ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: މިދިޔަ އޮގަސްޓް މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެެއްގައި މީހަކު ވަނީ މަރުވެފައި
14 ޑިސެމްބަރ 2017 - 12:37
ހުޅުމާލޭގައި މިދިޔަ އޮގަސްޓް މަހު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހިގެން ތ. ތިމަރަފުށީ އިރަމާގޭ، އިބްރާހިމް ރަޝީދު މަރުވި މައްސަލާގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާ ކުރަނީ އެކްސިޑެންޓްވި ސައިކަލު ދުއްވި ކުއްޖާގެ މައްޗަށެވެ.
އެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ޖުވެނައިލް ކޯޓުން މިހާރު ވަނީ ފަށައިފަ އެވެ.
ހުޅުމާލޭ ހަބީބް ބޭންކް ކުރިމަތީގައި އެ އެކްސިޑެންޓްވުމުން އެ ކުއްޖާ ވަނީ ސައިކަލު ދޫކޮށްލުމަށް ފަހު އެތަނުން ފިލައިފަ އެވެ. އެ މައްސަލާގައި އިތުރު ކުއްޖަކު ވެސް އޭރު ހައްޔަރުކުރި އެވެ. އެއީ އެ ސައިކަލުގެ ފަހަތުގައި އިން ކުއްޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy