ހަސަން އަލީ.
13 ޑިސެމްބަރ 2017 - 17:09
އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އިއްޔެ ވަކިކުރި ހަސަން އަލީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ގާނޫނީ ވަކީލް ހަސަން އައްޔަން ކުރެއްވުމުގެ ކުރިން، އޭނާ ވަނީ މިހާތަނަށް ސަރުކާރުގައި ތިން މަގާމެއް ފުރުއްވައިފަ އެވެ. އެއީ މި އަހަރުގެ މޭ 25 އިން ފެށިގެން އަދާކުރެއްވި، އާސަންދައިގެ އެމްޑީގެ މަގާމުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދި ހައުސިން މިނިސްޓަރުގެ ނައިބުކަމެވެ. އެހެންކަމުން މިއީ އޭނާ ސަރުކާރުގައި އަދާކުރައްވާ ހަތަރުވަނަ މަގާމެވެ.
އާސަންދަގެ އެމްޑީގެ މަގާމު ކުޑަދުވަސްކޮޅަކަށް އަދާކުރެއްވުނުތަނާ އެތަނުން ހަސަން ވަކިކުރެއްވި ސަބަބެއް ނޭނގެ އެވެ. އާސަންދަގެ އެމްޑީ ކަމުން ހަސަން އިއްޔެ ވަކިކުރުމަށް ފަހު އެ މަގާމަށް އަދިއެއް ބޭފުޅަކު ހަމަައެއް ނުޖައްސަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ހަސަން އައްޔަން ކުރެއްވުމާއެކު، އެ މިނިސްޓްރީގައި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އަދަދު ހަތަކަށް އެރީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ހަތް ސީނިއާ ޕޮލިސީ އެގްޒެކެޓިވުންގެ އިތުރުން ހަތަރު ސްޓޭޓް މިނިސްޓަރުންނާއި ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ.
ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނަކީ ރައީސް ޔާމީންގެ ސަރުކާރުން އަލަށް އުފެއްދި މަގާމެއް ނަމަވެސް އެއީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ. ހަމައެކަނި ބަދަލަކީ ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނަކީ އެ މިނިސްޓްރީއެއްގެ ދާއިރާގެ ސިޔާސަތު ކަނޑައެޅުމުގައި އެ ބޭފުޅުން ހަރަކާތްތެރިވުމެވެ.
ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު މިނިސްޓްރީތަކަށް ހަމަޖެއްސުމާއެކު، ބައެއް މިނިސްޓްރީތަކުގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން އެ މަގާމަށް އައްޔަން ކުރައްވާފައިވެ އެވެ. ނަމަވެސް މުސާރަ އާއި އިނާޔަތަށް ބަދަލެއް ނާންނަ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމި
14 December 2017
ތީނަ ދެން ލާނެ ތަނެއް ނެތީތޯ
ހޮޓްކިންގ
14 December 2017
ސަރުކާރަށް މީނާގެ ބަލަދު އަރައިގެން އުޅޭގޮތެއް ބުނެދެވިދާނެތަ؟ މިހާގިނައިން ތަންތަނަށްބަދަލު ކުރި މީހެއް ހިއެއްނުވޭ ހުރިހެނެއް. ވަރަށް ނާގާބިލް މީހެއްކަމަށް ފެންނަނީ. އަޑުއަހަން މާ މިލިޓަރީވެގެންނޭ އުޅެނީވެސް.
ދިރާސާ
14 December 2017
އެންމެ ފުރިހަމަ ޖޮބުގެ އިންތިޒާރުގައި އެހެރީ. އެހެން ހުންނައިރު ދިރާސާކުުރުމުގަ އެއްތަނުން އަނެއްތަނުން އެއުޅެނީ.
މަގުމަތީވަކީލު
14 December 2017
ދިރާސާއަކަށްތޯ އިމިގިރޭސަނުން، ހޯމްމިނިސްޓްރީން، ހައިކޯޓުން، އާސަންދައިން، އެޑިޔުކޭޝަނަށް........
މުދިންބެ
14 December 2017
ކުރިން އެޓޮލްސް މިނިސްޓްރީ ހިންގި ޒަމާނުގަ ސްޕެޝަލް ޑިޔުޓީ އޮފިސަރުންގެ މަޤާމުގައި ބަޔަކަށް ވަޒީފާ ދީފަ ތިބި. މީ އަނެއްކާ އެފަދަ ބެންޗް ގްރޫޕެއްބާ. މިކަން މުދިންބެ އަށް ސާފުކޮށްލަދޭނީ ކޮންކުއްޖެއް.
