މަތީ ތައުލީމަށް ކިޔެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ލޯން ސްކީމުގެ ލިޔުން ދަރިވަރުންނާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއް .---މިހާރު ފޮޓޯ: ހުސެއިން ވަހީދު
10 ޑިސެމްބަރ 2017 - 10:01
ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާ ހުރި އިރު، މިހާތަނަށް އަށް މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި، ނެރުއްވި އެޑިއުކޭޝަން މިނިސްޓްރީގެ 2015 ގެ އޮޑިޓް ރިޕޯޓުގައިވަނީ މިނިސްޓްރީން ބަލަހައްޓާ ތައުލީމީ ފަންޑުން 1987 އިން 2010 އާ ދެމެދު ސްކޫލްތަކާއި ކޮލެޖުތަކާއި ޖަމިއްޔާތަކަށް ލޯނުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކުރި އިރު، އެއްބަސްވުމާ އެއްގޮތަށް އެ ތަންތަނުން ފައިސާ ނުދައްކާ ކަމަށެވެ. އެގޮތުން ލޯނުގެ ގޮތުގައި ދޫކުރި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މިނިސްޓްރީން އަމަލުކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން މަތީ ތައުލީމް ހާސިލް ކުރުމަށާއި ޓީޗަރުންގެ ކުރިއެރުމަށް ތައުލީމީ ފަންޑުން ދޫކޮށްފައިވާ ލޯނުތަކުގެ ތެެރެއިން ގިނަ މީހުންނަށް ދޫކުރި ލޯނުތަކަށް ގަވާއިދުން ފައިސާ ނުލިބިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެ ގޮތުން ލޯނުގެ ގޮތުގައި ދޫކުރި އަށް މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ މިނިސްޓްރީ އަށް ނުލިބި ހުރި ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނި ގޮތުގައި މިނިސްޓްރީން ދޫކުރި ލޯނުތަކުގެ ތެރެއިން ފައިސާ ދައްކާ ހަލާސް ކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާ 131 މީހެއް ހިމެނެ އެވެ. އެކަމަކު، ފައިސާ ދެއްކުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއްކޮށްފައި ނުވާ ގިނަ ބަޔަކު ތިބި ކަމަށާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ޝަރީއަތަށް ހުށަހެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށައަޅާފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓް އޮފީހުން ނެރުނު 2014 ގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވަނީ އެކި ސްކޫލުތަކާއި ކޮލެޖްތަކަށް ލޯނުގެ ގޮތުގައި ދޫކުރި ލޯނާއި މަތީ ތައުލީމަށާއި ޓީޗަރުންގެ ކުރިއެރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން ނުލިބޭ 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ.
އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ ތައުލީމީ ފަންޑުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
10 December 2017
ލޯނޭ ކީމާ މޮޅެތި ކޮމަންޓް ކޮށްފައި އެބަހުއްޓޭދޯ. މިދައްކަނީ 8 މިލިޔަން ރުފިޔާގެ ވާހަކައެއްކަމެއްވެސް ހަދާނުގައި ނެތްދޯ. ލޯނޭ ކިޔާފައި ދީގެން އުޅެނީ 20 ހާސްރުފިޔާ 25 ހާސްރުފިޔާ 30 ހާސްރުފިޔާ ކަހަލަ ގޮތަކަށް. އެންމެ ގިނައިންވެސް ދީފައި ހުންނާނީ 50 ހާސްރުފިޔާ. އެއްބަސް 2 ލާރިނެގިޔަސް އެ 2 ލާރިވެސް ދައްކަން ޖެހޭނެކަން. އެކަމަކު އެތައް ޚިދުމަތެއް ދާއިރާޔަށް ކޮށްފައި ތިބި ބަޔަކަށް މިހާވަރުގެ ކަމެއް ކޮށްދީގެން އެކަމަކުން ނުނެއްޓިގެން ތިއުޅެނީ.
ހޮޓްކިންގ
10 December 2017
ލޯނަކަށް ވިޔަސް ފައިސާ ދޫކޮށްފައި އެފައިސާ ނުހޯދާ ތިބޭނަމަ އެއީ ކަރަޕްޝަން. އެކަމާއި ޒިންމާވާ ސެކްޝަނެއްގެ ވެރިންނާމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނެ. ދައުލަތަށް ލިބެންވާ ފައިސާ ނުލިބި ވަކި ބަޔަކު އަމިއްލަ ފައިސާ ކަމުގައި ހަދައިގެން އުޅެން ދޫކޮށްލެވިގެން ނުވާނެ.
ފަންޑު
10 December 2017
ފަންޑުން ކިޔަވައިގެން އައިސް ޑިމާންޑު ކުރަނީ މިނިސްޓްރީގެ ބޮޑެތިމަގާމުތަކަށް. އެއަށްފަހު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯނުނުދައްކާން ތިބެނީ. ދައުލަތުގެ ބިންތަކުން ލިބޭލާރި މާލިއްޔާއަށް ޖަމާކުރުމަށާއި ލޯނު ނުދައްކާ މީހުންއަތުން ފައިސާ ހޯދުމަށް ގޮވާލަން.
ޟަވިތަ
10 December 2017
ތި ލާރިގަނޑައް ވީގޮތް އިނގޭނެ 10 އަހަރު ކުއްޖަކައްވެސް....
