ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ނައިބު ރައީސް ޖިހާދުއާ، ބޮޑުވަޒީރު ނަޖީބު ސަލާމް ކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2017 - 13:15
ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އައު އިމާރާތް ހެދުމަށް މެލޭޝިއާ ސަރުކާރުން އެހީވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދެއްވި ބަޔާނުގައި، މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ފިނޭންސް އިމާރާތް އެޅުމަށް 122 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. އަދި އެ އިމާރާތް ހަދައި ނިމޭ ތަން ދެކެން ބޭނުންވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެ (އިމާރާތް) ނިމޭ ތަން ދެކެން. މި ދަތުރުގެ ނަތީޖާގެ ސަބަބުން އެ މުހިންމު މަޝްރޫއަށް އެހީތެރިވެވޭނެ ކަމަށް،" މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް އެންމެ ފުރަތަމަ ނިންމީ ފިނޭންސް މިނިސްޓްރީ ހުންނަ ކޮށީގަ އެވެ. އެކަމަކު، އެ ޕްލޭން ބަދަލުކޮށް، އެ އިމާރާތް މިހާރު ހަދަން ނިންމާފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގަ އެވެ. އެ މަޝްރޫއު ވަނީ މާޗް 1، 2015 ގައި މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާ ސަރުކާރުން ހަވާލުކޮށްފަ އެވެ.
ރާއްޖޭގައި ހަދާ އެންމެ ބޮޑު އޮފީސް އިމާރާތުގައި 30،000 ކޮޑި މީޓަރުގެ ފެން ރައްކާކުރާ ތާނގީއެއް ހުންނާނެ އެވެ. ބިއްލޫރި އާއި ދަގަނޑުން ހަދާ މި އިމާރާތުގެ އެންމެ ތިރީގައި ހުންނާނީ ލޮބީ އާއި ފިހާރަތަކެވެ. ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި ކާރު ޕާކު ކުރުމަށް ހާއްސަ ކުރާ އިރު އޮފީސްތައް ހުންނާނީ ފަސް ވަނަ ބުރިން ފެށިގެން 23 ވަނަ ބުރިއާ ހަމައަށެވެ. އިމާރާތުގެ 25 ވަނަ ބުރީގައި ހަދާނީ 250 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ. އިމާރާތުގެ ޓެރަސްގައި ކޯޕަރޭޓް ލައުންޖެއް ވެސް ހުންނާނެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ އާއި މެލޭޝިއާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަތާ 49 އަހަރު ވެފައިވާ އިރު، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި އިންސާނީ ވަސީލަތްތައް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި ހާއްސަކޮށް، ސިވިލް ސާވަންޓުން ތަމްރީން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޖީބު ވިދާޅުވި އެވެ. އަދި އެއްބަސްވުމުގެ ސަބަބުން ދިވެހިން މެލޭޝިއާގައި މަތީ ތައުލީމް ހާސިލް ކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއާ އެކު ގާއިމު ކުރި އެއްބަސްވުމުގެ ސަބަބުން ފެންވަރު ރަނގަޅު ކޯސްތަކެއް ފަސޭހަ އަގެއްގައި ލިބޭނެ އެވެ.
