މިފަހުން ކުރި ވިއްސާރާގައި ގެއެއްގެ ތެރެއަށް ފެންވަދެފައި-- ފޮޓޯ: ކިޔުންތެރިއެއް
02 ޑިސެމްބަރ 2017 - 20:05
ސްރީ ލަންކާ ކައިރިން އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި 57 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ހިއްސާކޮށްފައިވާ ތަފާސްހިސާބްތަކަށް ބަލާއިރު 36 ރަށެއްގައި ފެންބޮޑުވިއިރު ގަދަ ވައިގަައި 18 ރަށަކަށް އެކިކަހަލަ ގެއްލުންތައް ކުރިމަތިވި އެވެ. އަދި ހަތަރު ރަށަކަށް އުދައެރުމުގެ ސަބަބުން އެކިއެކި ގެއްލުންތައް ކުރިމަތިވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ ފެންބޮޑުވި ރަށްރަށުން ފެން ހިންދުމަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަން ހޯދާފައިވާއިރު ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބުނު ގޭގޭ ފުރާޅު މަރާމާތު ކުރުން ފަދަ ކަންކަން މިހާތަނަށް ކޮށްފައިވާ ކަމަށެވެ.
"ރަށު ފެންވަރުގައި ނުކުރެވިގެން ރިސޯސް ނުލިބުނު ރަށްތަކަށް އެމްއެންޑީއެފް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދީފައިވާނެ،" ސޮފީނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިފާގެންގުޅޭ ތަކެއްޗަށްވި ގެއްލުންތައް ކައުންސިލްތައް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.
މި ވިއްސާރާގައި ބޮޑަށް އަސަރުކުރީ އުތުރުގެ ރަށްތަކަށެވެ. ނަމަވެސް މެދު ރާއްޖެތެރޭ ރަށްތަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ތޫފާނު އޮކްޝީ ރާއްޖެއާ ދުރަށް ޖެހި މޫސުން ރަނގަޅުވާން ފެށިކަމުގައި ވިއަސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
03 December 2017
މިއޮތީ ލައްވާލާފަ! ހުރިހާ އެqބަސީ ތަކަށް އަވަހަށް އަންގާފަ ބުނޭ ކުލަ ބޮޑެތި ފޮޓޯ ތައް ހަދައިގެން ހިފައިގެން ގޮސް ގެއްލުންވި އާއިލާތަކަށް އެހީވާން ކަމަށް ބުނެ ސަލާންޖަހާށޭ. ދެން އެއްޗެއް ލިބުނިއްޔާ، 2018 ކެމްޕޭނަށް އެ ފައިސާ / ތަކެތި ހޯދީމާ ބަރާބަރު ވާނެ! ދެން އަހަރުމެން ތިބޭނަން ފޮޅުލާފަ ފޮޅު ކަޑައިގެން ދަންދެން އަތް ޖަޙަން!!!!