މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ރައީސް ޔާމީންގެ ދެކަނބަލުން ރަސްމީކޮށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2017 - 11:45
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ފުރަތަމަ ސޮއިކުރީ، އެ ގައުމުގައި، ކަލްޗަރަލް ސެންޓަރެއް ގާއިމު ކުރުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.
ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
އަލިފާން ނިއްވުމާ ގުޅޭ ތަމްރީން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ރާއްޖޭން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
މި އެއްބަސްވުންތަކާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
މިއީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ގައުމުގެ ބޮޑު ވަޒީރުކަމާ ނަޖީބު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ވަނީ ރަސްމީ ވާހަކަތައް ވެސް ބާއްވައިފަ އެވެ.
މިއީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުތަކުގައި އެކި ދާއިރާތަކުން ރާއްޖެ އަށް ލުއި ފަސޭހަތައް ހޯއްދަވައިދެއްވަން މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މެލޭޝިއާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދިވެހިންނަށް ކުރިން ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަންބިބީ
20 December 2017
މިހާރު އޯކޭ!! ކުރިންމެލޭޝިޔާގެ ކުންފުންޔާކާ އެކު އެއްބަސް ވުމެއްގައި ސޮއިކުރީމަ ހީވަނީ އެހެންފަދަކަމެންހެން ފަޔަށް ކުދިހިނިއަރައިގެންއުޅޭބައެއްހެން ދޯ
ސަމާސާ
20 December 2017
އަޅެފަހެ މީހަކު ހިންޏެއް ނާންނާނެތަ؟ ތިޔަބުނި ހުރިހާކަމެއް މިހާރުވެސް އެގައުމަށްގޮސް މިގައުމުގެ ކުދިން އެބަ ހާސިލުކުރޭނޫންތޯ؟!!! "ދެއްކުންތެރިކަމުގެ" ހައްދެއްނެތް.
ޓޭކްއޮން
20 December 2017
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މީގެތެރެއިން މަމެން އެންމެ ބޮޑަށް އަޅައިގަންނަނީ އެއީ މެލޭގެ ޔުނިވަރސިޓީ ތަކުން ރާއްޖޭގެ ގިނަ އަދަދެއްގެ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެތީއޭ. މަމެން ވަރަށް ގަޔާވާ ސިޓީ އެކޭ ކޭއެލް އަކީ ވެސް. ދެން މެލޭގެ ޔުނިވަރސިޓީ ތަކުގެ ފެކަލްޓީސް ތައް ހުޅުމާލޭގައި ބިނާ ކުރަންވީއޭ އަދި މެލޭޝިއާގެ އެމްބަސީ އެއްވެސް ހުޅުމާލޭގައި ބިނާ ކުރަންވީ 25 ބުރިއަށް ޓްވިން ޓަވަރާއި އެކު. ސޯ ނީޑްލެސް ޓު ސޭ ނޯ ޓު މެލޭ އިޓްސް ބެޓަރ ޓު އެކްސެޕްޓް މެލޭ ޕްރައިމް މިނިސްޓަރ ސްޓޭޓް ވިޒިޓް. ސްޓާރޓިންގް ޓު ލާރން ދަ ބިއުޓީ އޮފް މެލޭސް. ޓޭކް އޮން މީ ޓޭކް އޮން މީ ޓޭކް މީ އޮން...
މެންޓަލިސްޓް
20 December 2017
އަޅުގަނޑު ހީއްކުރީ އެއްކަލަ 600 މިލިއަންގެ ތެރޭން 100 އެއްހާ މިލިއަންޑޮލަރު ހަދިޔާއެއްގޮތުގައި ބަހާލާނެކަމަށް ،،،، އެކަމު މުޅީންވެސް މިދިނީ ކޯސްތަކާއި ކަންކަން ،،، އެއީ މެލޭޝިއާ ސަރުކާރުން ކުރަންޖެހޭ ޙަރަދުތަކެށް ،،،، މައައްސަލާމާ ،،
އެދުރުބެ
20 December 2017
މެންޓަލިސްޓް އަކައް ނޭގޭނެދޯ މެލޭޝިޔާ ސަރުކާރުން ދޭންޖެހޭ އެއްޗިއްސާއި ދިވެހި ސަރުކާރުން ބެނުންވާ އެއްޗެހި. ސޯޝަލް މީޑިޔާގައި ބޭކާރު ވާހަކަ ދެއްކުމަކުން ދިވެހި ރާއްޖޭގެ ތަރައްގީ އަށް ކޮން ފައިދާ އެއް ކުރަނީ. ހަސަދަ އިން ފުރިގެން ވެސް ރަގަޅު މަސައްކަތެއް ކޮށްބަލަ،..