ކުޅުދުއްފުށި ހޮސަްޕިޓަލް
13 ޑިސެމްބަރ 2017 - 15:40
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބޭރުގެ ފަރާތަކާ ހަވާލު ކުރި ނަމަވެސް އެތަނުގައި ޑޮކްޓަރުން މަދުވެ، ޚިދުމަތް މެދުކެނޑިފައިވާ ކަމުގެ ޝަކުވާ ގިނަވެފައިވާތީ އެ ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ފޮނުވުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް، މުހައްމަދު މާހިރު މިއަދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޑޮކްޓަރުން މަދުވުމުގެ ސަބަބުން، އިތުރު ދެ މެޑިކަލް އޮފިސަރުން އެތަނަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން މިހާތަނަށް ލަސްވެފައި ވަނީ މަތިންދާބޯޓުން ޖާގަ ނުލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދެ ޑޮކްޓަރުންނާއެކު، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދޭ މެޑިކަލް އޮފިސަރުންގެ އަދަދު ފަހަކަށް އަރާނެ އެވެ.
މާހިރު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ރޭޑިއޮލޮޖިސްޓެއް ފިޔަވައި، އެހެން ހުރިހާ ސްޕެޝަލިސްޓު ޑޮކްޓަރުން މިހާރު ތިބޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ޑޮކްޓަރު ވެސް ޗުއްޓީގައި ހުރުމަށް ފަހު މިއަދު މަސައްކަތަށް ނުކުމެފައިވާ ކަމަށް ވިދާޅުވި އެވެ.
"ރޭޑިއޮލޮޖިސްޓުން ހޯދުން ދަތިވީމާ، އަދި ޑޮކްޓަރެއް ލިބިފައި ނުވަނީ. އެކަމަކު އަޅުގަނޑުމެން މިދަނީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ކްރައިސިސް މެނޭޖް ކުރަމުން،" މާހިރު ވިދާޅުވި އެވެެ.
ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަނީ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލުންނެވެ.
މިދިޔަ ޖޫން މަހު އެ ކުންފުންޏާ ދިވެހި ސަރުކާރުން ހޮސްޕިޓަލް ހަވާލުކޮށްފައިވަނީ އެތަނަށް ބޮޑެތި ތަރައްގީތަކެއް ގެންނަން ޝަރުތުކޮށް 50 އަހަރުގެ މުއްދަތަކަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން އެއް އަހަރާއި ހަތަރު މަހުގެ ތެރޭގައި އެތަން މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހެ އެވެ.
އެކަމަކު އެއްވެސް ހިދުމަތެއް މިހާތަނަށް ނުފެށޭ އިރު، ކުރިން ތިބި ޑޮކްޓަރުންގެ އަދަދު މަދުވެ، ހިދުމަތްތައް މެދުކެނޑިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން ނޫރުލް އިސްލާމް އިންޓަނޭޝަނަލް އިން ބުނީ ހޮސްޕިޓަލަށް ތަރައްގީ ގެނައުމުގައި މާލީ ގޮތުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންޏާއެކު ޖޮއިންޓް ވެންޗާ އުސޫލުން ހިންގަމުން އަންނަ، އިންޑިއާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން ހޮސްޕިޓަލް ތަރައްގީ ކުރުމަށް މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރުންގެ ދަތިކަން އެހާ ބޮޑަށް ކުރިމަތިވެފައި ވަނީ ވެސް، ބައެއް ޑޮކްޓަރުން ޗުއްޓީ އަށް ދިޔުމުން ދުރާލައި އިތުރު ޑޮކްޓަރުން ހޯދަން ނޫޅެވުމުން ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
ކަނޑައަޅާފައިވާ މުއްދަތާ އެއްގޮތަށް، މަސައްކަތްތައް ހިނގަމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް އެއްބަސް ވެ އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވިދާޅުވެފައި ވަނީ ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، އެކަން ހައްލު ކުރުމަށް، ނިމްސް އާއި ކަމާ ބެހޭ އެހެން ފަރާތްތަކާއެކު މިހާރު ވެސް މަަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރަިދހޮޮ
14 December 2017
މީއިންޑިއާމީހުންނާ ތަންތަން ހަވާލުކުރީމަ ވާގޮތޭ،، ޗައިނާނަމަ ހިހެންނުވާނެ
އިބޫ
13 December 2017
އަޅޭ އެންމެ 2 ޑރ އިަނ ފޮނުވަން މަތިންދާ ބޯޓުްނ 2 ޖާގަ ނުިބިގެން.. ދެންވެސް އަތް ޖަހަންވީ؟
އައިޖޭ
13 December 2017
ނިމްސް އަށް ހޮސްޕިޓަލް ދިނުމުގައި، ކިހާވަރެއްގެ ކަޓެއް އުޅޭބާ؟؟ ލިބޭ ފަިއސަ ނިމްސް އަށް ހެސް ކިޔާފަ އާސަންދައިްނޕޤކުރޭ، އެކަމު ޙިދުމަތް ދެނީ ސަރުކާރު ޙަރަދުގައި.....
