ަހަތިޔާރާ އެކު ސިފައިން މާލޭގައި ހަރަކާތްތެރިވަނީ: ހަ ރަށެއްގައި ސިފައިންގެ ތަމްރީނުތަކެއް މާދަމާ ފަށާނެ --ފޮޓޯ/މިހާރު
22 ޑިސެމްބަރ 2017 - 15:37
ސިފައިންގެ އަސްކަރީ ތަމްރީނުތަކެއްގައި މާދަމާ އިން ފެށިގެން ހަ ރަށެއްގައި ފްލެއާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ލ. ކައްދު އާއި އެ އަތޮޅު މާންދު އާއި ގަމުގެ އިތުރުން ކަޅައިދު އާއި ބަރެސްދޫ އަދި ޅ. މާފިލާފުށީގަ އެވެ.
ލ. އަތޮޅުގެ ރަށްތަކުގައި ފްލެއާ އަރުވާނީ މާދަމާ އިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު އިރުއޮއްސޭ ވަގުތުން ފެށިގެން، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އާ ހަމަ އަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މާފިލާފުށީގައި ފްލެއާ އަރުވާނީ މާދަމާ އިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އެ ވަގުތުތަކުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ލ އަތޮޅުގައި ބާއްވާ ތަމްރީނުގައި ބޭނުންކުރާ ވަޒަން ދަތުރު ކުރާނީ ބިމުން ފެށިގެން މައްޗަށް 300 މީޓަރު ދުރުމިނަށާއި 300 މީޓަރު އުސްމިނަށެވެ. މާފިލާފުށީގައި ބޭނުންކުރާ ވަޒަން ދަތުރު ކުރާނީ ބިމުން ފެށިގެން މައްޗަށް 200 މީޓަރު ދުރުމިނަށާއި 200 މީޓަރު އުސްމިނަށެވެ.
ދާދިފަހުން ސިފައިން ވަނީ ހަތިޔާރާ އެކު ނިކުމެ، މާލޭގައި ވެސް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އިންޑިއާ ސިފައިންނާ އެކު އިންޑިއާގައި ވެސް ދިވެހި ސިފައިންގެ ތަމްރީނުތަކެއް މިހާރު އެބަ ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
23 December 2017
ނައީގެ ކޮމެންޓަށް 100% ތާއިދު.
ބަރުބާަދު
23 December 2017
ތަމްރީނެއްގަނު އޯކޭވާނެ. އަރުވާފަ ބަހައްޓާ.
އެކްސް ސޯލްޖަރ
22 December 2017
މިކަހަލަ ގޮތގޮތަށް ޚަބަރު ގެނެސްދިނީމަ މީހުން ބޯގޮވުން ނޫން ކަމެއް ނުވާނެ. ފްލެއާރ އަކީ ކޮން އެއްޗެއްކަމާއި އެއަރުވަނީ ކީއްކުރަންކަން ކުޑަކޮށްވެސް ނޭނގޭ ހާލު އެކަންތައް އޮޅުންފިލުވުމެއްވެސް ނެތި ރިޕޯޓް ހަދާފައި ތިޖަހަނީ. ފެލެއަރ އެރުވުމަކީ މާކަ ބޮޑު އިވެންޓެއް ނޫން ! ހަވާ ކަހަލަ އެއްޗެއްވެސް ނޫން ! އެއީ އަޝްކަރީ އޮޕަރޭޝަން ތަކާއި އެކްސަރސައިޒް ތަކުގައި ސިގްނަލް ދިނުމަށް ބޭނުން ކުރާ މަދު ސިކުންތު ކޮޅަކަށް 500 ވަރަކަށް ފޫޓް މައްޗަށް ފޮނުވައިލެވޭ އެއްޗެއެ.ޢެކަން އާންމުކޮށް އިއުލާން އެކުރަނީ ރައްޔިތުންނަށް އެފެނުނީމަ އެއީކޮން އެއްޗެއްކަން އެނގިފައި އޮތުން މުހިންމުވީމަ . ހެޔޮނުވާނެ ރިޕޯޓް ހަދާނަމަ އަދި ޝާއިއު ކުރާނަމަ އެކަމެެއްގެ މައުލޫމާތު ހޯދައި އެއްޗަކަށްވާ ގޮތަށް ލިޔެބަލަ.
