އާސަންދަ ކުންފުނީގެ އާ އެމްޑީ އަަޒީމް.
19 ޑިސެމްބަރ 2017 - 15:28
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، ހުޅުމާލޭ ހޮސްޕިޓަލް ހިންގުމާ މިހާތަނަށް ހަވާލުވެ ހުންނެވި އަހުމަދު އަޒީމް މިއަދު އައްޔަން ކުރައްވައިފި އެވެ.
އާސަންދައިގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި ހަސަން އަލީ، މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރުމާ ގުޅިގެން، އެ މަގާމަށް އައްޔަން ކުރެއްވި އަޒީމް ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާސަންދަ ކުންފުނީގައި ވެސް މަސައްކަތް ކުއްވައިފަ އެވެ.
ހެލްތު މިނިސްޓަރު ނާޒިމް ހުޅުމާލޭ ހޮސްޕިޓަލް މިދިޔަ އޮކްޓޫބަރު މަހު ބައްލަވާއިރު، އާސަންދައިގެ އާ އެމްޑީ އަޒީމް ފަހަތުން މެދުގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާ މިހާތަނަށް ހުންނެވީ އާސަންދައިގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
އާސަންދައިގެ އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް މިދިޔަ ބުދަ ދުވަހު އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
20 December 2017
އާސަންދަގެ ކަންތަށް ހާދަބޮޑުވެއްޖެޔޭދޯ؟ ތިޔަ ޒުވާނާއަށް މަރުހަބާކިޔަން، އެކަމަކު އޭނަވެސް ދެން އެއްލާލާނެ، ހުރިހައި ޒުވާނުން އެގޮތަށް ވަޒީފާދީފައި އެއްލާލަނީ،
މަރީވިމްކޮ
19 December 2017
ސާބަހޭ.. .. މަރުހަބާ
މަމެންގެ އަޑު
19 December 2017
ކެމްޕެއިން އޮފީހުގެ މެނޭޖަރުން ހާދަ އަވަސް އަވަހަށް ތިބަދަލުކުރައްވަނީ ބަލަ ބުނެބަލަ ބަސްއަހާށޭ މިފަހަރު. ބުނިހާގޮތެއް ނަހަދައިގެންތަ އަވަސް އަވަހަށް ބަދަލު ތިކުރަނީ!
ރުމާލް 2
19 December 2017
އެޅިހާބަތަކަށްރިހަ. މިފަހަރު ރަށްރަށަށް ވަޑައިގަންނަވާއިރު ބައްދަލުކުރައްވާ ރައްޔިތުންގެ ތެރެއިން އިގިލި ދިގުކުރައްވާ ޕާޓީގެ ކޮންމެ މީހަކަށް ޖެހޭނީ ރާއްޖެއިން ބޭރުން އާސަންދ ހަމަ ޖައްސައިދޭށެވެ.
މަރިޔަމްމަނިކެ
19 December 2017
އަޒީމް އަކީ އެކައުންޓިންގ ދާއިރާއިން ކިޔަވާވިދާޅުވެފައިވާ، ފާއިތުވި 5 އަހަރު އެލައިޑްގައި މަސައްކަތް ކޮށް އެތަނުން ނަތީޖާނެރެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ މެނޭޖަރއަކަށް ޙަވާލްވެ އެތަނަކީ އިތުބާރުހިފޭ ހޮސްޕިަޓަލަކަށް ހެއްދަވާފައިވާ ބޭފުޅާ، ވަރަށް ހިތް ހެޔޮ ހުރިހާ އެންމެނާއިވެސް ގުޅިގެން އުޅުއްވާ ހިތްތިރި ބޭފުޅެއް!
މުހައްމަދޫ
19 December 2017
މިހާތަނަށް އާސަންދަ އަށް ނެގި އެންމެ ގާބިލް ވެރިޔާ. މަރްހަބާ އަޒީމް
ސަމާ
19 December 2017
ވަރަށް ހެޔޮ ބަދަލެއް ކަމަށް ފެނޭ.
އައިމިނަތް
19 December 2017
އިނގިދާނެތާ ހުރި ވަރެ
ކޮރަޕްޓް25ބުރީ
19 December 2017
ބާސަންދަ ތީ ހަމަ ވައި 18 ގެ. ބޮޑުސްޓޯރު
އަސީލޫ
19 December 2017
މަރުހަބާ އަޒީމް.. އެލައިޑްގަ ދެއްކި ނަތީޖާ ދެއްކުން އެދެން.