07 ޖެނުއަރީ 2018 - 10:53
ރާއްޖެ ހުރިހައި ގޮތަކުން ވެސް ކުރިއަރަން ޖަޕާން އެދޭ ކަމަށާއި، ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޖަޕާން ސަރުކާރުން އިއްޔެ ބުނެފި އެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރާއްޖެ އަށް އިއްޔެ ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ދިވެހި ނޫސްވެރިންނަށް ދެއްވަމުން ޖަޕާންގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ތޮޝިހައިޑް އަންޑޯ ވިދާޅުވީ ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ހާރިޖީ ގުޅުމަށް މިދިޔަ އަހަރު 50 އަހަރުވެފައިވާ އިރު ކުރިމަގުގައި ވެސް އެ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށެވެ.
"ރާއްޖެއާ ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ބޭނުން. އޭގެ ތެރޭގައި ޓޫރިޒަމާއި ތިމާވެށީގެ މައްސަލަތަކާއި ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭ. ހަމަ އެހެންމެ ކުޅިވަރާއި ސަގާފަތުގެ ދާއިރާ އިން ގުޅުން ބަދަހި ކުރަން ބޭނުން،" އެއް ދުވަހުގެ ރަސްމީ ދަތުރުފުޅާ ގުޅޭ މައުލޫމާތު ދެއްވަމުން އަންޑޯ ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު އެކަމާ ދޭތެރޭ ޖަޕާނުން ދެކޭ ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން، އަންޑޯ ވިދާޅުވީ، ދުވަހުން ދުވަހަށް ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭ ކަމަށާއި ޖަޕާނުން މަސައްކަތް ކުރަނީ އިގްތިސާދީ ގޮތުން ވެސް ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކަމަށެވެ.
ޖަޕާނުން މެރިޓައިމް ސެކިއުރިޓީގެ ދާއިރާ އިން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ބޭނުން ވާ ކަމަށް ވެސް އަންޑޯ ވިދާޅުވި އެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކުގެ މައުލޫމާތު ދެއްވަމުން އަންޑޯ ވިދާޅުވީ އުތުރު ކޮރެއާ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެ ގައުމަށް ފިއްތުންތައް ކުރިމަތި ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ވަނީ ފުރާވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދޯރު
07 January 2018
ކޮބާ ފެނޭ؟ އިންޑިއާ މަރަށްތެޅޭހެން ތެޅިގަތީ ޗައިނާޔައެކު ސޮއިކުރުމުން. ހަމަޖެހޭ މީހުންފެނޭ؟ ޖަޕާނަކީ ގައިމު ޗައިނާގެ އެންމެބޮޑު އަދުއްވު. އިންޑިއާ ކަޗޯރުންނާ ހަނގުރާމަވެސް އިއުލާނުކުރަންވީ.
މެންޓަލިސްޓް
07 January 2018
