ރައީސް ޔާމީނާއި މެލޭޝިއާގެ ބޮޑުވަޒީރު މިއަދު ބަޔާން ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2017 - 12:51
މެލޭޝިއާ އަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެ އަށް ބޭނުންތެރި އެހީތަކެއް ފޯރުކޮށްދޭ ގައުމެއް ކަމަށާއި އެ ގައުމުގެ އިންވެސްޓަރުން ރާއްޖޭގެ އެކި މަޝްރޫއުތަކަށް އިންވެސްޓްކުރާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގެން ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސް ޔާމީން އިއްވެވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ގެންނަން މެލޭޝިއާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ވޭތުވެދިޔަ އަހަރުތަކުގައި ލިބިފައިވާ ކަމަށެވެ. މި އެހީތެރިކަމުގެ އިތުރުން، މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް މުހިއްމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ދެކެން ބޭނުންވަނީ މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި ހުރި ފުރުސަތުތައް ބަލާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން، ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި ދައުލަތުގެ ވަޒީރުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ފާހަގަ ކުރައްވައި، ރައީސް ވަނީ އޭގެ ތެރެއިން ބައެއް އެއްބަސްވުންތަކުގެ ތަފްސީލް ދެއްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. މެލޭޝިއާ އިން ދިވެހިންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އަބަދުވެސް ފަހިކޮށްދޭ ކަން ފާހަގަކުރައްވައި، ރައީސް ވަނީ މެލޭޝިއާ ސަރުކާރަށް ޝުކުރު ދަންނަވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރާ އެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައި މުސްލިމުންގެ ހައްގުގައި ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ހާއްސަކޮށް، ފަލަސްތީނާއި ރޮހިންޖާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވަރަށް ގާތުން ކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުއާ އެކު ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ރައީސް ޔާމީން ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރު ކުރުމަށް މަސައްކަތް ކުރުމާއި ޒުވާނުން ބާރުވެރިކުރުވުމާއި ބައިނަލްއަގުވާމީ ދުނިޔޭގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ އިން އެހީތެރިވެ، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގަމުން އަންނަ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ ރާއްޖެ އާއި މެލޭޝިއާ އިން އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދެއްވައިފަ އެވެ. އަދި ދެ ގައުމާ ދެމެދު ބޭއްވި މަޝްވަރާތަކުގެ ނަތީޖާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.
މިއީ، ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ގައުމުގެ ބޮޑު ވަޒީރުކަމާ ނަޖީބު ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނު މިއަދު މާލެ ވަޑައިގަތުމާ އެކު، ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ދެ ފަހަރު މެލޭޝިއާ އަށް ވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލޭ
21 December 2017
އޯއޯއޯ އޯއޯއޯ މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރާ ތަން ދެކެން ބޭނުން ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ އެކަން ހަގީގަތަކަށް ވާނެ ކަން އެއީ ކަށަަވަރު ވެ ޔަގީން ވާ ކަމެކޭ. އަވަހަށް މެލޭގެ އެމްބަސީ އެއް ރާއްޖޭގައި ހުޅުވަންވީއޭ ސްޕެޝަލީ ހުޅުމާލެ ދޭއް ގައި. އަދި މެލޭޝިއާ ގެ ބިޒްނެސް ޓައިކޫން އަކަށް މާލެ ސަރަހައްދުން ވަރުގަދަ ފަޅެއް ދޭންވީ އޭ ކުރިއަށް އޮތް 1000 އަހަރަށް. ދެން އެފަޅުގައި ތަރައްގީ ކުރަންވީއޭ އިންޑަސްޓްރިއަލް ޕާރކެއް. އެއިރުން ނޭ ރަނގަޅުވާނީ. އެއިރުން އެމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެންނާނެއޭ މަމެން މެލޭ އިންވެސްޓަރުން ގެންނަ ތަން ލާރޖް ކޮށް. ސްޓޭ އެޓް ކޯސް. އައި ގޮނާ ގިވް ޔޫ ވަޓް އައި ހޭވް އެން ޔޫއާރ ގޮނާ ގިވް މީ ވަޓް ޔޫ ހޭވް. ނާނާނާ ނާނާނާ ނާނާނާނާ ކްރިޓިކްސް ދޭ ކާންޓް އެޕްރޯޗް އެނީމޯރ. ކްރަޝް ދެމް ޑިލީޓް ދެމް ފްރޮމް ރަޖިސްޓްރީ. އެނީ އޮބްސްޓަކަލް ކަމް ޔޫ ބެޓަރ ގެޓް ފްރިޕެއަރޑް..
