ކ.ހިންމަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. އެ ތަނުގެ ބިން ހިއްކަނީ އއ.އަތޮޅުން ވެލި ނަގައިގެން. - ފޮޓޯ: ހައުސިން މިނިސްޓްރީ
10 ޖުލައި 2016 - 13:28
ކ. ހިންމަފުށި ހިއްކަން އއ. އަތޮޅުން ވެލި ނަގާތީ އެ އަތޮޅު ކައުންސިލާއި ލޯކަލް ޓޫރިޒަމްގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނެދަލެންޑްސްގެ ވެންއޫޑް ޑްރެޖިން އެންޑް މެރިން ކޮންޓްރެކްޓާ ކުންފުނިން ވެލި ނަގަނީ މަތިވެރި އާއި ބޮޑުފުޅަދުއާ ދިމާލުގައި އޮންނަ މަޝްހޫރު ޑައިވް ސްޕޮޓެއް ކަމަށްވާ ތިލަބަރިއާ 500 މީޓަރު ބޭރުން ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
އޭގެ އިތުރުން ވެސް މި ސަރަހައްދުގައި ޑައިވް ކުރަން މަޝްހޫރު ތަންތަން ހުރެ އެވެ. އެގޮތުން މާޔާ ތިލަ އާއި ހަފްސާ ތިލަ ފަދަ ތިލަތައް ހުރިކަން ކައުންސިލުން ފާހަގަކުރި އެވެ.
އއ. އަތޮޅުގައި ޑައިވް ކުރަން ހާއްސަ ސަރަހައްދެއްގައި ޑައިވްކުރަނީ
އއ. އަތޮޅު ކައުންސިލްގެ މެމްބަރު މުއުމިން ރަޝީދު އަހުމަދު ވިދާޅުވީ ވެލި ނެގުމުގެ ސަބަބުން ފަރަށާއި، ޑައިވް ކުރަން ހާއްސަ ތަންތަނަށާއި މަސްވެރިކަމަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މަޝްރޫއު ފެށުމުގެ ކުރިން އީއައިއޭ ހެދިކަން ކައުންސިލަށް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއުމިން ވިދާޅުވީ އެއްވެސް ރަށަކާއި ފަރަކާ 500 މީޓަރު ކައިރިން ވެލި ނުނަގާނެ ކަމަށް ވެންއޫޑުން ބުނެފައިވާ ކަމަށެވެ. އަދި ތިލަބަރި ބޭރުން ދުވާލަކު ދެ ފަހަރު ވެލި ނަގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަމާ ބެހޭ ފަރާތްތަކުން ކައުންސިލަށް އަންގާފައިވާ ގޮތުގައި ވެލި ނެގުމުން އަތޮޅު ތެރެއަށް ކިލަނބުކަން ފެތުރޭނީ ވަކި ގަޑިތަކެއްގަ އެވެ. އަދި އޭގެ ސަބަބުން ތިމާވެއްޓަށް މާ ބޮޑެތި އަސަރުތަކެއް ނުކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެ އެވެ.
ތިލަބަރި އޮންނަ ސަރަހައްދު ދައްކުވައިދޭ ޗާޓު. މިއީ ޑައިވް ކުރުމަށް ހާއްސަ ސަރަހައްދެއް.
މުއުމިން ވިދާޅުވި ގޮތުގައި ވެލި ނަގަނީ ފަރުމަސްވެރިކަން ވެސް ރަނގަޅު ސަރަހައްދެއްގަ އެވެ. އަދި ވެލި ނަގައިގެން އެ ސަރަހައްދު ކިލަނބުވެއްޖެ ނަމަ، މަސްވެރިކަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައުސިން މިނިސްޓްރީން ވެސް ބުނެފައި އޮތީ އެ ހިސާބުގަނޑު ކިލަނބު ނުވިޔަސް، އެ ހިސާބުން ބާނާ މަހުގެ އަދަދު ވަރަށް ބޮޑު ތަން ދަށްވާނެ ކަމަށް،" މުއުމިން ވިދާޅުވި އެވެ.
އއ. އަތޮޅުގެ ލޯކަލް ޓޫރިޒަމްގައި މަސައްކަތް ކުރާ ބައެއް މީހުން ބުނީ އަތޮޅުގެ މަޝްހޫރު ޑައިވް ސްޕޮޓްތައް ހިމެނޭ ސަރަހައްދުގެ މޫދު ކިލަނބުވެ، ފަރުމައްޗަށް ކިސަޑު އެޅިއްޖެ ނަމަ ފަރުތަކާއި މުރަކަތައް މަރުވާނެ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރި ކަމަށް ވެސް އެމީހުން ބުންޏެވެ.