ބެންޗްމުދިމު
14 December 2017
މި މީހުންނަކީ އެއްވެސް ރަސްމީ މަސައްކަތެއް ޙަވާލުކުރެވޭ ބައެއްނޫން. މިނިސްޓަރު ވިދާޅުވިކަމެއް ކޮށްލަން ތިބޭ ބައެއް. ގިނަފަހަރަށް މިމީހުންގެ އުނދަގޫ ވަރަށް ބޮޑުވާނެ ސިވިލް ސަރވިސް މުވައްޒަފުންނަށް. އެމީހުން ކުރާ މަސައްކަތާ މިމީހުން ބެހ ފާޑުކިޔާނެ. ސަރުކާރުގެ އަގު ހިފެހެއްޓުމާ ސަރުކާރު ބަދުނާމުވިޔަނުދީ މިނިސްޓަރަށް ވައި އަޅުވަން. ވަރަށް ކޫސަނި ކަންކަންވެސް ކުރާނެ. މިސާލަކަށް އޮފީހަކުން ތައްޔާރުކުރާ އެއްވެސް ލިއެކިއުމެއްގަ ރީނދޫ ކުލަ ހުރިތޯ ބަލާފަ ހުރިނަމަ އެ ބަދަލުކުރަން އަނގާނެ. ޙަފުލާއެއްގަ ބަހައްޓާ ބޮކޭ އެއް ނުވަތަ މާބޮޑިއެއްގައިވެސް ރީނދޫ މަލެއް އިނިއްޔާ ނައްޓާލުންފަދަ މުހިއްމު މަސައްކަތް މިމީހުން ކުރާނެ
ހަސަންބެއްޔާ
14 December 2017
ސީނިއާ ޕޮލިސީ އެގްޒެކެޓިވުންގެ ބޭނުން ހެޔޮގޮތުގައި ހިފާނަމަ އެއީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ. ސަބަބަކީ ސީނިއާ ޕޮލިސީ އެގްޒެކެޓިވުންގެ މަޤާމަށް އައްޔަންކުރާ ގިނަ ފަރާތްތަކަކީ ވަރަށް ތަޖުތިބާކާރު ބޭފުޅުންނެވެ. ނުވަތަ ތަޢުލީމީ ގޮތުން ފުންނާބުއުސް ނުވަތަ ޓެކްނިކަލް ބޭފުޅުންނެވެ. އެހެންނަމަވެސް ފެންނަ މަންޒަރަކީ ބައެއް ބޭފުޅުންނަށް މާކަބޮޑު ކަމެއް ނޯވެއެވެ. ބައެއް ބޭފުޅުންނަށް ހަޤީޤީ ސީނިއާ ޕޮލިސީ އެގްޒެކެޓިވުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުލިބޭއިރު ބައެއް ބޭފުޅުން ކުޅުއްވާ ރޯލަކީ ކުރިންވެސް އެބޭފުޅުން ކުރެއްވި ޑޭޓުޑޭ މަސައްކަތެވެ. އެ މިނިސްޓްރީއެއްގެ ދާއިރާގެ ސިޔާސަތު ކަނޑައެޅުމުގައި އެ ބޭފުޅުންނަށް ފުރުސަތު ނުލިބޭނަމަ، މި މަޤާމު ގައި ބަޔަކު ތިބުމުގެ ބޭނުމެއް ނެތެވެ.
ދޮންބެއްޔާ
13 December 2017
"ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނަކީ އެ މިނިސްޓްރީއެއްގެ ދާއިރާގެ ސިޔާސަތު ކަނޑައެޅުމުގައި އެ ބޭފުޅުން ހަރަކާތްތެރިވުމެވެ" މިހެން ޚަބަރުގައި އޮތަސް ހަމަގައިމުވެސް މީ ޙަޤީޤަތެއް ނޫނެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސަތު ކަނޑައެޅުމުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވުންގެ އެއްވެސް ދައުރެއް ނޯންނަކަމަށްވެއެވެ.
ޫސޫރަތު
13 December 2017
ޢެޑިޢުކޭސަންގައި އަސްލު މިނިސްޓަރާއެކު 16 މިނިސްޓަރުން
ބެއްޔާ އައްޑޫ
13 December 2017
މީ ފިޅިމަދަ އުނގުރިޔަށް ދީ؟
އަލިބެއްޔާ
14 December 2017
ކިޔަވައިގެން ތިބި މޮޅެތި ކުދިން ގަން ހިންގަނީ..
ޙުސެން
13 December 2017
އަހަރަކަށް މަޤާމެއް! މަޤާމް ޓްރެއިނީ އެއް ދެއްތޯ؟
ހަސަނުމީ
13 December 2017
ތީ އަޅެ ފުޅިމަދު އުނގުރިއެއްތަ؟؟