ޢަބްދުﷲނާފިޒު
21 December 2017
ސަރުކާރެއްގެ ތެރޭން ރައްޔިތުންގެ ތިޖޫރި ދަވާލިބަޔަކަށް، ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ކިޔައިގެން ކޮންބަޔަކު ވާވައްދާނަމޭ ހިތާބާ މިއުޅެނީ!
އުމަރު
20 December 2017
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެއަށް ބޭނުމޭ ވިދާޅުވީމަ މެލޭޝިއާގެ ބޮޑުވަޒީރުއަކަށް އިންވެސްޓަރުން ނުފޮނުވޭނެ، އެއީ މެލޭޝިއާގެ ބާޒާރުގައި ގަންނަން ލިބެން ހުންނަ އެއްޗެއްނޫން، އަދި މެލޭޝިއާއިން އެކްސްޕޯޓްކުރާ އެއްޗެއްވެސްނޫން، އިންވެސްޓަރުން އަންނާނީ އިންވެސްޓަރުން އަންނާނެ މާހައުލެއް އޮވެގެން، އެމާހައުލަށް ކިޔާ އުޅެނީ "ގްޑްގަވަނަންސް" ދެން ކިޔާއުޅޭ "ޓްރާންސްޕޭރަންސީ" އަދި ކިޔާއުޅޭ "އިކުއަލިޓީ" އަދި ވަރަށް ބާރަށް ކިޔާއުޅޭ "އިންޑިޕެންޑެންޓް ރިލައިބަލް ޖުޑިޝަރީ ސިސްޓަމް" އަދި ވެސް ކިޔާއުޅޭ "ޑިމޮކްރަސީ" މާނައަކީ ބަހާލެވިފައިވާ ބާރުތަކެއްގެ މައްޗަށް ބިނާވެފައިވާ ސިސްޓަމެއް އަދި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކުގެ މައްޗަށް ހިންގާ އެޑްމިނިސްޓެރޭޝަނެއް، ދެން ގާބިލް ހުނަރުވެރި މަސައްކަތްތެރިން، އަގުހެޔޮ ކަރަންޓް، ބޯފެން، ސިއްހީ ނިޒާމު، އިންފްރެސްޓްރެކްޗާރ ގާއިމްވެފައިހުރުން، މިއީ ހައްތަހާވެސް އިންވެސްޓަރުން އަންނަން ބޭނުންވާ ސަބަބުތަށް، އެކަން ދަމަހައްޓާފައި ދެން ވިދާޅުވޭ
އުދުހޭ
20 December 2017
އިންވެސްޓަރުން ބޭނުންވާކަމަށް ބުނާއިރު އިންވެސްޓަރުން ޖެހިލުންވާ އެތަށް ކަމެއް އެބަކުރޭ. މީގެ ދެދުވަސް ކުރިން ގެޒެޓްގައި ޝާއިރުކޮށްފައިވާ ގާނޫނޫއިސްލާހުގައި ވާގޮތުން ރިސޯޓްތަކުގެ ބީޗް ގިރައިގެންދިއުމުން އެތަން ބައްދަން ވެލި އެޅޭނީ ޓޫރިޒަމް މިނިސްޓްރީގައި އެދިގެން ރައީސްއޮފީހުގެ ހުއްދަ ހޯދައިގެން ކޮންމެ ކިއުބިކް މީޓަރަކަށް 3 ޑޮލަރުގެ އަގެއް ދައްކައިގެން. http://www.gazette.gov.mv/gazette/download/4229
ޙަބީބު
20 December 2017