މެލޭޝިއާގައި 1700 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި، ނަޖީބު ވަނީ ކުރިމަގުގައި އިތުރު ދިވެހިން މެލޭޝިއާގައި ތައުލީމް ހާސިލް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެ އަށް ޓޫރިޒަމް ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ މެލޭޝިއާގެ އިންވެސްޓަރުން އެ ދާއިރާގައި އިންވެސްޓް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
20 December 2017
25 ބުރީގެ އިމާރާތުގެ މަޝްރުޢު ހަވާލުކުރިތާ ދެއަހަރު ވީއިރުވެސް ނުނިމިގެން އުޅެނީ މެލޭޝިއާއިން އެހީ ނުވެގެން ދެއްތޮ، ބަލަގަ ކުރިން އެމީހުންގާތު އަހާފަ އެހީވާނެކަމަށް އެއްބަސް ކުރުވާފައެއް ނޫންތަ މަޝްރޫޢު ހަވާލުކުރި.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
20 December 2017
ބާކީ މިއޮތް މަދު ދުވަސްކޮޅުގައި ތިތަނުގެ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ނިންމަވާ “ބޭނުން އަގެއް ޖަހައިގެން” ތިޔަ މަސައްކަތުންވެސް ޖީބަށް އެއްޗެއް ލެވޭތޯ ބައްލަވާ. 2018 ގަ ތިޔަބުނާ ތަނެއް ވުޖޫދު ވެއްޖެނަމަ ކުރިއަށް އޮތް ރައްޔިތުންގެ ސަރުކާރުން ތިޔަ 25 ބުރި އިމާރާތާއި ނަސަންދުރަ އަދި މާލޭ އަތިރި މަތިން “ބްރިޖް މަސައްކަތް ބަލަން އަޅާ ޕްލެޓްފޯމް” ކައިރިން ދައުލަތަށް ލިބޭނެ 25 ބުތި އިމާރާތް އަދި އެމަރިކާ އިން ޖައްވަށް ފޮނުވަން ހަދާ ރޮޖެޓަކަށްވުރެން ނިސްބަތުން އެތައް ގުނައެއް އަގުބޮޑުކޮށް ބިޑް ކުރުމެއްނެތި މަސައްކަތް ކުރަމުންދާ ހޮސްޕިޓަލް އިމާރާތުން ބައެއް ބޭނުން ކޮށްމިހުރިހާ އިމާރާތެއްގައި ސަރުކާރު ހުރިހާ އޮފީސް ތަކާއި ދައުލަތުގެ ހުރިހާ ކުންފުންޏެއްގެއޮފީސް ހިންގާނެ. އޭރުން ވަޒީރު ބޭފުޅުންނާއި ސަރުކާރު ވެރިންގެ މަސްލަހަތު އޮންނަ ތަންތަން ސަރުކާރުން ކުއްޔަށް ހިފުން ނިމުމަކަށް ގެނެވޭނެ. މިފަދަ ޕްރޮޖެކްޓަކީ 600 މިލިޔަން ޑޮލަރާއި 800މިލިޔަން ޑޮލަރު އެކުލެވިގެން ނުހިންގޭވަރު ކަންކަމެއްނޫން.
ހެހެ
20 December 2017
އައްޑޫ ކިޔަފިނު، ހެޔޮ ވިސްނުމެއް ނުވިސްނޭނެ. ތި ދެއްކީ ތި ކޮރަޕްޓް ސިކުނޑިން ކުރަން ބޭނުންވާ ކަންތައްތައް ކުރަން ބޭނުންވާ ގޮތައް. އެކަމަކު ތި ހީކުރި ގޮތަށް ނޫން ގޮތަށް ކަންތައް ކުރާ މީހުން އެބަތިބި... ދޮގެއް ކަމަށްތަ! ތީ ހަމަ ބޭސް ސިޓީ އެއް. އެކަމަކުވެސް ވަރަށް ވެފައެއްނު ތިތިބެނީ މީހަކު މޮޔަ ހެއްދީމަވެސް.
ރަދީފް
20 December 2017
ހެހެ އަށް.އައްޑޫ މީހުންނަށް ހެޔޮވިސްނުމެއް ނުވިސްނޭނޭއޭ ބުނީތީވެ އެކަން ކުއްވެރިކުރަން.ވަރަށް ހަރުކަށި އިބާރާތުން އިނގޭ.ވ.ވ.ވެދުން
މަމެން
20 December 2017
އެމެންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީ ޢިމާރާތް 25 ބުރިއަށް ނެގީމަ މަމެންނަށް ހުރީ ކޮން ފައިދާ އެއް. އެއް ޑޮލަރުން ކުރެވޭ ކަން 25 ޑޮލަރަށް ޖަހައިގެން އިތުރުވާ ބައި އެމެންގެ ޖީބަށް ދިޔާމަ މަމެންނަށް ހުރީ ކޮން ފައިދާ އެއް. އެމެން ރަށުގައި ކޮންމެ އަކަ ފޫޓެއް 25 ބުރިއަށް ނެގީމަ މަމެން ރަށްރަށަށް ހުރީ ކޮން ފައިދާ އެއް. މަމެންނަށް ކުލި ކުޑަ ވޭތަ؟ މަމެންގެ މުސާރަ ކޮޅު އިތުރުވޭތަ؟ އެމެން ދަރަންޏަށް ފައިސާ ނަގައިގެން ބާކީ ޖީބު ކޮށްލައިގެން ފިލީމަ މަމެންގެ ދަރިން އެ ދައްކަން ޖެހޭނީ. ދެންވެސް މަމެން ހެވިފައި ދޯ ތިބެންވީ.
