ރާނބާ ރެސްޓޯރަންޓް ކައިރީގައި މާރާމާރީ ހިންގުމާ ގުޅިގެން ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
03 ޖެނުއަރީ 2018 - 16:11
މާލޭގައި މިއަދު ވަޅިހަރައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރީގެ ބާއިންޖީނުގެ ކައިރީގައި، ވަޅި ހެރުމުން އަނިޔާވި އުމުރުން 23، އަހަރުގެ ފިރިހެންމީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާ އަށް ލިބުނު އަނޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުސް އޮފީހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރާފައ މިވަނީ، ގްރޫޕްތަކުން ހިންގި މާރާމާރީ މެދުކެނޑިފައި އޮންނަތާ ދުވަސްތަކަކެއް ވީ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
Thhhk
06 March 2018
ސިޔާސީ މީހެއް ވެއްޖިއްޔާ އަތްފުނަ އަޅައިގެންވެސް ހޯދާނެ .ބާ އިންޖީނުގެ ކައިރީ ސިފައިންނާ ފުލުހުން ތިބެން ވެއްޖެނު
ޢަލީ ފފ
04 January 2018
މި ގައުމު ހަލާކު ވެއްޖެ. ސިޔާސީ ވެގެން މުޅި ގައުމުގެ އަމަން އަމާން ކަމާއި، ހަމަ ޖެހުން ގެއްލިއްޖެ.
ޢަބްދުﷲނާފިޒު
03 January 2018
ހޫނ، އަނެއްކާ ބަލިގަނޑު ހިލުނީ އުތަ.
ޙުސޭނު
03 January 2018
ސީޒަން ފެށުނީ
އަލިހޮއްކޮ
03 January 2018
ތަންކޮޅެއް "ކަޓު ސްޓައިލެއް"ގެ ފިރެހިން ކުއްޖެއް ސައިކަލުގަ ދަންޏާ ހުއްޓުވާ ސުވާލު ކުރާނެ ސާޅިސް ފަހަރު މިއުޅޭ ފުލުހުން.
އަޒީޒް.
03 January 2018
ކުށްތައް ކޮށްގެން ހައްޔަރުކުރާ ގިނަ މީހުން ތިބޭގޮތް ފުލުހުންނަށް އިނގޭ..މާރާމާރީ ވަޅިހެރުން ގަވއިދާހިލާފަށް ސައިކަލް ދުއްވުން ބޭއަދަބީ ބަހުން އާއްމުތަންތާންގައި ހަޅޭ ލެވުން މިކަންކަން ކުރާމީހުން ތިބޭނީ ވަކި ގޮތަކަށް. އެފަދަ މީހަކު މަގުތަކުން ހުއްޓުވާތަން ނުފެންނާނެ..
ކުމާރު
03 January 2018
ސިލްސިލާ ފެށުނީ
އަތްޖަހާ
03 January 2018
މިއަހަރުގެ ސީޒަން ފެށުނީ ދޯ. އަދިވެސް މިމީހުން ހައްޔަރު ނޮކޮށް ސިޔާސީ މީހުން ޖަލަށްލާ.
ސަލީމް
03 January 2018
ބާއިންޖީނުގެ ކައިރި އަދި ގާކޮށި ޓީވީއެމް ފަޅީގައި އޮތް ހުސްބިން މީ މިހާރު ރައްކާތެރި ހިސާބުތަކެއްނޫން..ރޭގަނޑު ގްރޫޕްތައް ބާރުހިންގާ ތަންތަން.. ބަލާނެ ބަޔަކު ފެންނަ ބަޔަކު ނޫޅޭ.. ވަޅިހަރައި މާރާމާރީއެއް ހިންގީމަ ފުލުހުންނަށް ފެންނާނީ..ރޭގނޑު އަލިކަމެއް ހުންނަ ތަންތަނެއްނޫން މީ..
ކޮކްޓެއިލްރައީސް
03 January 2018
ދެން އަތްޖަހާ ދެން އަތްޖަހާ.