމެންގެ ދަރިންނަށް އެ މީހުންނަކީ ކިހިނެއް، ކޮން ތާކުން އައި ކޮން ބައެއްކަން ނޭނގުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް ބޯއީ
29 November 2017
އެ ޒިޔާރަތްތަކަށް އެ ބަތަލުންނަށް އަދަބު އިހުތިރާމް ނުދެވެނ މިއަދު އެ ޚިދުމަތް ދޭނެ ބަޔަކު ނެތީތީ. ކުރިން ޕާކެއް، ގަހެއް ހުރި ތަންތަނުގައި ސައި ހޮޓާ އަޅާފައި، ކުރިން އިމާރާތެއް ހުރިތަނެއް ވިއްޔާ ޕާކެއް ހަދާފައި އުޅުނަކަސް މާލޭގެ ތޮއްޖެހުނބް ހައްލު ނުކުރެވޭ ދޯ.
މުކައްބަ
29 November 2017
ކަޅުވަކަރު މިސްކިތުގެ މަސައްކަތް ކިހިނެއްތޯވީ؟ މިހާރުން އޮޅުން ފިލުއްވައިދެއްވުން ވަރަށް ބޮޑަށް އެދެން
أحمد
29 November 2017
އިސްލާމް ދީނުގައި ﷲ ޙަރާމް ކުރައްވާ ނަހީކުރައްވާފައިވާ ކަންތަށްތަށް ކުރުމަށާއި އެކަންކަމަށް ހިއްވަރު ދިނުމުގެގޮތުން މިޒަމާނުގައި ބޭނުން ކުރާ އުކުޅަކީ ޒާތްޒާތުގެ ރީތި ނަންނަން ކިޔުމެވެ. މިސާލަ ޢިންސާނީ ޙައްޤުތަށް!؟ ސަގާފީ ތަރިކަ!؟
أحمد
29 November 2017
އިސްލާމްދީނުގެ ޝަރުޢީ ޢިލްމު ލިބިފައި ނުވާ ޖާހިލު މީސްތަކުން ޒިޔާރަތް ތަކާއި އެފަދަ ތަންތަނަކީ މާތްވެގެންވާ ތަންތަން ކަމާއި ބަރަކާތް ލެއްވިގެންވާ ތަންތަން ކުމުގައި އިއުތިގާދު "عقيدة" ގައި ޤަބޫލުކޮށް އެފަދާތަން ތަން ހިމާޔަތް ކޮއް އެތަންތަނަށް ލޯބިކޮށް އުޅެއެވެ.
ބުރީ
01 December 2017
ތީވެސް ޖާހިލެއް
ރާއްޖެ
29 November 2017
ހަގީގަތަކީ މިއަދުގެ ޖީލުތައް ތިވާހަކަތައް ކިޔަނީ ޖޯކަކަށް. އުތީމު ތިން ބެއިންގެ ވާހަކަ. ވަރުގަދަ ޕޯޗްގީޒުންގެ ލަޝްކަރު އުތީމު 3 މީހަކު ވެގެން ބަލިކުރި ވާހަކަ. ރައިވެރިބޭ ވިލިގިލީގަ އޮވެފަ ރާ ހިފައިގެން ފަތާފަ މާލެ އަރާ ރަސްގެފާނަށް ދިންވާހަކަ. މިކަހަކަ ވާހަކަތައް. މިހާރު ކުދިންގެ ތެރެއިން ގައުމީ ދުވަސް ފާހަކަ ކުރަނީ ކީއްވެގެންކަން ނޭގޭ ކުދިން މަދެއްނޫން. ތިޔަ ޒިޔާރަތް ތަކާއި އާސާރީ ތަންތަނަށް މިއިން ޒަމާނަކު ދިވެއްސެއް ދިޔަ ކަމެއް ނޭގޭ. ތިތަން ތަން ތިހިރީ ހަމަ "ކުންޏަށް" ވެފަ. އެކަމަކު މިސްކިތްތައް ތަޅާލަން ޖެހޭނީ އެތާގަ އެހެން މިސްކިތެއް އަޅާނެ ނަމަ.