ޢަބްދުﷲނާފިޒު
20 December 2017
ހެވިފަ ތިއްބަސް އޯކޭ، ނަމަނަމަ ވޯޓު ނުދޭތި، އޭރުން ހުންނާނީ ރަނގަޅަށް.
މަހަށް
20 December 2017
ފިނޭންސްގެ 25 ބުރީގެ އިމާރާތް އެޅުމަށް ޓަކައި މެލޭޝިއާ އިން އެހީވާނަމަ އެއީ ހެޔޮ ފާލެކެވެ. މިކަމަކީ މީ އެމެންގެ ވެރިކަމުގައި އެމެންނަށް ވީ ކަމެއް ނޫނެވެ. އެމެން ޖެހޭނީ މިބާވަތުގެ ކަންކަމުގައި މަހަށް ދާން ދޯ. މަހަށް މަހަށް މަހަށް ދޭބަލަ.
ޢަހުމަދު
20 December 2017
ކަލޯދިވެއްސަކަށްވެހުރެ މަސްވެރިންނަށް މަލާމާތް ކުރަނީތަ. ޢެއްޗެކޭކިޔަން ނޭނގޭނަމަ ހަނުހުރޭބަލަ.
ޢަބްދުﷲނާފިޒު
20 December 2017
ތިޖޫރި ހުރިތާ ވަޅުގަނޑެއް ހުރީމަ އެކަންވެސް ތަމެންނަށްވީ ހެޔޮފާލަކަށް ނޫންބާ! ދެން އަތްޖަހާ....
ފުވައްމުލަކު މީހާ
20 December 2017
ބައި ސައްތަ ގަރުނުގައި އަވަށްޓެރި ގައުމު ތަކަށް ކޮށް ނުދެވުނު މިފަދަ މުހިއްމު މަޝްރޫޢުތައް ކުޑަދުވަސްކޮޅަކުން ފުރިހަމަ ވެގެން ދިއުމަކީ އަވަށްޓެރިން ހަސަދަވެރިވާ މުހިއްމު ސަބަބު. އެހަސަދަ ވެރިކަމުގައި އިދިކޮޅު މީހުން ބައިވެރިވެ އަވަށްޓެރި ގައުމެއްގެ ނޫހަކުން ސަރުކާރު ވައްޓާލުމަށް ގޮވާލާ ގޮވާލުމަށް އާބަސް ބުނުމަކީ މުޅި ދިވެހި ގައުމިއްޔަތު ދުވަހަކުވެސް މާފުކުރާނެ ކަމެއްނޫން.
ޒައި
20 December 2017
ދެރައީ ރިޒާވުން އެބައިވެސް ހުލިވާނެތީ ފަހުން.. ނަމުގަ ބޭރުގެ ހިލޭ އެހީއާ ލޯނު.. ހުލިވަނީ ރިޒާވު.. ޕަކަޅާކުރަނީގަމަ
ފާތުމާ
20 December 2017
ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް އެންމެ ފުރަތަމަ ނިންމީ ފިނޭންސް މިނިސްޓްރީ ހުންނަ ކޮށީގަ އެވެ. އެކަމަކު، އެ ޕްލޭން ބަދަލުކޮށް، އެ އިމާރާތް މިހާރު ހަދަން ނިންމާފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގަ އެވެ. އެ މަޝްރޫއު ވަނީ މާޗް 1، 2015 ގައި މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާ ސަރުކާރުން ހަވާލުކޮށްފަ އެވެ
އާޒާދީ
20 December 2017
ބޭރުގެ ވެރިއަކު އަޔަސް މާލެއަށް ކޮންމެވެސް މެގަ ޕްރޮޖެކްޓެއް އަތުލާފަ މި ދޫކޮށްލަނީ.. އަތޮޅުތަކުގަ އަޅަން ވަޢުދުވި އެއަރޕޯޓްތަކާ ޕޯޓްތަކަށް އިބްވެސްޓްކުރާނެ މީހަކު ނުލިބިގެން އެތަންތަން ހަމަ ރޮލަށް.. ވޯޓް ހޯދަން ނާންނާތި.. ގުއި ހޮޅި ފެން ހޮޅިއަކަށް ނުގުޑާނެ