ރައީސް ޔާމީން މާޅެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
24 ޑިސެމްބަރ 2017 - 13:36
ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ނޫޅޭ ކަމަށާއި ދިވެހިންގެ ކަންކަން ރަނގަޅު ކުރާކަށް ދުރު ކަރައަކުން އަންނަ ބޮޑުބޭބެއެއް ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ހެނބަދޫގެ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ބޭރުން ގާނޫނާ ހިލާފަށް އަންނަ ނުފޫޒުތަކެއް އައުމަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ނޫނީ ކުރިމަގު އުޖާލާ ވާނެ ކަމެއް ނޫން ކަމަށެވެ.
މާޅެންދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
"އަޅުގަނޑުމެންނަކީ ދިވެހިން ކަމުގައިވާ ނަމަ، ކަންކަން ނިންމުމުގެ އަޒުމް އަޅުގަނޑުމެންގެ ހުންނަންވާނެ. ކަންތައްތައް ނިންމައިދޭކަށް ފަރަންޖީންނަށް ދައުވަތު ދޭކަށް ގަބޫލު ކުރާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ޑިމޮކްރަސީގެ މަތީގައި ތިބެވޭނީ "އުނު އަންނާނެ" ތަނަވަސްކަމާއި ރައްޔިތުންގެ ޖީބުތައް ފުރިގެން ގޮސް، ކުޑަކުދިންނަށް ތައުލީމުގެ ފުރުސަތު ލިބި، ދަރިވަރުންނަށް މަތީ ތައުލީމު ލިބޭނެ ގޮތް ތަނަވަސްވެގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް ރައްޔިތުންނަށް ފުރިހަމަވުމުން ނޫނީ ޑިމޮކްރަސީގެ ލަފްޒު އެނގިގެން ނުވާނެ އެވެ. އަދި ސަރުކާރުން އުޅެނީ ނިކަމެތި ރަށްރަށަށް ތަރައްގީ ނުގެނިވެގެން ކަމަށާއި ޑިމޮކްރަސީގެ ވާހަކަ ދައްކަން ވާނީ ތަރައްގީ ގެނެސްފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރާނީ އަޅުގަނޑުމެން. ހުރިހާ ފިކުރެއްގެ ބޭފުޅުން އަޑުއައްސަވާތި އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާކަށް އެހެން ބަޔަކު ނާންނާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހެޔޮ އެދޭނީ،" ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ވަގުތު އެންމެ ހެޔޮ އެދޭ މަގާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން، ފެއްސާއި ރަތާއި ހުދުގެ ކަންކަން އެކުލެވޭ ވާހަކަތައް ދައްކާނަމަ، ކަންފަތް ވަރަށް ތޫނުވާނެ އެވެ.
އެކަމަކު ވަކި ތަނެއްގައި މުޒާހަރާ ނުކުރެވޭ ވާހަކަ ދައްކާނަމަ، ނުވަތަ ވަކި މީހަކު ބަންދުގައި ހުރެގެން އޭނައާ ދޭތެރޭގައި ލުއި ގޮތެއް ނުވާ ވާހަކަ ދައްކާނަމަ، އެ މަނިކުފާނުގެ "ކަންފަތުން ޖެހޭނީ ވަރަށް ފުލަށް ދަންދެން މަޑު ނަގަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މާޅެންދޫ ބަޔަކާ މިއަދު ސަލާމް ކުރައްވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ގިނަ ބަޔަކު ބޭނުންވަނީ ރަށްރަށަށް ބޭނުންވެފައި ހުރި ވަސީލަތްތައް ފުރިހަމަވެގެން ދިއުމަށާއި ކުދިންނަށް ބޭނުންވާ ތަރުބިއްޔަތު ލިބުމަށާއި ކުޑަކުދިން ކުޅޭނެ ތަންތަން އިތުރުވެގެން ދިއުމަށް ކަމަށެވެ. އަދި ދިވެހިންގެ ހާލަތު ބަދަލު ކުރެވޭނީ ދިވެހިންނަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރާނީ އަޅުގަނޑުމެން. ހުރިހާ ފިކުރެއްގެ ބޭފުޅުން އަޑުއައްސަވާތި އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާކަށް އެހެން ބަޔަކު ނާންނާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހެޔޮ އެދޭނީ. އެހެންވީމަ އަޅުގަނޑުމެން ހެޔޮ އެދިގެން ކުރާ މަސައްކަތުގެ މައްޗަށް ﷲ ތައުފީގާއި ނަސްރު މިންވަރު ކުރައްވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 78 ރަށުގައި ބޮޑު ބަނދަރެއް ހަދައި ނިންމާލީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގަ އެވެ. އަދި އުންމީދާ އެކީގައި ކުރިއަށް ދާން މަސައްކަތް ކުރަން ބޭނުންނަމަ، ފާގަތި ވެއްޓެއް ރާއްޖޭގައި ތަރައްގީ ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ސުލްހަވެރިކަމާއި ގާނޫނަށް ލޯބިކުރާ ބަޔަކަށް ވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނ. ހެނބަދޫ ނަރުދަމާ ނިޒާމު ގާއިމު ކޮށްދެނީ، ޗަމްޕާ ބްރަދާސްގެ ފަރާތުން އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
25 December 2017
އާނ! ސިޔާސީ ވަކި ބަޔަކު ބުނަމުންދަނީ ދޮން މީހުންނޭ ކުރިއަރާފައިތިބީ. އެހެންވީމާ އެމީހުން އުޅޭގޮތަށް އުޅެ، އެމީހުން ބޯއެއްޗެއް ބޮއެ، އެމީހުން ޖައްސާ ވައްތަރެއް ޖެއްސީމައޭ ކުރިޔަށްދާނީ.