ސ،،،،،،،
13 December 2017
ނިމްސް އިން އިތުރަށް ތަރައްގީ ނުކޮށްދިނަސް އެންމެ ރަނގަޅު.މިހާރު ފުދި އިތުރުވެއެޖެ.
ދޮޅަސް
13 December 2017
މަގޭ އާއިލީ ޑޮކްޓަރު ނާސްގެން އުޅޭ ސަބަބު އަދި ކިރިޔާ މިއިގުނީ މަތިންދާ ބޯޓުން ޖާގަނުލިބިގެން....
އައްޑޫ ރަދުން
13 December 2017
މިއީ ކޮންކަހަލަ އެގްރީމެންޓެއް......؟ނިމްސްއިން ހިންގަނީ ސަރުކާރުން ޑޮކްޓަރުން ފޮނުވަން މިޖެހެނީ....އަރަތެއް.
އަސޭލާބިންތުޔާމީން
13 December 2017
މަތިންދާ ބޯޓުން ޖާގަ ނުލިބޭނެ އެވަރައް ބޯޓު ސެޑިޔުލް ނުކުރަންޏާ 2 އަހަރުން އަޅަންބުނި އެއާޕޯޓު އެޅުނީކީނޫން ރިސޯޓު ހިއްސާ އާއިލީ ޑޮކްޓަރު ކީއްކުރަން 3 އަތޮޅައް 10 ޑޮކްޓަރުންވެސް ނުފޮނުވިގެން ތިޔައުޅެނީ ދެންކޮންމެސް އުޒުރެއް ދައްކާނެ މަސްނުބޭނުނީމަ ކަނޑުގޯސްވާނެ މިއުޅެނީ ފިނިމޫސުން ނުގެނެވިގެންވިއްޔަ އަނގަފުޅާކޮއްފަބުނާނެ މިސަރުކާރުން ބަލަނީ ރައްޔިތުންނައް އެންމެބޮޑައްބޭނުންވާ ކަންތަެްތަކަކީ ކޮބައިތޯބެލުމޭ ކުރާކަމަކީ
1234
13 December 2017
ކުޅުދުއްފުށީ ކުޅި ހިއްކާލި ހިއްކާލިނުން ގޮސް ތިއޮތީ ހޮސްޕިޓަލުގަ ތިބި ޑޮކްޓަރުންކޮޅުވެސް ރަށުން ބޭރަށް ހިއްކާލާފަ ދޯ!!
ހުސްނީ
13 December 2017
އެއަރޕޯރޓް އެޅުނީމަ ޑަކްޓަރުންގެ އަދަދު މަދުކުރެވޭނެ އޭރުން ކުޅުދުއްފުށީން ގިނަމީހުން މާލެއައިސް ފަރުވާ ހޯދާނި އޭރުން ތި ހޮސްޕިޓަލުން ޚިދުމަތް ހޯދާމީހުންގެ އަދަދަު ކުއްލިއަކަށް ދަށަށްގޮސް ފަރުކޮޅުދުނަދޫ ހޮސްޕިޓަލަަށް ދައްކާ އަދަދަށްވުރެ މަދުވާނެ
ޑާކްއޭލިއަން
13 December 2017
"އެކަން މިހާތަނަށް ލަސްވެފައި ވަނީ މަތިންދާބޯޓުން ޖާގަ ނުލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ." މީ ހާދަ މަޖާ ވާހަކައެކޭ.