ރާއްޖެ
29 November 2017
މާލޭ ބޭފުޅުންގެ ޒިޔާރަތް މަހާނަތައް. ދިވެހިންނޭ ކިޔާނެ ކަމެއްނެތް. މާލޭ ދެތިން މީހެއްގެ މަހާނަ.
އުތީމު
29 November 2017
ބޮޑުތަކުރުފާނު މާލޭ ބޭފުޅަކަށް ވީ ކިހިނަކުންތޯ؟
އެހެންތޭ
29 November 2017
ތަމެން މީހަކަށް ވަކާލާތު ކޮށްދީގެން އެމީހާގެ ގޯތީގެ ދެބައި ކުޅަ އެއްބައި ދަމައިގަންނަނީ އެއީ ކުންނެއް ނޫން އެއީ އަސްލު ގޯތި ދޯ.
ވާހަކަ
29 November 2017
ޒިޔާރަތް މިސްކިތް ތަޅާލިއިރު އެތާހުރި ޒިޔާރަތްވެސް ވަނީ ތަޅާލާފާ. އެޒިޔާރަތުގެ ވާހަކަ ދައްކާލާނޭ އެއްވެސް މީހަކުނުވި. އެއީޒިޔާރަތަކަށް ނުވަނީބާ؟
أحمد
29 November 2017
އެއްވެސް ޝައްކެއް ނުވާގޮތުގައި ޒިޔާރަތްތަކާއި ޒިޔާރަތް ފަދަ ތަންތަން (ކިތައްމެ ރީތިނަމެއް ކިޔާއިގެން ވިނަމަވެސް) އެ ތަންތަން ހިމާޔަތް ކުރަންގޮވާލުމަކީ އިސްލާމް ދީނުގެ ޝަރުޢީ އިލްމުގައި އެބަަޔަކު ފަގީރުވެ ބީރައްޓެިހި ވެފައިވާ މިންވަރު ހާމަވެގެންވާ ކަމުގެ ފުރިހަމަ އަލިގަދަ ހެއްކެކެވެ. ސަބަބަކީ ޒިޔާރަތްތަކާއި އެފަދަތަންތަނަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އަދި މިޒަމަނުގައިވެސް ޖާހިލު މީސްތަކުން އެފަދަ ތަންތަނުން ބަރަކާތް ޙަސިލުވާނެ ކަމުގައި ދެކި އެތަން ތަނަށް ނަދުރުބެނެއުޅޭތަންތަން ކަމުގައި ވާތީއެވެ.
ދޮން މޮހޮނާ މިޔަރު
29 November 2017
މިހާރު ނޫޅޭ އެތަންތަނަށް ނަދުރު ދޭ ބައެއް. އަރަބި ގައުމުތަކުގައި އަދިވެސް އެފަދަ ބައިވަރު ތަންތަން އެބަހުރި. މިސާލަކަށް މިސްރުގެ ޕިރަމިޑްތައް. އެތައް އިލްމްވެރިންނެއް ދުނިޔޭގަ އުޅެ ދުނިޔެ ދޫކުރިއިރުވެސް އެތަންތަން ތަޅާކަށް އުޅެފައެއް ނެތް. ރަސޫލާގެ ގެކޮޅު ވެސް ތަޅާލީ މިފަހުގެ ޖީލުގެ ބަޔަކު. އެގެ ތަޅާލަންޏާ ކީއްވެ 4 ހަލީފާއިންގެ ޒަމާނުގައި ތަޅާނުލީ؟
މަނީމަނީ
29 November 2017
ބުނެއުޅޭ. ޗައިނާ މީހަކު ލާރި ލިބެންޏާ މަންމަ ވިއްކާލަންވެސް ފަހަކު ނުޖެހޭނެއޭ. މި ޤައުމު މިހާރު މިހިންގަނީ ޗައިނާ ގެ ވިސްނުމާ އެއްގޮތަށް. ލާރި ހޯދުމަށް ޤުރުބާން ކޮށްލެވިދާނެ ތާރީޚާ ތަރިކަ ވެސް