"އެއްވެސް މަޝްވަރާއެއް ނުކޮށް ސަރުކާރުން ކަންކަން ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތް،" ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
މުއުމިން ވިދާޅުވީ ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނަށް ބާރު ހިންގުމުގެ ފުރުސަތު ލާމަރުކަޒީ ގާނޫނުގައި އޮތަސް އެ ގާނޫނުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ކައުންސިލްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ތިމާވެއްޓަށް ކުރާނެ އަސަރުތަކާ މެދު ވާހަކަ ނުދައްކާ ކަމަށާއި ވާހަކަ ދެއްކީ ހަމައެކަނި އިންޖީނިއަރިންއާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަށް 130 މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. ނެދަލެންޑްސް ކުންފުނިން މި މަސައްކަތުގައި ބޭނުން ކުރަނީ ދުނިޔޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޑްރެޖަރެވެ.
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ކުންފުނިން ފެށީ ސ. ފޭދު އާއި ގދ. ތިނަދޫ ބިމުގެ އިތުރުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ވެސް ހިއްކުމަށް ފަަހު އެވެ.
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. މި މަސައްކަތް މި މަހު ފަހުކޮޅު ނިމޭނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރި އަތޮޅު ދަންނަ
10 July 2016
އަރި އަތޮޅު މީހުންނަކީ އަމިއްލަޔަށްް މަސަކަތް ކޮށްގެން ފުދިގެން އުޅޭ ބައެކޭ. ވަރަށް ރީތި އެއްޗެއް ހަސަން އަރި އަތޮޅު ތިބުނީ. ތިއީ މުޅިންވެސް އެހެން މީހުންގެ ތައްޕާހުގަ އުޅޭ ބައެއް. ސަރުކާރުން މީހުން އުފުލާ ފެރީގަ ކުނިވެފަ ހުންނަ ފިޔާ ބަސްތާވެސް އުފުލަަނީ. އަތުން ބައިރުފިޔާއެއް ދީގެން ކުރާ ކަމެއްވެސް ތިމީހުން ނުކުރާނެ. އެންމެ ގިނަ ރިސޯޓް ހުރި އަތޮޅު. ރަށުގެ ތަރައްޤީއަށް ލޯލާރިއެއްވެސް ޚަރަދު ނުކުރާނެ. ތިމީހުންގެ ކަމަކީ ރަށު އަތިރިމަތީ ޒުވާބު ކުރުމާއި މީހުންގެ މަސްކެއުން.
އަހުމަދު
10 July 2016
އަރިއަތޮޅުގެ ރިޒޯޓުތަކުން ނަގާ ޓެކްސް ތަކުގެ ކޮންމެވެސް އިންސަތައެއް އަތޮޅުގެ ތަރައްގީއަށް ހޭދަކުރާނަމަ ވަރައް ރަނގަޅުވީސް، އަޅުގަނޑުމެން އަތޮޅައް ރައްޔިތުންގެ ނުރުހުމުގައި މައިސަރުކާރުން ބޭނުންހާގޮތެއް ހަދައިގެންނުވާނެ، ލާމަރުކަޒީ ގާނޫނު ގެ ބޭނުމަކީ އަތޮޅުތަކުގެ ރައްޔިތުން ބާރުވެރިކުރުވުން.