އަދީބު
25 December 2017
އިންޑިޔާއާ ދިމާލަށް ބަދުބަސް ނުބުނާށޭ....
މައުމޫންނާ
25 December 2017
މައުމޫންވެސް އެއީ ދުރުން އަންނަ ބޮޑު ބޭބެއެއްތޯ؟ ކީއްވެތޯ ކަންކަން އިސްލާހުކުރަން ނިކުންނަން އެމަނިކުފާނަށް މަޖްބޫރުވީ؟ ހަމަޖެހޭ ވާހަކައެއްވެސް ދައްކަންނޭގެނީ އަސްލު ވެރިކަން ކުރަން އައިމީހެއް ނޫންވީމަ!
ސުލައިމާން
25 December 2017
ޖަވާބު.. އަދިވެސް ވެރިކަމަށްހުރި ދަހިވެތިކަން އެ ހުރިގޮތަށް ހުރީމަ.. ބޭނުންވަނީ އަދިވެސް ވެރިކަން.. 30 އަހަރު ވެރިކަން ކުރެވުނުއިރު ޤަބޫލުކޮށްގެންހުރީ މިގައުމާ ރައްޔިތުންނަކީވެސް އަމިއްލަ ހަރުމުދާކަމަށް.. އެހެންވީމާ އެހެންމީހަކު ވެރިކަމުގަ ހުންނަން ލަގޮނޑިއަށް ކެތްނުވީ..
ޢަބްދުﷲނާފިޒު
25 December 2017
ދެން ހެވޭ ފަސްއަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފަ އެއްފަރާތަށް ޖެހުމަކީ ރައްޔިތުންނަށް އެއްމެ ފައިދާހުރި ގޮތްކަމަށް އަޅުގަނޑަށް ފެނޭ، އެހެންވީމަ އެކަން އެގޮތަށް ކޮށްލީމަ ނިމުނީ، މަސްލަހަތު ގެއްލުވާލަން ކޮއްކޮޓާރު ވާހަކަ ދައްކަން ނުހައްދަވާ، ވަރަށް ސަލާމް.
އަލްޖިބްރާ
24 December 2017
ފަސް އަހަރުން ތިހެދުނުކަމަށް ބުނީ 78ބަދަރު ! 1އަހަރުން 30ބަދަރު ހަދާފަ އެބަހުރި ! ދެން ތިވީ ކޯންޗަކަށް ؟ އަދިވެސް ފޮނިކަޑާ މީހުނަށް އޮޅުވާލެވޭތޯ ބަލާ ! އެނޫން ކަމެއް ނުކުރެވޭނެ !
އަލީ.
24 December 2017
ދެންކީއްވެ އަމިއްލަ ބޮޑުބޭބެ އެއްލޭ ހިނގާ ބޮޑުބޭބެ ރަނގަޅުކުރާށޭ ބުނީމަ ގޯސްކަންތައްޗރަނގަޅު ނުކުރީ
ހީލަތްތެރި ވާހަކަތަކާ ދެކޮޅު
24 December 2017
ރައީސް ދައްކަވާ ގިނަވާހަކަ ފުޅުތައް ދިމައެއް ނުވޭ. އެއްފަހަރު ވިދާޅުވާނެ، އެންމެން ހުޅުމާލެއަށް އަންނާށޭ. އަނެއް ފަހަރު ވިދާޅުވާނެ، ކުދި ރަށްތައް ތަރައްޤީ ނުވެގެންނޭ ތިމަންނާ މިއުޅެނީ. ކޮންމެވެސް، އެކައްޗެކޭ ކިޔުއްވަން ވެއްޖެ މިހާރު. ރައީސުގެ ދަތުރުފުޅު ތަކަށް ތިޔަ ކުރައްވާ ޚަރދަކީ ދައުލަތުގެ ފައިސާއިން ކުރައްވާ ޚަރަދެއްނަމަ ސިޔާސީވާހަކަ ނުދައްކަވާ. ބޭރަށް ނުނިކުންނަވައި، ރައީސް އުޅުއްވަނީ، ސިޔާސީ އިދިކޮޅުމީހުންނަށް ދޭނެ ޖަވާބަކާމެދު ވިސްނަވާ ވަޑައިގަތުމުގައިބާއޭ ހިތަށް އަރާ. ރައީސްގެ ވާހަކަތަކަށް ކުދި ރަށްރަށުގެ މީހުން ހެއްލޭނެ. ކޮންމެ ރަށެއްގައި ތައުލީމު، ދެއްވަންވެސް ޖެހޭނެ. އެކަމަކު، ދެފުށްފެންނަ، ހާމަކަންބޮޑު ސިޔާސަތެއް ރައީސް ޔާމީނެއް ނުގެންގުޅުއްވާ. ހައްތަހާވެސް ދައްކަވަނީ ވާހަކަ. ކޮންމެވސް ބޮޑު ލޯނެއް ނަގައިގެން، ނުވަތަ ޗައިނާގެ އެހީގައި، ވާނުވާވާ ނޭގޭ ގޮތެއްގައި އަގު ބޮޑެތި މަޝްރޫޢު ތިޔަ ހިންގަވަނީ. އަނގު ކަނޑައަޅަނީ ސިއްރިޔާތުގައި. ރައްޔިތުންނަށް ރޭކާވެސް ނުލާ
