މަގޫދޫގައި އޮތް ޖަލްސާއަކަށް ބިލެއްދޫން ފަތާފައި ދަނިކޮށް މަރުވި ނާހިދު
08 ޑިސެމްބަރ 2017 - 17:31
ފ. މަގޫދޫގައި މިރޭ އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާއަށް އެ އަތޮޅު ބިލެއްދޫން ފަތާފައި ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ގާތްގަނޑަކަށް ތިން މޭލަށް ވުރެ ދުރުގައި އޮންނަ މަގޫދޫއަށް ފަތާފައި ދަނިކޮށް މަރުވީ ބިލެއްދޫ ސާމަރާމަންޒިލް އިބްރާހިމް ނާހިދެވެ. އޭނާ މަރުވީ، މޫދަށް ފުންމާލިތާ މާގިނަ އިރުތަކެއް ނުވަނީސް މެއަށް ތަދުވާތީ ލޯންޗެއްގައި ރަށަށް ގެންގޮސް، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މަގޫދޫގައި އޮންނަ އިދިކޮޅު ޖަލްސާއަށް ބިލެއްދޫން ޒުވާނުންތަކެއް ފަތާފައި ދަނީ
ނާހިދު މަރުވީ ފަރުވާ ދެމުން އަންނަތާ ސާޅީހަކަށް މިނިޓް ފަހުންކަން ވެސް އެނގިފައި ވެ އެވެ.
ނާހިދާއެކު މޫދަށް ފުންމާލި މީހަކު ބުނިގޮތުގައި ނާހިދު މެއަށް ތަދުވެގެން ލޯންޗަށް ނެގީ، އެ ރަށު ބޭރު ތޮށިމަތިން އެ މީހުން މޫދަށް ފުންމާލައި، ދިހަވަރަކަށް ފޫޓު ދުރަށް ދިޔަ ފަހުންނެވެ. ފަތާފައި ދިޔަ 40 ޒުވާނުންނާއެކު، ތިން ލޯންޗާއި އިންޖީނު ދޯންޏެއް ވެސް ދިޔަ އެވެ.
ބިލެއްދޫން ފަތާފައި މަގޫދޫއަށް އައި އެމްޑީޕީ ސަޕޯޓަރުން މޫދުގައި. -- ޓްވިޓާ ފޮޓޯ: ރޮޒައިނާ އާދަމް
"ނާހިދު މެއަށް ތަދުވާ ވާހަކަ ބުނުމާއެކު ކައިރީގައި އޮތް ލޯންޗަށް އަޅުގަނޑުމެން އޭނާ ނަގައިފިން. ލޯންޗަށް އެރީ ވެސް އޭނާ އަމިއްލައަށް. ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން އޭނާ ބުނި މެއަށް ކުޑަކޮށް ތަދުވާ ކަމާ ރަނގަޅުވާނެ ކަމަށް،" ނާހިދު ސިއްހީ މަރުކަޒަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ 38-35 ވަރަކަށް އަހަރުގެ ނާހިދު މަރުވީ ފަރުވާ ދެމުންދާތާ ސާޅީސް މިނިޓްފަހުން، ދެވަނަ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
މަރުވި ނާހިދުގެ އަންބަކާއި ދެ ފިރިހެން ދަރިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދީ
09 December 2017
މިކަހަލަކަންކަން ކުރާއިރު ޑޮކްޓަރަކުލައްވާ ޗެކަޕެއް ހެދުން މުހިންމު
ސަރުކާނު
09 December 2017
ވަރަށް ދެރަ. މިކަހަލަ ކަމެއް ކުރުމުގެ ކުރިން ވަރަށް ބޮޑަށް މިފަދަ ކަންކަން ކުރާމީހުންގެ ފިޓްނެސް ބެލުން މުހިއްމު. އަނެއް ކަމަކީ ކަޑު ހުރަސްކޮށް ފެތުމަކީ އޭގެ ޒާތުންވެސް ނުރއްކާ ކަމެއް. އަނެއެްކަމަކީ ޕާޓީން އޭނާގެ އަހުލުވެރިންނަށް ދެވޭނީ ކޮން އެއްޗެއްތޯ. ވަގުތުގެ ގޮތުން ދެތިން ފަރާތަކުން އެހީ އެއް ވެދާނެ ނަމަވެސް ޢާއިލާއަށް ލިބުނު ދެރަ ފޫބެއްދުމަށް ހަދާނެގޮތެއްދޯ؟ މާތްﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. އެހެނެއް ކަމަކު މިފަދަ ކަން ކަމަކީ އެމީހާ ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ތެރެއިން ދިމާވި ކަމެއް ނޫން. އެހެންވީމާ ދީނީގޮތުން މިފަދަ ކަންކަން ކުރުމުގައި އޮތްގޮތެއް ބެލުން މުހިއްމު. ވަރަށް ކުރުކޮށް ގިނަ ވާހަކަ މި ބުނެވުނީ. ވިސްނާނެ ކަމަށް ހީ ކުރަން.
