ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ފިލައެއްގައި ޖެހުނު ޒުވާނާ އަދިވެސް އައިސީޔޫގައި

އެމްޕީއެލް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލު މަގުމައްޗަށް ވެއްޓިފައި-- ފައިލް ފޮޓޯ

މަގު ހުރަހަށް ވާގޮތަށް، ގެއަކުން ނެރެފައި ހުރި ފިލައެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

ހ. ސިލްވަ ސޭންޑް ކިޔާ ގެއިން ނެރެފައި ހުރި އެ ފިލާގައި އޭނާ ޖެހުނީ ސައިކަލުގައި ދަނިކޮށެވެ. އެ ހާދިސާގެ އޭނާގެ ލޯ ކައިރިން މޫނުމަތީގެ ކަށިގަނޑެއް ބިނދި، މޫނު މައްޗަށް އެކިވަރުގެ އަނިޔާތައް ވެފައިވެ އެވެ. އަދި ކަރު ކައިރި ވެސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

ރޭން ފެށިގެން އޭނާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.

އެ ޒުވާނާގެ އާއިލާއިން ވާޙަކަ ދެއްކި މީހަކު ބުނީ އޭނާގެ މޫނުގެ އޮޕަރޭޝަނެއް ރޭ ކޮށްފައިވާ ކަމަށާއި އެކަމަކު އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ.

"ހާލު މިހާރު ސީރިއަސްއެއް ނޫން. އެކަމަކު އައިސީޔޫން ދޫކޮށްލާނެ އިރެއް އަދި ނޭނގޭ،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ ފިލާގައި ޖެހުމާ އެކު، ޒުވާނާ ސައިކަލުން ވެއްޓި، ސައިިކަލަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

9 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 22%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގިންނޯށި

13 December 2017

މަގުމަތީ ޤަވައިދުތަކާ ހިލާފައް މާލެ ގެ މަގުމަތީގައި އެތައްސަތޭކަ ކަންކަން އެބަކުރޭ. ކަމާބެހޭ ފަރާތްތައް ކޮބާ؟ ގޯޅި ގޯޅި ކަންމަތީގައި އެބަހުރޭ ބޮޑެތި ޕިކަޕް ޕާރކް ކޮއްފައި. މި އެއްޗިހި ތަކުގަ ސްޓިކާރ ޖަހާކަށް ނުކެރޭ ފުލުހުންނަސް. ހައްތާސް ނިކަމެތި މީހާ ސައިކަލުގަ ޖެހޭތޯ އުޅެނީ. ސިންގަޕޯރ މަގުތައް މިއަށްވުރެ އަމާންވެ ރައްކާތެރި ވާންޖެހޭ އެބަ!

The name is already taken The name is available. Register?

އަހުމަދުބެ

12 December 2017

ކޮންމެ ރެއަކު ކޮންމެ ރެއަކު ދަންވަރު އަދި ހާއްސަ ކޮށް ވީކެންޑް ގަ ދަންވަރު މާލޭގެ މަގުތަކުގަ ބާރައް ޒުވާނުން ސައިކަލް ދުއްވާއިރު ފުލުހުން ނަކަށް ހުއްޓުވާކަށް ނުކެރެއެވެ. ފުލުހުންގެ ތެރޭ އުލޭ ބައެއް ކުދީން ޒުވާނުން ތިބޭ ގޮތުން ބިރުގަންނަނީހެން ހީވެއެވެ. ނޫސްވެރީން ދަން ވަރު ނިކުމެ ސާވޭ ކޮށްލަ ބަލާށެވެ.

The name is already taken The name is available. Register?

ބޮލަކަށް4000

12 December 2017

ބަލާ މީހަކު ނެތެވެ އެމީހަކާ އެމީހެކެވެ މަގުތަކުގަވެސް ކުނި ނުކަހާގޮސް ކުނި ފުނި ޖެހިފަ އެވެ މިސާލަކަށް މާވެޔޮމަގު ބަލާލަބަލާސެވެ ސަހަލު އެއްކަމެއް ނެތެވެ އާއްމު ޚިދުމަތްތައް ވަރަށް ދަށުގަ އެވެ ހަމައެކަނި ޖީއެސްޓީ ނެގުން ވީ އިތުރެވެ

The name is already taken The name is available. Register?

