މޫސުން ގޯސްވެ ކަނޑު ގަދަވެފައި ވަނިކޮށް އިއްޔެ ލޯންޗެއް ދަތުރުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
02 ޑިސެމްބަރ 2017 - 13:32
ސްރީ ލަންކާ ކައިރިން އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ރަނގަޅުވާން ފަށާފައި ވިޔަސް އަދިވެސް ކަނޑުތައް ގަދަވާނެ ކަމަށާއި ބޮޑަށް މޫސުން ގޯސްވާނީ އުތުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ތޫފާނު އޮކްޝީ ރާއްޖެއާ ދުރަށް ޖެހި މޫސުން ރަނގަޅުވާން ފެށިކަމުގައި ވިއަސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދު ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައި ވާއިރު އެކި ބޯކޮށް ވާރޭ ވެހި އެކި ރަށްރަށުގައި ފެން ބޮޑުވި އެވެ. އަދި ގަދަ ވަޔާ އެކު ބައެއް ރަށްރަށަށް ވަނީ ގެއްލުންތައް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަކުޑި ހަމީދު
03 December 2017
ތޫފާނު އަރާ ފޭބިއިރު ތޫފާނެއްކަން އިގުނު ބަޔަކުވެސް ނެތް!
އިހުސާނު
02 December 2017
ތޫފާނެއް އުޅޭކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް.
ޣަދުރޭ
02 December 2017
މެޓުމީހުން ކިހިނެތްތަ މިއުޅެނީ؟؟
ދީދީ
02 December 2017
ޑޜ މުއިޒު އެ ތަޔާރުކުރި ނެރަކީ ކައްޕިންގެ އެޑިއުރެންސް ޓެސްޓުކުރެވޭ ނެރެއް.
އަލީ.
02 December 2017
ﷲ ގެރަހުމަތުން ހދ ހއ އަތޮޅު ސަލާމަތް ކޮއްދެއްވީތީ ހަމްދުކުރަން
ހަވޫރު
02 December 2017
އަހަރެންގެ ހިލޭ އެންޑްރޯއިޑް ވެދަރ އެޕް. ބޮޑުބަޖެޓު ދީގެން ހިންގާ މެޓް އޮފީހައްވުރެ އެތައް ގުނަ ރަނގަޅު.....
ސްޓީވް
02 December 2017
މާ ކަންތައް ފަލަ ނުކޮށްބަލަ!
ހަސަން
02 December 2017
މުއިޒު ނެރުން ވަދެ އުޅޭ ކައްޕިން ހިތްވަރު ކުރާތީ ....
އަލީ ނާޒިމް
02 December 2017
ޜަގަޅު! ދެން ކަނޑު އޮމާންކޮން ދޫލައެއްހެން އޮތަސް ބުނޭ ގަދަ ވެދާނެޔޭ، އަދި ވެއްޖިއްޔާ ގޯސްކޮން ކަމެއް ވެދާނެޔޭ! އަހަރު ކޮންމެ ދުވްހްކު މިހެން ރިޕީޓް ކުރޭ. އޭރުން އެކަކައްވެސް މެޓް މީހުން ވަޒީފާ އައް ފަރުވާކުޑައެކޭ ނުބުނެވޭނެނު!