މޮޑީ
09 December 2017
ނާހިދަށް ސުވަރުގެ މިންވަރު ކުރައްވާށި! އަދި އާއިލާއަށް ކެއްތެރިކަން ދެއްވާށި! އާމީން
މުހައްމަދު އަހްމަދު
09 December 2017
މިބައި މީހުންނަށް އިސްލާމްދިނާ ދިވެހި ޤައުމިއްޔަތަށްވުރެ ޕާޓިއްޔަތު މާ މުހިންމު.. މާތް ﷲ މިބައިމީހުންނަށް ހެޔޮވިސްނުން ދެއްވާނދޭވެ.
ފަހީމް
09 December 2017
ގައިގަ ނެތް ހިތްވަރު ދައްކައިގެން ނުވާވަރުގެ ކަންތައް ދައްކައިގެން މަސްސޫރުވާން އުޅޭ ފަހަރު ދެރަގޮތްތައްވެސް ދިމާވާނެ.
ނިއުޓްރަލް
10 December 2017
ނާހިދުއަކީ ފާނައިގެ މަސްވެރިކަން ކުރަމުން އައި މީހެއް. ކުރުކޮށް މި ބުނެލީ. އުއްމީދު ކުރަން މި ބުނަން އުޅޭ ވާހަކަ ދޭހަވީ ކަމަށް
ދެނާނަް
09 December 2017
ދެން ބުނޭ ޕޮލިހުން ގެ ސަބަބުން މަރުވީ އެވެ. ކޮންމެހެންވެސް ޖެހޭނެ ތިކަން ސިޔާސީ ކުރަން
ފުއާދު
09 December 2017
ސިޔާސީ ވިޔަސް ދެން ބޮޑުވަރު ކޮންފައިދާއެއް އޮތީ ފަތާފަ ޖަލްސާ އައްދާން.
ކުމާ
09 December 2017
ﷲ ހެޔޮރަހްމަތް ލައްވާށި ހިތްވަރުގަދަ މީހެއް
ފަލާހު
09 December 2017
ބޮޑު މޮޔަތަކެއް މީ. މަ ހީހީ ހީހީ ހަލާކުވާވަރުވޭ މި ސިޔާސީ މަކަރުވެރިންތައް ސޭކު ކަމުން.
އަބްދުއްލާ
09 December 2017
ނުރައްކަލެއ ހުށަހެޅިދާފަދަ އަމަލެއް ހިންގުމަކީ ދީނާ ހިލާފު އަމަލެއް .މަޖްބޫރީ ހާލަތެއެް މެދުވެރިވެގެން ނޫންގޮތަކަށް ހިކިފަސް ތަނެއްގަ ހުރެފަ ކަނޑުގަ ފަތާފަ އެހެން ތަނަކަށް ދިއުން ހުއަދަވާނެބާ ؟ މިއީ އަމިއްލަޔަށް ދަންޖެހުމެކޭ އެއްފަދަ އަމަލެއް.