މެންޓަލިސްޓް
10 July 2016
ފަޅުތަށް ހިންކުމާޢި ރައްތަށް ބޮޑުކުރުމާޢި ، ބަނދަރުހެދުމަކީ މުޅިންވެސް ވަށައިގެން އޮންނަ މާހައުލަށް ބަދަލުތަކެށް އަންނާނެކަންކަން ، ގުދުރަތީިނިޒާމުން ބޭރުން ކަންކަން ހިނގީމަބަދަލުތަކެށް އަންނާނެ ، ގެއްލުންވެސްވާނެ ، ނަމަވެސް ދުވަސްކޮޅަކުން ގިނަފަހަރު ތިމާވެށި އަމިއްލަޒާތުގައި ހަމަޔަކަށް އެޅޭ ، އަނެއްބައެ ފަހަރު ވަރަށްބޮޑެތި ގެއްލުން ކައިރިހިސާބުތަކަށްވޭ ، ވީމާ އީއައޭ ހަދަންވާނީ ވަރަށްވެސް ބޮޑަށްރީސާޗްކޮއްފައި ޕްރޯޓޯޓައިޕް އެކްޕެރިމަންޓްލެބް ގައި ރަންކުރުމަށް ފަހު ، ރާއްޖޭގައި ގިނަރިސޯޓްތަކާއި ފަޅުހިންކުމާޢި ބަދަރުހެދުމުގައި އޭއައިއޭ އަކީ ނަމެއްގައި ހަދާއެއްޗެއް ، ލޭބަރުންގެ މެޑިކަލްރިޕޯޓްހަދާފަދައިން ކުރާކަމެށް ، ވީމާ އީއައިއޭ ހެދިބަޔަކު ޒިންމާވެ ، ޖޫރިމަނާކުރެވި ދައުވާކުރެވޭކަހަލަ ސިސްޓަމްއެް ހެދިގެން ނޫނީ ތިޔަކަމެށް ހަރުދަނާއެއްނުކުރެވޭނެ ، ބިލްޑިންގެ އެއްވެއްޓުނީމައި ކޮންސްޓްރަކްޝަން ކުންފުނީ ނޫނީ އިންހިނޭރު ޒިންމާވާންޖެހޭ އުސޫލުން އީއައިއޭ ހަދާމީހުންވެސް ޒިންމާވެ ގެއްލުމުގައި ހަވާލުވާންޖެހޭނެ ،
ިސީނު
10 July 2016
މެންޓަލިސްޓް، އީއައިއޭ ހަދާ ފަރާތުން މިހާރު ހުރި ގަވާއިދުތަކުންވެސް ޒިންމާވާން ޖެހޭ. މައްސަލައަކި އީއަައިއޭ ހަދާ މީހާއެއް ނޫން. މައްސަލައަކީ އިޢައިއޭގައި ބުނާ އެއްޗަކަށް އަމަލު ކުރަންޖެހޭ މީހާ އެއަށް އަމަލު ނުކުރުން. އެއްވެސް ބަޔަކު ބޭނުމެއް ނުވޭ ރިޕޯޓުގައި ކަންކަން ރަގަޅު ކުރުމަށް ބުނާ މަސައްކަތްތަކަށް ޚަރަދު ކުރާކަށް.. މީހުން ދިރިއުޅޭ ރަށެއްގައި ވެއްޖިއްޔާ ސަރުކާރުން ބަލާނެ މިޓިގޭޝަން މެޝަރޒް އަށް ޚަރަދު ނުކޮށްވޭތޯ؛ އަމިއްލަ އިންވެސްޓްމަންޓެއްް ވެއްޖިއްޔާ އެމީހުން ބަލާނެ ޚަރަދު ނުކޮށްވޭތޯ.. މީންކަމެއް ރަނގަޅު ކުރާކަށް ސަރުކާރުގެވެސް، ވިޔަފާރިވެރިންގެވެސް ނެތް އެއްވެސް އެއްވެސް އިޚްލާސް ތެރިކަމެއް. އެންމެންވެސް އަމިއްލަ އެދުމައިގެން.. ސްޓެލްކޯގެ އީއައޭ ހެދި ޖަރުމަނު މީހުން.. މިހާރު މުޅިސަރަހައްދު އަޑީގައި ހުސް ތެޔޮ!! ޒިންމާވާންވީ ޖަރުމަނު ކުންފުނިތޯ؟ ހުޅުމާލެ ފުރަތަމަ ފޭސް އާއި ވިލުފުށި އީއައިއޭ ހެދީ އިޔުރޮޕުން!! ފަރު ހަލާކުވުމުގެ ޒިންމާ ނަގަންވީ އެމީހުންތޯ ނޫނީ އެމީހުން ބުނިގޮތަށް އަމަލު ނުކުރި މީހޫންތޯ؟
7rރ7
10 July 2016
ރާއްޖޭގައި ބިންހިއްކުމަށް މިހާ ފޯރިއެއް އަރުވާފައި މިހުރީ ކަޅުފައިސާ ދޮންނަންނަންތަ؟ ދެން ހިންމަފުއްޓަކީ ބައިނަލް އަގްވާމީ ރާޅާ އެޅުމުގެ މުބާރާތްތައްވެސް ބޭއްވި ބިޔަ ރީތި ރާލުތަކެއް އަރާ ރަށެއް އެރަށް ހިއްކަން އީއައިއޭ ހެދި ކުންފުންޏަށާ ރަށު ރައްޔިތުންނަށް ވަރަށް ވެދުން.