މީމަށޭ
24 December 2017
ކަންކަން ފަހުމުވާވަރަށް ބައެއް މީހުންގެ ސިކުޑި މަރުވާސިރުވެސް ފުރިހަމަ ނުވެ އެބަ ހުރޭ
އެދުރޭ
24 December 2017
ތިކަހަލަ ދެކޮޅު މީހުން ތިބޭ މަޑުން. ރައީސް މީހާ ދައްކާނެ ވާހަކަ އާއި ނުދައްކާނެ ވާހަކަ ދަލުބޭރުގައި ތިބޭ މީހުނަށް ނޭގޭނެ.
މެންޓަލިސްޓް
24 December 2017
އެހެންވީމައި ޗައިނާއަކީ ބިދޭސީ ބައެއްނޫނޭތޯ ތިޔަވިދާޅުވަނީ ،،،، އަޅުގަނޑުވެސް ތާއީދު އިންޑިޔާ މީހުން ރާއްޖެވަށައިގެން ދަމާފައިފާ ޒަމާންވީ ކަށިނަރުތަކުން ސަލާމަތްވާނެ ،،،، އެހެނޭކިޔާފައި އެކަންކޮއްދޭ ބޭރުއެހެންމީހުންގެ އަޅުންނަށް ވާކަށްވެސް ކަމަކުނުދާނެ ،،، ދުނިޔޭގައި ކުދި ޖަރީޒާގައުމުތަކަށް އަރައިގެން އަންނައިރު ބޮޑެތި ގައުމުތަކުގެ އެހީހާއި މަދަދު ބޭނުންވާނެ ،،، ނަމަވެސް އަދި ދިވެހިރާއްޖެ ދަނީކީ އަމިއްލައަށް މޭފުއްޕާފައި އުޅެވޭނޭ މިސްރާބަކަށްނޫން ،،، ދިވެހިރައްޔަތުންގެ ވިސްނުމާއި ޕެޓާންތަށް އެބަޖެހޭ ބަދަލުވާނެ ،،، އެބަދަލުނައިސް ގައުމެއް ކުރިނާރޭނެ ،،، އެއީ އިންސާނީ ތަޖްރިބާ ދައްކާގޮތަކީ ،،،، ވރށވދނ
އައި
24 December 2017
ތިވާހަކަތަށް ހާދަ އެހެންކަަލައޭ، އަޅުވެތި ކަމަކަށް ރައްޔަތުން ދަނީބާ.
ކަލްދޯބަޖޭ
24 December 2017
އިންޑިޔާއަކީ އަހަރެމެންގެ ބައްޕަކަމަށް ސިފަވާމީހުންނަކީ ދިވެހިންނެނޫން.. ވާހަކަ ބަދަލުކޮއްލަން ޗައިނާގެ ނަންގެނައުމުގެ ބޭނުމެއްނެތް. މިއަދާހަމަޔަށް ޗައިނާގެމީހަކުވެސް ޗައިނާ ސަރުކާރުންވެސްނެތް މިގައުމުގެ ދާހިލީކަމަކާބެހިފަ.. އެހެންތައިންޑިޔާ.. އިންޑިޔާގެ ސަފީރަކުހުއޓަސް އޭނަގެ ކަމަކަށްވެފައޮންނަނީ އުނދުޅިބާނައިގެންހެލުވުން.. ދެންމިވެސް ޑިމޮކުރަސީ.. ކުރީގެ ދެރައީސުންދުވަނީ އިންޑިޔާފަހަތުން.. އިންޑިޔާގަވެސްއެބަތިބި އިދިކޮޅުމީހުންނާ އިދިކޮޅުޕާޓީތަވެސް.. އެކަމަކު އެމީހުން އިންޑިޔާކަޑައަޅަފައޮތް ބޯޑަރުހުރަސްނުކުރޭ.. 30އަހަރުގެތަޖުތިބާއިންވެސް ކުރެވުނުމަންފާއެއނެތް
އެދުރޭ
24 December 2017
އިންޑިޔާ އަކީ އުނދަގުލެއް.