އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ކޯޓުން ނުކުމެވަޑައިގެން ސަޕޯޓަރުންނަށް އަތުން އިޝާރާތްކުރައްވަނީ.
26 ޑިސެމްބަރ 2017 - 23:40
މިއީ ސިޔާސީ ލީޑަރުންގެ އަމިއްލަ ވިސްނުންތަކަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރަންވީ ވަގުތު ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ޓީވީ މެދުވެރިކުރައްވައި ވަކިވަކިން ފޮނުއްވި ހިތާބުގައި އިމްރާން ވިދާޅުވީ ގައުމަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ރައްޔިތުންގެ މަސްހަލަތު އިސްކުރަނީ ކޮން ބައެއްކަން ރައްޔިތުން އަބަދުވެސް ފާހަގަކުރާނެކަން ކަށަވަރު ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކަކީ އަނެއްކާ ވެސް ދިވެހިންގެ ގައުމީ އެއްބައިވަންތަކަން ހާމަކޮށް ދެއްކުން މުހިންމު ދުވަސްތަކެއް ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބުކުރަން ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިން ވަރަށް ފޮނި އުއްމީދާއެކު 2013 ވަނަ އަހަރު ގާއިމުކުރި ވެރިކަން ފަސާދަވެ، ހަމަ އިން ނެއްޓި އަނިޔާވެރިކަމުގައި ހައްދުން ނެއްޓިފައިވާ މިންވަރުން ކަށަވަރުވާ އެއް ހަގީގަތަކީ ސަރުކާރު ހިންގަން ތިބި ފަރާތްތަކުގެ އަނިޔާވެރިކަމާއި ވައްކަން ހުއްޓުވަން އޮތް ހަމައެކަނި މަގަކީ ރައްޔިތުން ދެކެ ލޯބިވާ ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމް ދީނަށް ވަފާތެރި އެންމެހާ ފަރާތްތައް ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކަށަވަރުކޮށް، އަދި އެ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މަސައްކަތްކުރަން ޖެހޭކަން،" ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ އިމްރާންގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އިއްވެވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.
"ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރު ކޮށްދޭން ބޭނުންވަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅަށް މަސައްކަތްކުރައްވާ އެންމެހާ ފަރާތްތައް ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައްޔިތުން އެދޭފަދަ އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށްޓަކައި ހިނގަންޖެހުނު ކޮންމެ މަގަކުން ހިނގަން އަޅުގަނޑާއި އަދާލަތު ޕާޓީ ތައްޔާރަށް އޮތްކަން. މިދެންނެވި މަންޒިލަށް ދިވެހިރާއްޖެ ގެންދިއުމަށްޓަކައި އުފުލަން ޖެހޭ ތަކުލީފާއި ދޫކުރަން ޖެހޭ މިންވަރު ކިތަންމެ ބޮޑުވިޔަސް އަޅުގަނޑުމެން މާތްﷲގެ ވާގިފުޅާއެކު ފަހަތަށް ނުޖެހި އެކަން ކުރާނަން،" އިމްރާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ނަސީރު
28 December 2017
މިއީ ކާކުތަ؟ އަދިވެސް އަހަރުމެންނައް ނޮހޮރޮއްޕާން ކުރެޔޭ އެބަ! ތެދެއް މިބުނީ، ޕަަކިސްތާން އަދި އެކަހަލަ ދުންމާރި ގައުމު ތަކައް އުނގެނޭށޭ ކިޔާފަ ދިވެހިން ފޮނުވައިގެން ލިބޭ ބޮޑެތި ގެއްލުމުގެ މިސާލެއް މިއީ.
އަމީންް
27 December 2017
ޝުކުުރިިއްްޔާ ޝޭޚު. ޝޭޚުު ނެތުމުުގެ އުނިިކަންް އިދިިކޮޮޅުު ޖަލްްސާ ތަކުުން އިިހުސާސުު ވޭ
ކޮންޓޭ
27 December 2017
ގައުމު އިސްކުރިނަމަ ވެރިކަމާހެދި ރައީސް ނަޝީދުގެ ސަރުކަރު ބަގާވާތަކުން ވައްޓައެއްނުލީސް. ބަގާވާތް ކުރުމަކީ ހާދަހާވާ ނުބައި ކަމެކެވެ.
