ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ސަރުކާރުން ވަނީ އިތުރު 50 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑެއް މިދިޔަ މަހު ބައިނަލްއަގުވާމީ ބާޒާރަށް ވިއްކާފައި.
01 ޑިސެމްބަރ 2017 - 17:52
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން އިތުރު 50 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކައިފި އެވެ.
"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން އިތުރު ބޮންޑެއް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކީ މިދިޔަ މަހު އެވެ. ނަމަވެސް ސަރުކާރުން އެކަން އޮތީ ސިއްރުކޮށްފަ އެވެ.
ސަރުކާރުން މިފަހަރު ވިއްކި ބޮންޑަކީ މިދިޔަ އަހަރުގެ މޭ މަހު ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކި 200 މިލިއަން ޑޮލަރުގެ ބޮންޑަށް ފަހު ހިންގި ފުރަތަމަ މުއާމަލާތެވެ. މި ފަހަރުގެ ބޮންޑް ވިއްކުމަށް އެހީތެރިވެ ދިނީ ހޮންގޮކޮންގްގެ ކުންފުންޏެއް ކަމަށްވާ ބޯކޮމް އިންޓަނޭޝަނަލް ހޮލްޑިން އެވެ. އެ ބޮންޑް ވިއްކާފައި ވަނީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހަތް ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ އެވެ.
އެ ބޮންޑު ވިއްކި ބޭނުމާއި ވިއްކީ ކޮން ތަނެއްގައި ކަމެއް ވެސް ފިނޭންސް މިނިސްޓްރީން ސާފުވާ ގޮތެއް ނުވި އެވެ.
ސަރުކާރުން ވަނީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ. އަދި އެ ފައިސާ ޚަރަދު ކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑް ވިއްކައިގެން ޚަރަދުކުރަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައި ވެ އެވެ. ނަމަވެސް މިފަހަރު ވިއްކި ބޮންޑަކީ ބަޖެޓްގައި ކަނޑައެޅި ބޮންޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަ
02 December 2017
ސާބަހޭަ އިޤްތިޞާދީ ތަޖުރިބާކާރު. ދެން އަތް ޖަހާ
ދަވޭ
02 December 2017
ސަރުކާރުން ބޮންޑް ވިއްކި ނަމަވެސް އެއިން އެއްވެސް ގެއްލުމެއް ދިވެހިރައްޔިތުންނަށް ނުވާނެއެވެ. އެއިން ވާނީ ފައިދާ އެވެ. ބޮންޑް ވިއްކުމުގެ ސަބަބުން ނޭޝަނަލް ރިޒާރވް ގެ ޑޮލަރ ބާސްކެޓް ގައި ޑޮލަރު އިތުރު ވެގެން ދާނެއެވެ. މީގެ ނަތީޖާ އަކީ ސަރުކާރުން އެޑޮލަރު ވިޔަފާރި ވެރިންނަށް ދޫކުރުމުން ވިޔަފާރި ވެރިންނަށް ވިޔަފާރި ކުރެވޭނެއެވެ. ވިޔަފާރި ވެރިން ކުރާ ވިޔަފާރީގެ ސަބަބުން ޖީއެސްޓީ އާއި ބީޕީޓީ އިތުރުވެ ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ވެގެން ދާނެއެވެ. މީ ވިޔަފާރި މަސައްކަތް ކުރާ ގޮތަކީ. މިކަމަކީ މީ ވިޔަފާރީގެ ސައެންސްގައި ކުރާ ކުރަން ޖެހޭނެ ކަމެކެވެ. ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ޑޮލަރު އަގު ބޮޑު ކުރީ އޭނާ އަށް ވިޔަފާރި އާއި އިކޮނޮމިކްސް ނޭގޭ ހާލަތުގައި އޭނާ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރި ކަނޑު ކޮހުންނަށް ވެސް އެކަން ކުރަން ނޭގުމެވެ. އޭނާގެ ވެރިކަމުގައި ބްލެކް މާރކެޓް ގައި ޑޮލަރު ވިއްކި އެއިރު ރައީސް އޮފީހުގެ ބޮޑުން އިސް މީހުންނަށް ތިބެގެން ކަން އެއީ ޔަގީން ކަމެއް.
އަހަރެންގެ
02 December 2017
މީ ހާދަހާ ވާ މޮޅު އިކޮނިމިސްޓެއް ދޯ..؟ ހައިރާންވެ އަންތަރީސް ވެއްޖެ.. މިކަހަލަ މީހުންވެސް އަދި އަނގަ އެބަހުޅުވައޭ... އެއްޗެއް ނޭގޭކަންވެސް ނޭގުމަކީ ޖާހިލުކަމުގެ އެންމެ މަތީ ދަރަޖަ
ާކޮށި ވިސްނުން
02 December 2017
ބޮންޑް ވިއްކި ކަން ސަރުކާރުން ހާމަ ނުކޮށް ސިއްރު ކުރަނީ ނިބައެއް އޮތީމައެވެ.ކޮންމެ ސަރުކާރަކީ ވެސް މޮޅުކަމެއް ކުރެވިއްޖެ ނަމަ އެކުރެވުނު ކަންތަށް ބޮޑު ކޮށްގެން ދައްކާ ބައެކެވެ.އެކަމަކު މި ވާހަކަ ނުދެެއްކީ ގޯސް ކަމަކަށް ވާތީ ކަމަށް "ކޮށި ވިސްނުމަށް" ފެނެއެވެ."ބޮންޑް" އަކީ ކޮން އެއްޗެއް ކަމެއް ވެސް "ކޮށި ވިސްނުމަކަށް" ނޭގެއެވެ.މަ ހީކުރަނީ އެއީ މީހެއްގެ ނަން ކަމަށެވެ.ހެހެހެ
މުރަިދހޮޮ
02 December 2017
ބޮންޑު ވިއްކަނީ ފިނޭންސް މިނިސްޓްރީންތަ، ނުވަތަ މަރުކަޒީ ބޭންކުންތަ،،،، އެނގޭ މީހަކު އޮޅުންފިލުވަދީބަލަ....