ވިސްނާލީމާ
10 July 2016
ސަރުކާރުންވެސް ހަމަ ހުރެލާފާ ތަނަކުން ވެލިނަގާނެހެނެއް ހިޔެއްނުވޭ! ބަލަންވާވަރަށް ބަލާފާނޫނީ މިފަދަ ކަމެއް ނުކުރާނެ! ގަބޫލެއް ނުކުރެވޭ! -އިބްރާހީމް-
ކިޔުންތެރިޔާ 767
10 July 2016
ބަލާތީދޯ ކޮންމެ މަޝްރޫއެއް ނިމޭތާ އެއްދުވަސް ނުވަނީސް ހަލާކުވާނީ. ރަސްފަންނު ހަދަން ފެށުމުންވެސް މީހުންނަށް އެނގޭ މޫސުން ގޯސްވީމަ ރާޅުބޮޑުވާކަން އެހިސާބުގަ. ތޮށިބޭރަށް ޖެއްސީމަ ގެއްލުން ލިބޭނެކަން ކިޔަކިޔަ އޮއްވަ އަޑުނާހަ އެކަން ކުރީ. ބޮޑުފާލަން ސަތަރި ރޫޖެހި އަބަދު ބަދަލުކުރަން ޖެހުމާއި، އިސްލާމީ މަރުކަޒުގެ މާބުލްތައް ހަލާކުވުމާއި، ކާރުބާރުބޮޑު، ބޮޑެތި މީހުން ރަށުބަހުރުވައިން ވާހަކަ ދައްކާ ހަދާ ކެފޭތަކު ކައިރީ ކުޑަކުދިންގެ ރައިވެރިބޭ މައިޒާން ޕާކު ހެދުމާއި، ދަތުރުފަތުރު ގިނައިން ކުރާ ސުލްތާން ޕާކު ކުރިމަތި މަގުން ނުދެވޭގޮތް ހެދުމާއި، ޖުމުހޫރީ މައިދާން ސަރަހައްދުގެ މަގުތަކުގެ ދުއްވާ ދިމާ ބަދަލުކުރުމާއި، ކަޅުވަކަރު މިސްކިތް އެކިފަހަރު އެކިރައްރަށަށް ބަދަލުކުރަން ބުނުމާއި، މޫދާއި ކައިރީގައި އިންޑަސްޓުރިއަލް ވިލެޖު ހެދުމާއި، އަދިވެސް އަދިވެސް، މުޅިން ގޯސްކޮށް ކުރާ ކަންކަން. ތަރައްގީ ނުކުރާށެކޭ ނޫން. އެހެންނަމަވެސް ވިސްނައިގެން ކުރާ ކަމެއް ނަމަ ކުރާނީ އޭގެއިން އެންމެނަށް ފަސޭހަ އަދި ތިމާވެއްޓަށާއި، ކަންކަމަށް ފައިދާވާ ގޮތައް.
ރޯޒަސް
10 July 2016
"ކިޔުން ތެރިޔާ 767" އަށް އެއްވެސް ކަމެއް ރަނގަޅެއް ނޫންތާ ދެއްތޯ؟ ތިޔަ ބުނާ ހުރިހާކަމެއްވެސް ވަރިހަމަވީސް ރީދޫ ސަރުކާރެއް އޮތްނަމަ އެހެން ނޫންތޯ؟
ޙަސަން އަރި އަތޮޅު
10 July 2016
އަރި އަތޮޅަކީ ސަރުކާރަށް ޓޫރިޒަމްގެ އެންމެގިނަ ފައިސާ ވައްދާ އަތޮޅު. އެކަމަކުވެސް އެއްވެސް ސަރުކާރެއްގައި އަރިއަތޮޅުގެ ތަރައްގީއަށް މާބޮޑެތި ކަންތައްތަކެއް ކޮށްދެވިފައެއްނުވޭ. އަބަދުވެސް ބަލަނީ އަރިއަތޮޅުމީހުން ފެލައިގެން އުޅެން. އަރިއަތޮޅުގެ މީހުންނަކީ އަމިއްލައަށް މަސައްކަތް ކޮށްގެން އާންމަނީ ހޯދައި، ވަރަށް ފުދިގެން އުޅޭބަޔެއް. މިކަމަށް ސަރުކާރުން ހަސަދަވެރިވެގެން އަރިއަތޮޅު ބަނޑަށް ޖެއްސުމަށް ކުރާ ކަމެއްމީ....
ޢަބްދުﷲނާފިޒު
10 July 2016
ހަސަނާ، މާފާޑު ފާޑަށް އަހުންގެ އަނގަ ގޮށްވަން ޒާތްޒާތުގެ ކޮމެންޓް ކުރާނެކަމެއް ނެތް، 2018ގަ ވޯޓުން ތިކަން ދައްކަބަލަ، އޭރުން ތިހުރި ފުދުން ތެރިކަމެއްވެސް އަހުންނަށް އިގޭނީ.
އަލީ
10 July 2016
ތީ ތެދު ވާހަކައެއް