ބޮޑޭ

12 December 2017

މަގު ސާފުތާހިރު ކޮށް ބެހެއްޓުމަކީ ފަރުދީ ޒިއްމާއެއް. އެއްމެން ވެސް ކުނި މަގުމަށްޗަށް ނާޅާ ޑަސްބިންނަށް އަޅާނަމަ މަގުމަތީ ކުންޏެއް ނުއުފެދޭނެ.....

The name is already taken The name is available. Register?

އޮޅިފެން

12 December 2017

ތަޙުޤީޤު ނިމޭއިރު، ނަތީޖާ އަކަށްވާނީ، އެ ޒުވާނާ ފިލައިގައި ޖެހިފައިވަނީ އޮޅުމަކުން ކަމަށެވެ. ވިއްސައިގެން ދިޔައީ ވެސް އޮޅުމަކުން ކަމަށެވެ. އައި ސީ ޔޫ އަށް ލީ ވެސް އޮޅުމަކުން ކަމަށެވެ. އޮޕަރޭޝަން ކުރީވެސް އޮޅުމަކުން ކަމަށެވެ. އެ ގޭގެ މީހުންނަށް ފިލާ ގަނެވުނީ ވެސް އޮޅުމަކުން ކަމަށެވެ. އަދި ފިލާ، މަގު ހުރަސްކޮށް ބޭއްވުނީ ވެސް އޮޅުމަކުން ކަމަށެވެ.

The name is already taken The name is available. Register?

ޥާތާ

12 December 2017

ސިންގަޕޫރުގެ މަގުމަތި ފޮޓޯއިން ތި ފެންނަނީ. ކީއްކުރާނީދޯ މ ކުދި ކުދި ރީތި ޖަޒީރާ ރައްތައް ގުދުރަތުން ލެއްވި ގޮތް ކަމު ނުގޮސްގެން އެބަޖެހޭވިއްޔާ ސިންގަޕޫރައް ހަދަން.

The name is already taken The name is available. Register?

މަޒްނާ

12 December 2017

ދުއްވޭލެއް މަޑީ. ކުރިމަތީގައި ހުރި ފިލާ ނުފެނުމަކީ މައްސަލައެއް ދެއްތޯ..

The name is already taken The name is available. Register?

ރަބަރު

12 December 2017

ތިކަހަލަ ނުރައްކާތެރި ހާދިސާތައް ހިނގާފަދަ އެތައްކަމެއް މާލެތެރެއިން ފެނެއެވެ. އެކަމާ ވިސްނާމީހަކުނެތެވެ. ގޯސްވާނީ ވިސްނިގެން އެކަމާ އެއްޗެއްބުނިމީހެކެވެ. ކިތަންމެވަރަކަށް ބަލައިގެން ދުއްވިއަސް ސަލާމަތްނުވެވޭކަހަލަ ހާލަތު ފެނިފައި އެބަހުއްޓެވެ. ﷲ އެ ޒުވާނާ އަށް އަވަސް ޝިފާ ދެއްވާށި.

The name is already taken The name is available. Register?

ވާލުސޮރު

12 December 2017

މިއީ ފައްކާ ގައުމެއް. މިހާރު ތިޔަގޮތަށް ގަވައިދާ ޚިލާފަށް ބަހައްޓާ އެއްޗެތި ނަންގުވާނެ ބަޔަކުނޫޅެ. ސަރުކާރެއް ކައުންސިލެއް ކިޔާނެކަމެއްނެތް. ކޮންމެ ބަޔަކުވެސް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ޕާޓީ ޕްރޮމޯޓް ކުރުމުގަ އަވަދިނެތި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454