ރައީސް ޔާމީނާއި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2017 - 14:15
މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން، ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދެއްވި ބަޔާނުގައި، މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ރޮހިންޖާގެ މުސްލިމުންނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބަންގްލަދޭޝްގެ ކޮކް ބާޒާރު ކައިރީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މެލޭޝިއާ އިން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ރޮހިންޖާގެ ރެފިއުޖީންނަށް މެލޭޝިއާ އިން ވެދެން ވެން އޮތް ސިއްހީ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަންމާ ރޮހިންޖާ މުސްލިމުންގެ ބަޔަކު ރަކީން ސްޓޭޓުގެ ވަގުތީ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ
"ރޮހިންޖާ މުސްލިމުންނަށް ހެޔޮ ބަދަލުތަކެއް އަންނަން ބޭނުން. ބޭއިންސާފުން ރޮހިންޖާ މީހުންނާ މެދު އަމަލު ކުރުން ހުއްޓަން ޖެހޭ. އެމީހުން އެނބުރި ގައުމަށް ދެވެން ޖެހޭނެ،" ނަޖީބު ވިދާޅުވި އެވެ.
ރޮހިންޖާގެ މުސްލިމުންނަށް މިއަންމާ ސިފައިން ކުރަމުން ދިޔަ އަނިޔާތަކަކީ ދުނިޔޭގެ ސަމާލުކަން ލިބުނު ކަމެކެވެ. މިދިޔަ އޮގަސްޓް 25 ގައި ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން މިޔަންމާ ސިފައިންގެ އަތް ދަށުވެ، ރޮހިންޖާގެ އެތައް މުސްލިމުންނެއް މަރުވިއިރު، ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ ހަ ލައްކަ އަށް ވުރެ އިތުރުވެފަ އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރި ކައިރީގައި އިޒްރޭލް ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނީ. ރޮއިޓާސް
ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ވިދާޅުވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގައި މެލޭޝިއާ އިން އެކަމާ ދެކޮޅު ހަދާފައިވާ ކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް، މި މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ބައެއް ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
20 December 2017
ރޮހިންޖާ ނަސްލު ނައްތާލާ ޖަރީމާ ހިންގުމާ ދެކޮޅައް އދ ގައި ލެވުނު ވޯޓުގަ މިރާއްޖޭގެ ދައުލަތުން ބައިވެރިއެއްނުވޭ މީހަގީގީ ވާހަކަ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
20 December 2017
ޤުދުސްގެ ރައްޔިތުންނާއި ރަކީން ސްޓޭޓް ގައި ޤަވާއިދާއި ހިލާފަށް ނަމަވެސް ދިރިއުޅެމުން ދަނިކޮށް “އަނިޔާވެރިކަން އިސްކޮށް” ބޭރު ކޮށްލި ރޯހިންގޔާ ދަރިކޮޅު މީހުންނަކީވެސް އަހަރުމެންފަދަ އިންސާނުން ކަމުން އެހީތެރިވާންޖެހޭ. ނަމަވެސް އެއީ ދުނިޔަވީ އަދި އިސްލާމީ އުސޫލު ތަކުގެ ތެރެއިން ކުރާންޖެހޭ ކަމެއް. މާލޭގައި އާދައިގެ މީހަކަށް ރެއާއި ދުވާލު ގުލާމް ކޮށްގެން ވެސް ކުޑަ އާއިލާ އަކަށް ދިރިއުޅެވޭވަރަށްވުރެން ކުލިފަދަ އަސާސީ ކަންކަމުގެ އަގު ބޮޑު. “މާލޭ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން މާލެ ނޫން ރަށްރަށުގެ ހުރިހާ ރައްޔިތުންނަކީ ވެސް ދެވަނަ ދަރަޖައިގެ ރައްޔިތުން ކަމުގައި ހަމަޖެހި ކުލީ އަޅުން ތަކެއް ފަދައިން މޔޅި އުމުރު ހޭދަ ކުރާން ޖެހިފައި ވަނީ އަޅު މަސައްކަތުގައި” ކަމެއް ނަޖީބު ރައްޒާޤަށް އެގިވަޑައެއް ނުގަންނަވާނެ. ތިމާގެ އަމިއްލަ ފުރާނަ ސަލާމަތް ނުކުރެވޭ ހާލުގައި އަނބިދަރިންގެ ޒަރޫރީ ބޭނުންތައް ނުފުއްދޭ ހާލުގައި ނަޖިސްފެނުން ފެންވަރައި ގުއިވަޅުން ފެންބޯތީ ކިޑްނީ ގިރި ބަލިހާލުގައި ގިނަ ދިވެހިންތިބީ.