ނަޢީ
22 December 2017
ސުވާލެއް. ރާއްޖޭގެ އަސްކަރިއްޔާ އެއް އޮންނަން ޖެހޭތޯ. ޢައިސްލޭންޑްގަ 4 ލައްކަ + މީހުން އުޅޭ. ޢަސްކަރިއްޔާ އެއް ނޯވޭ. ވައިގެ އެންމެ ހަމަލާ އަކުންވެސް ރާއްޖެ ސަރެންޑާ ކުރަން ޖެހޭނެ ހާލަތުގަ އޮތް ތަނެއްމީ. ދެން ސިފައިންނޭ ކިޔާ ބަޔަކު ބައިތިއްބައިގެން ބޭންޖަހާ ލަވަ ސީޑީ ނެރެގެން ބައިތިއްބަނީ. ޕޮލިސް ފޯސް އެއް އޮތީމަ ނިމުނީ. މިހާރު މިކުރާ ކަންތައްވަނީ ބޮޑު ޖޯކަކަށް.
ޢަލީ1
22 December 2017
ވަރަށް ރަގަޅު ވާހަކައެއް މިތާ ސިފައިންތިބެނީ ހަމައެކަނި ވެރިޔާ ދިފާއުކުރަންއަތުގައި ހުރީ ދުނިޔޭގެ އަސްކަރިއްޔާ ތަކުގައި ބޭނުންކޮށް ބާވެފައި ހުރި ހަތިޔާރު، މުޅި ގައުމުގެ ބަޖެޓްގެ 30 އިންސައްތަ މިވެރިންގެ މުސާރަ،
އެކްސް ސޯލްޖަރ
22 December 2017
ލަފާކުރެވޭ ގޮތުގައި ނައީ ގެ ނަމުގައި ކޮމެންޓް ކޮށްފައިހުރީ ފުލުހެއް ! ތިސުއާލު މިރާއްޖޭގައި އުފައްދަނީ ހަމަ އެކަނި ފުލުހުންނާއި އެއިރަކު ގައުމުގައި އޮންނަ އިދިކޮޅު ސިޔާސީ މީހުން. އެކަމަކު ވިސްނާ ބަޔަކަށް ވިސްނޭނީ ، ސުނާމީ ކާރިސާ ގައި ފުލުހުން ކީއް ކުރީ ؟ މުޅިގައުމު ހާލުގައި ޖެހި ރަށްތައް ފުނޑުފުނޑުވެފައި އޮއްވައި ހުރިހާ ރަށެއް ސާފުކޮށް އަލުން އާބާދު ކޮށް ހުރިހާ މަސައްކަތެއް ކުރީ ސިފައިން، އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރ، މާލޭގެ މާރުކޭޓް، ރާއްޖޭގައި ޕާކެއް އޮތަސް މިހެންގޮސް ގައުމު ބިނާ ކުރުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ސިފައިން. ފުލުހުންގެ ކަމަކީ އެމަސައްކަތްތަކުގައި ގޮސް ތިބޭ ސިފައިންގެ ސައިކަލް ތަކުގައި ސްޓިކާރ ޖެހުން.
ނައީގެ އަމާ
22 December 2017
ޖަވާބަކީ. ސިފައިންގެ ޚިދުމަތް އަބަދުވެސް ބޭނުންވެޔޭ. ތިކަހަލަ ހަނި ރީނދޫ ފިކުރުގެ މީހުން ނުރުހުނަސް މިގައުމުގެ މާޒީ ބަލާ ވިސްނާ ފިކުރުކުރި ކޮންމެ ހެޔޮވިސްނޭ މީހަކަށް އެނގޭނެ ސިފައިންގެ ބޭނުން. ނޯ މިލިޓަރީ ކަންޓްރީސް ޖަހާފަ ގޫގަލްކުރިޔަކަސް އައިސްލެންޑްގެ ވާނުވާވެސް ކަލެއަކަށް ނޭނގެ. އެތަނުގައި ހަތިޔާރު އުފުލާ އެއަރ ޑިފެންސް ސިސްޓަމަކާއި ކޯސްޓްގާޑް ޑިފެންސް ސިސްޓަމަކާއި ހަތިޔާރުން ތަމްރީން ހަދައި އެބޭނުންކުރާ ފުލުހުން އެބައޮތް. ބޭން ޖަހާފަ ލަވަސީޑީވެސް ނެރޭނަން. ޖޯކު އަޑުއަހާ ހިތްވަންޏާ ޖޯކުވެސް ކިޔާދޭނަން. އެކަމަކު ކަލޭގެ ނެތް ގައުމީ ވިސްނުމެއް ކަލޭގެ ނެތް ނިސްބަތްވާނެ ގައުމެއް. ކަލޭގެ ނެތް ދިވެހި ފިކުރެއް. ކަލޭގެ ނެތް ދީނަށާއި ގައުމަށް ޚިދުމަތްކުރުމުގެ ބުންވަރެއް. ކަލޭގެ ހުރިހާވެސް ބާރަކީ ކަލޭގެ ނުކުޅެދުންތެރި ފަނާކުރުވަނިވި ފިކުރު. ކަލޭވެސް މިގައުމާއި ގެޅެންޏާ ވިސްނާ