އުމަރު
27 December 2017
ކުނޫޒުގައި ޖަލްސާބޭއްވިޔަސް އަދި ޓީވީތަކަށް އަރައި ވާހަކަ ދެއްކިޔަސް ނުފުދޭ، ލީފްލެޓް ހަދައިގެން ރައްޔިތުންގެ ކާރިއަށްގޮސް ކަންތައް ހިނގަމުންދާގޮތް ބުނެދޭންޖެހޭ، ކޮރަޕްޝަނުން ނަގާފައިވާ ފައިސާގެ އަދަދުތަށް ބުނެދޭންޖެހޭ، ބީލަމަކާއި ނުލައި ބޭރުގެ ކުންފުނިތަކަށް ދީފައިވާ ޕްރޮޖެކްޓްތަކުގެ ވާހަކަ ދައްކަންޖެހޭ،
ކުޅުދުއްފުށި ހޮޅުއަށިން
27 December 2017
ހުޅުމާލޭގަ ޕާޓީކުރަމުން ދިޔަ ދެޒުވާނުން މަރުގެމައްސަލާގަ 5 މިހެއްގެ މައްސަލަ ސަރީއަތައްފޮނުވައިފި ސާބިތުވެއްޖެނަމަ އަދަބަކީ 1 މަހާ 4 ދުވަސް މިސަރުކާރުގެ ކޮރަފްޝަނުގެ ވަހަކަ ދައްކާ މީހާގެ އަދަބަކީ މުއްދަތެއް ނެތި ޖަލައްލުން ހުކުމަކާނުލާ ޖަލައްލުން ވީމާ އަޅުގަނޑުމެން މިތިބީ މިސަރުކާރުގެ ކޮރަފްޝަނުގެ ވާހަކަ ތިޔަބެފުޅުންގެ ދުލުން އަޑުއަހާލަން މިސަރުކަރައް ނޫނެކޭ ބުނަންތައްޔާރައް އަދިކޯޓުތަކުގަ ތިބި ފަނޑިޔާރުން ބަދަލުކުރަން މަޖިލިސް ބަދަލުކުރަން ތައްޔާރައް
މުފައްކިރު
27 December 2017
މިތިބަ މީހުންގެ ދީނީ ވިސްމުމެއްގެ ކަންފުޅެއްވެސް ނެތީ. . 2008 ގެ މައުމޫނުގެ ވެރިކަން ނިންމާލީސް ގައުމާހެދި ނަޝީދުގެ ވެރިކަން ނިންމާލީވެސް ގައުމާހެދި ޔާމީންގެ ވެރިކަމާ ތޮޅެނީވެސް ގައުމާ ހެދި. ދެން ކަމުދިޔައީ ކޮންވެރިކަމެއް؟
ދޮންމަނިކެ
27 December 2017
ސިޔާސީ ވެރިން ދައްކާވާހަކަ ވޮށްއަލިވާ ހިސާބުގަ ދައްކަންވެސް އަޑުއަހަންވެސް ހެޔޮނުވާނެ
ފާއިޒް
27 December 2017
މައުލޫމާތަކީ އިލްމް ކަމަށްވާ ނަމަ ގޫގްލް އަކީ އެންމެ ވަރުގަދަ އިލްމްވެރިޔާ.
ދާއިދު
27 December 2017
އަފްރާޝީމް ގެ ވާހަކަ އެއް ނުދެއްދި ދޯ
ލޭޑީ
27 December 2017
އިމްރާންމެން ދޯ ބުނީ ދީނަށްޓަކައި ޤައުމަށްޓަކައި ޔާމީނަށް ވެރިކަން ދޭށޭ... ލޮލް