ހަތިޔާރާ އެކު ދިވެހި ސިފައިން އަސްކަރީ ތަމްރީނެއްގައި ހަރަކާތްތެރިވަނީ: އިންޑިއާގައި ދިވެހި ސިފައިންގެ ތަމްރީނުތަކެއް މާދަމާ ފަށާނެ --ފޮޓޯ/މިހާރު
14 ޑިސެމްބަރ 2017 - 10:37
ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އިންޑިއާގައި އަސްކަރީ ތަމްރީނުތަކެއް މާދަމާ ފެށުމަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން "އެކުވެރިން" ގެ ނަމުގައި މާދަމާ ފަށާ އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ކަރްނަޓާކާ ސްޓޭޓްގެ ބެލްގަމްގަ އެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީނުގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ދެ ގައުމުގެ ސިފައިންގެ ތަޖްރިބާ ހިއްސާ ކުރުން ކަމަށް އިންޑިއާގެ މީޑިއާގައި ވެ އެވެ.
އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތައް ދޭތެރެދޭތެރެއިން އަންނަނީ ބާއްވަމުންނެވެ. އެންމެ ފަހުން ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހިންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ތަމްރީނުތައް ކުރިއަށް ގެންދިޔައީ ލ. ކައްދޫގަ އެވެ.
ދާދި ފަހުން ދިވެހި ސިފައިން ވަނީ ހަތިޔާރާ އެކު މާލޭގައި ވެސް އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
14 December 2017
އަނެއްކާ ބޮލައްނުޖަހާތި ތިހެންއުޅެއުޅެފަ
އިނާން
14 December 2017
ޗައިނާ އަކީ އިގްތިސާދީ ގޮތުން އަދި އަޝްކަރީ ގޮތުން ބެލިއަސް އިންޑިއާ އަށް ވުރެ ކުރީގައި އުޅޭ ބައެކެވެ. އަދި ރާއްޖެ އާއި ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮންނަ ބައެކެވެ. ވެގެން މިއުޅޭގޮތް އެނގޭ ހެއްޔެވެ.... މާގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނެތެވެ..... ވަރިކުރި އަނބިމީހާ ނުވަތަ އެކްސް ގާލް ފުރެންޑް ގެ ޖެލަސީ އަކީ މިކަމަށް ރަނގަޅު މިސާލެކެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ .. ހެޔޮ ދުއާ ސަލާމް
ފާތުން
14 December 2017
އިންޑިޔާއާ އެކު އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް. ވަރަށް މަކަރުވެރި ނުލަފާބައެއް އިންޑިޔާ މީހުންނަކީ.
އަހުމަދު އިބްރާހިމް
14 December 2017
މިކަމާއި ގުޅިގެން ޗައިނާ އިން ރޯމަހެއް ތެޅޭހެން ތެޅޭތަނެއް ނުފެނޭ
އަސްލޭ
14 December 2017
ޗައިނާ ނޫޅެ ތިޔަ އިންޑިއާ އުޅޭހެން ހޭކުޑައިވެން ގައުމުތަކުގެ ދާހިލީ ކަންކަމަށް އަތްބާނާ އަމިއްލަ ވަންތަ ކަން ގެއްލުވާ ވަށައިގެންވާ އަވަށްޓެރިންނަކީ އެމީހުންގެ އަޅުންކަމުގަ ދެކިގެން އުޅޭކަށް.. ކަހެރުވަކެކޭ ވެސް ހީނުވާނެ
މަސްލޭ
14 December 2017
ނާހަމަތެދެއް؟