އިސްމާއިލް ނަސީރު
01 December 2017
ސައުތު އެމެރިކާގައި އޮތް އެއްމެ ތަރައްގީވެފައިވާ އިންޑަސްޓުރިއަލް ގައުމެއްކަމައްވާ އަދި އެސަރަހައްދުގައި ވާ އެއްމެ ބޮޑު ގުދުރަތީ މުއްސަނދި ގައުމު ހަލާކުވެގެން ދިތަގޮތް ގޫގަލް ސައިޓުތަކައް ވަދެ ބެލުމުން ވަރައްސާފު.. 1970 ގައި ދުނިޔޭގައިވާ 5 ވަނަ މުއްސަނދި ގައުމު އާދެ މިއަދުވެސް މަހެއްގެ މައްޗަށް އެތަކެއްބިލިއަން ޑޮލަރުގެ އެކުސްޕޯރޓު އެބަކުރޭ ނަމަވެސް %87 އިންކަމުސް ދައްކަންޖެހެނީ ލޯނުތަކައް... ދުނިޔޭގެ ތާރީޚު ބަލާލުން މުހިއްމު.. ރާއްޖޭގެ މިއަދު މިހާލަތައް ވެއްޓެންޖެހުނީ ގާނޫނުތަކައް ބަދަލުގެނައި ބަޔެއްގެ ސަވަބުން.
ސުއްބޫހުން
01 December 2017
ރައްޔިތުންގެ ނަމުގައި ބޮޑެތިސިންގާހާ ލޯނުތައް ނަގާއިރު ރައްއިތުންނަށް ވާނުވާވެސް އަންގައިނުލާ
ގާސިމް
01 December 2017
ކޮބާތަ ބޮންޑަކީ? ތިހާބައިވަރު ބޮނޑު ރާއްޖޭގަ އުލޭތަ.
ޞިޔާމް
02 December 2017
ބޮންޑު ވިއްކަނީއޭ ކިޔަސް އޭ ފައިސާ ނެތުމުން ގައުމުގެ ނަމުގަ ނަގާލޯނެއް. ފައިސާ ނުދެއްކިއްޖެނަމަ ބިންކޮޅުވެސް މުއްދަތުގެ ތެރޭދޭންޖެހޭނެ.
ހަސަން
01 December 2017
މިއީ އެއްގޮތަކަށްވެސް މަޖާ ކަމެއް ނޫން. މިއީ ވަރަށް ސީރިޔަސް މައްސަލައެއް. އެކަމަކު މިއަދު މިކަންތަށް ބެލޭނެ ޝަކުވާ ކުރެވޭނެ މުއައްސަސާ އެއްނެތް. ދަރަނިތަށް ފުނިޖެހުނީމަ ދަރަނީ އަދާކުރަން ޖެހޭނީ ޓެކްސްތަށް އިތުރު ކުރަން - ހަމަ ބާރުވާނީ ރަށްޔިތުންގެ ކަރަށް މަހާފަ އޮތް މަޅި ... މީގައި ހުރިހަ ނުބަޔެއް ކުޅުނީ ޕޕމ ގެ މަޖްލިސް މެމްބަރުން. އޭގެ ތެރެއިން ބަޔަކު މިހާރު އެތިބީ 'ރަނގަޅު' ވެގެން ކަމަށް އެމީޙުން ބުނަނީ - އެއީ 2019 ގައި އަނެއްކާވެސް ގޮނޑި ހޯދަން.
އަހުމަދުބެ
01 December 2017
އެމް އެމް އޭ ގެ ބަހެއް ބޭނުމެވެ.
ވާމެއޭ
01 December 2017
ސަރުކާރުން އިތުރު 50 މިލިއަން ޑޮލަރުގެ ބޮންޑެއް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކައިފި ނަމަ އޭގެ ސަބަބުން ގައުމުގެ ޑޮލަރ ބާސްކެޓް ގައި ޑޮލަރު ގިނަވާނެއެވެ. މީގެ ސަބަބުން ރައްޔިތުން ނަށް ފައިދާވާނެއެވެ.
ހަސނު
01 December 2017
މި އަބުރާ ދައްކަން ޖެހޭއެއްޗެއް ކަން ނޭގެނީތަ. އަދި އެއީ %7 އިތުތުރައް.