ދުނިޔޭގެ ހުރިހާއިންވެސްޓަރުން އަޔަސް ގައުމު ކުރިއަރާނީ ﷲ އެންގެވި މަގުން އަމަލުތައް ކުރާނަމަ ލިބޭފައިސާ ރައްޔިތުންނައް ހަމަހަމަ އުސޫލުން ހޭދަކުރައްވާނަމަ މާލޭގެ ބިމުގަ 25 ބުރީގެ އިމާރާތާ ހޮސްޕިޓަލާ އަޅާއިރު އުތުރާ ދެކުނުގެ ރައްޔިތުންނައްވެސް އެއުފާ ހޯދަދޭންޖެހޭ ލިބޭހާ ހިލޭއެހީ މާލޭފުޅުސަރަހައްދައް ގިރާފަ އެޅުމަކުން އެލިބުނީ ރައްޔިތުންނައް ތަރައްގީއެއްނޫން މާލެފުނިޖެއްސުމީ ބޮޑު މުސީބާތެއް އެއާހިލާފައް 7 ސަރަހައްދެއް ތަރައްގީކޮއް ލިބޭފައިސާ ހަމަހަމަ އުސޫލުން ހޭދަކުރަންޖެހޭ ތަފާތުކުރުން ނައްތާލަންޖެހޭ.
ޔަގީނޭ
20 December 2017
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް އަންނަ ތަން ދެކެން ބޭނުން ފުޅުވާކަމަށް ރައީސް ވިދާޅުވެ ދެއްވާނަމަ ދެން ޔަގީން ކަން މަމެންނަށް އެބައޮތް އެކަން ވާނެ ކަން. އެއީ ކަށަވަރުވެ ޔަގީން ވާކަމެކެވެ. މިކަމަކީ މީ އެމެންގެ ވެރިކަމުގައި އެމެންނަށް ވީ ކަމެއް ނޫން ދޯ. ކަޑަ ރޭޕް ކެޕިޓަލް ގެ ބޮޑު ވަޒީރު ރާއްޖެ ގެނެސްގެން އެމެންގެ ބޮޑޭ ހީކުރީ އަވަށްޓެރި ބޮޑު ގޮހޮޑާ މެންނަށް ކެއްކޭނެ ޑޮންޑޮނެއް ހުންނާނެ ކަމަށް ދޯ. އެއް ކަމެއް ވެސް ނުކުރެވޭނެ އެމެންނަށް. އެއީ ކަށަވަރުވެ ޔަގީން ވާ ކަމެކޭ.
ޑީޑީ އާރު
20 December 2017
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރާ ތަން ދެކެން ބޭނުން: ރައީސް ޔާމީން ވިދާޅުވެދެއްވާ އިންވެސްޓަރުން ގާތު ރައީސް އަށް އިންވެސްޓަރުން ފޮނުއްވޭނެތޯ އިންވެސްޓަރުން އަންނާނީ ވިދާޅުވީމަނޫން އެބޭފުޅުން އަންނާނީ އެބޭފުޅުން އަމިއްލައަށް ބެއްލެވުމަށް ފަހު އިންވެސްޓު ކުރަން ރަގަޅު އެކަޝީގެންވާ މާހައުލެއް އިތީޔާނޫންތަ؟........
ދަވޭ
20 December 2017
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރާ ތަން ދެކެން ބޭނުން ކަމަށް ރައީސް ވިދާޅުވާނަމަ މަމެން އުއްމީދު ކުރަމޭ މެލޭސިއާގެ ބޭންކް ގެ ގޮފި ހުޅުމާލޭގައި ވަރަށް އަވަހަށް ހުޅުވިގެން ދާނެ ކަަމަށް. އަދި މެލޭސިއާގެ އެމްބަސީ އެއް ރާއްޖޭގައި ވަރަށް އަވަހަށް ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް.
ދަމޭގެ އައްމަ
20 December 2017
ކަލޯ ތިޔަ ޚިޔާލައް ހެޓަކައް ޑިސްލައިކު، ދިވެހި މީހުން ގަބޫލުކުރާ ހަމަތަކުން ލިޔެބެލަ.!!