އަލީ.
10 December 2017
ލިބޭނެތަ މަގޭވޯޓު ފޭރިގަތީ ރިސޯޓު ހިއްސާދޭނަމޭ ކިޔައިގެން 4 އަހަރު ބަރުބާދު މިކަހަލަ ދޮގުހަދަން ހެޔޮވާނެތަ އިސްލާމުނޯމީ ލަދު
އަލީސަ
10 December 2017
އަހަރުމެން އައް ދުވަހަކުވެސް ތީގެ ލޯނަކައް ލައިގެން މިއުޅެނީ ނުލިބިގެން...ކާކު އެހީވާނީ
ފަރީދު ހާނީ
10 December 2017
އޮޑިޓް ރިޕޯޓުގައި ކީއްވެގެން ލޯނު ދިން މީހުންގެ ނަންތަށްނެތީ؟ ލޯނުދޭ ކޮމެޓީގެ މީހުންވަނީ ލޯނުދީފައި %30 ޕަސެންޓް ލޯނުގެ ނަގާފައި ލޯނު ކޮންފޯމް ކޮށްދިނުމުން، އެފައިސާއިން އެމީހުންގެ މަގުސަދު ހާސިލްވި
ޝިމާލު މޫސާ
10 December 2017
ތައުލީމީ ފަންޑުން ލޯނުދެވިފައިވާ އުސޫލު ބެލުން މުހިންމު، އަދި އެލޯނު ދިނުމަށް ހަދާފައިވާ ކޮމެޓީ އުވާލަންފެނޭ، އަދި އެލޯނުގެ ފައިސާ ފިނޭންސް މިނިސްޓްރީގެ އެކައުންޓެއްގައި ޖަމާކޮށް ބަޖެޓުގައި ޖަހައިގެން މަޖިލިހުން ފާސްކޮށްގެން އެފަންޑު ބޭނުންކުރުން މުހިންމު، 8 މިލިއަން ރުފިޔާގެ ލޯނު ދެވިފައިވަނީ ކޮމެޓީގެ މެންބަރުންގެ އަމިއްލަ ފައިދާއަށް، އަދި ޤާނޫނާއި ހިލާފަތް، ޓޫރިސްޓް ރިސޯޓެއްގެ ކުލިތަކެއް ނުވަތަ އެތަންތަނަށް ލިބެންއޮތް ފައިސާ އެމްއެމްޕީއާރްސީން ބޭނުންކުރީމަ އެތަނުގެ ވެރިންނަށް އަދަބް ދެވުނު، ދެން ކީއްވެގެންތޯ ރައީސް ޔާމީނުގެ ސަރުކާރުން އެޑިއުކޭޝަން މިނިސްޓަރު މިކަމުގައި ޖަވާބްދާރީ ނުކުރުވަނީ، އޭނާގެ ޒިންމާއެއް މިކަން ބެލުމަކީ، ތިޔައީވެސް ދައުލަތުގެ ފައިސާ، ހަމަ ނަހަމަ ގޮތުގައި ބޭނުންކުރުން، ތިޔަ މައްސަލަ ސީރިއަސްކޮށް ބެލުމަށް ގޮވާލަން
އުމަރު
10 December 2017
ތައުލީމީ ފަންޑަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައިހުރި ބިންތަކާއި އިމާރާތްތަށް ކުއްޔަށްދީގެން ލިބޭ ފައިސާ، ހަގީގަތުގައި އެއީވެސް މީރާއަށް ނުވަތަ ފިނޭންސް މިނިސްޓްރީގެ އެކައުންޓަކަށް ޖަމާވާންޖެހޭ ފައިސާ، އެފައިސާ ހުންނަންޖެހޭނީ ބެޖެޓުގައި ހިމަނާފައި، އެކަމަކު އެފައިސާ މިހާތަނަށް ބޭނުންކުރަމުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮމެޓީއެއްގެ ނިންމުންތަކުގެ މައްޗަށް ބިނާކޮށް އަދި ލޯނުދެވިފައިވަނީ ހަމަ ހަމަ އުސޫލަކަށް ބަލައިގެން ހެދިފައިވާ އަދި ފާސްކޮށްފައިވާ އުސޫލަކަށްވެސްނޫން، މީގެ އިތުރުން ލޯނުދިނުމަށް އިއުލާނެއް ނުކުރެވޭ، ޕްރޮޕޯސަލެއް ހުށަހެޅުމަށް ނައަންގާ، ހަމަ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާ ސިޓީއަކަށް ބިނާކޮށް، ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ފޯނުކޮށްލައްވާފައި އެންގުމުންވެސް ކޮމެޓީންވަނީ ލޯނުދޫކޮށްފައި، އަދި ލޯނު ދޫކޮށްފައި ފައިސާހޯދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ އެއީ ކޮމެޓީގެ މީހުންނަށް ބައި އެޅޭގޮތަށް ލޯނު ދެވިފައިވާތީ، އެހެންކަމުން އެމީހުން ޒިންމާވޭ
ލަކުޑި ހަމީދު
10 December 2017
ތައުލީމަށް ކުރާ ހަރަދު ދޭކަށް ނުޖެހޭނެ. އެއީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްއިން ގައުމު ބިނާކުރަން ރައްޔިތުން ކުރާ އިންވެސްޓެއް.