އާދެ ރާއްޖެ އެބަޖެހޭ ކުރިއަރަން ،،،، އެކަމުގައި ނިހާޔަތަށް ޖަޕާންމީހުންގެ އެހީ ބޭނުންވާނެ ،،، ޖަޕާންމީޙުންނަކީ ދުނިޔޭގައި އުޅޭ އެންމެ އަޙްލާގް ރަގަޅުއެއްބައެއްކަމަށް ބުނެއުޅޭ ،،،، އެއީ ދެވަނަ ބޮޑު ހަނޑުރާމައަށް ފަހު އެމީހުންގެ ސިސްޓަމްއަށް ގެނައި ބޮޑު ޓްރާންފޯރމޭޝަންއެއް ،،،، އޭގެފަހުން ހިލޭސާހަބަހަށް މަސައްކަތް ކުރާ ޖަމާއަތްތަށް ހަދައިގެން ދުނިޔޭގެ އެކިގައުމުތަކަށް އެމީހުންގެ އެހީތެރިކަން ފޯރުކޮއްދޭންވެސް ފެށީ ،،،، އެގޮތުގައި އަދިވެސް ކުރިއަށް އެދަނީ ،،،، ވީމާ ޖަޕާންމީހުންގެ ފަރާތުންވެސް ދަސްވާނެ ރަގަޅުއެތައްކަމެށް ދިވެހިންނަށް ހުންނާނެ ،،، ރާއްޖޭގެ ސޮސައިޓީމިއޮތް ޝޯޝަލް ބޭންކުރަޕްޓްސީން ސަލާމަތްވާންއެބަޖެހޭ ،،،، އޭރުން ގައުމުގެ ހާލަތްވެސް ރަގަޅުވާނީ ،،، މައައްސަލާމާ
އެމޭޒިންގް
07 January 2018
މުހިއްމީ ރާއްޖޭގެ ކުރިއެރުން ކަމަށް ޖަޕާނުން ބުނާނަނަމަ މަމެން އުއްމީދު ކުރަމޭ ދެން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖެ އަށް ޖަޕާނުން 1000 ކުދިންނަށް ޖަޕާނުގައި ޓެކްނިކަލް އެން ވޮކޭޝަނަލް އެޑިއުކޭޝަން ގެ ސްކީމްގެ ދަށުން މަދުވެގެން ޖަޕާނުގައި ތިބެގެން 5 އަހަރުގެ މުއްދަތަށް ކިޔަވަން ފުރުސަތު ލިބިއްޖެނަމަ މިހާރު ރިސޯރޓް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަަކށް ބޭނުންވާ ޕޮޓެންޝަލް ދިވެހިން ލިބޭނެ ކަމާއި މެދު މަމެން ކުޑަ ވެސް ޝައްކު ނުކުރަމޭ. މަމެން އުއްމީދު ކުރަމޭ މިކަން ފުރިހަމަ ކުރަން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް. އެއިރުން ޖަޕާނުން އަންނަ ގެސްޓުންވެސް އިތުރު ވާނެ ކަން އެއީ ޔަގީން ކަމެކޭ. އައި އޭމް ލިސިނިންގް ޓު ދަ މިއުޒިކް ޖަޕަނީސް ގާރލްސް ލައިކް ޔޫ ކޭން ސީ ދެޓް ވީ އާރ ދަ ވަން ހޫ އަންޑަރސްޓޭންޑް ޔުއަރ އެސިސްޓެންސް. ހެއި އިޒިންޓް އިޓް އެމޭޒިންގް..
ކުރިކީލަ
07 January 2018
ޖަޕާނު ފިޔަވައި އެހެން ޤައުމެއް ނެތް އެދުމެއްނެތި ވެދުން ކުރާ ޤައުމެއް. އެއީ ދިވެހިން އެކަމަކަށް އުފާ ކުރާ ކަމެއް.
މީމު
07 January 2018
ތިޔައީ ކުށްހީއެއް. 1. 1980ގެ އަހަރުތަކުގައި ޖަޕާނު ޔެން އެޕްރެޝިއޭޓްވެ ޖަޕާންގެ އެކްސޕޯޓަށް އަސަރުކުރި. ޖަޕާން ސަރުކާރުން ޒުވާނުން ބޭރުގައުމުތަކަށް ޓުއަރިސްޓުންގެ ގޮތުގައި ދިއުމަށް ހިތްވަރުދިން. ޖަޕާން ޔެން ބޭރުގައުމުތަކުގައި ގިނައިން ބޭނުންކޮށް ޑޮލަރުގަތީމާ ޖަޕާންގެ ޔެން ގެ އަގު ދަށްވާނެ. އޭރުން ޖަޕާންގެ ޔެން އަބަދުވެސް މަތިނުވެ ދަށްނުވެ މެދުމިންގަނޑެއްގައި ހުރުމަށް ފަސޭހަވާނެ. 2. ބޭރުގައުމުތަކަށް ފަންނީ އެހީއާ ތަކެތީގެ އެހީ ދިނުމުން، އެތަކެތި އެކި ގައުމުތަކުގައި ބޭނުންކުރާ ގޮތްދަސްވެ، އަދި އެގައުމުތަކުގެ ސަގާފަތް އެމީހުންނަށް ދަސްވުމުން އާ އީޖާދުކޮށް ތަކެތި އުފައްދާ މާކެޓަށް ނެރެވޭނެ. 3. ޓައިޑް އެއިޑް ނުވަތަ ބަނދެވިފައިވާ އެހީ: ވަރަށް ގިނަފަހަރަށް ދޭ އެހީ މިސާލަށް މެޝިނަރީ ވިއްޔާ އޭގެ ސްޕެއަރޕާޓްސް ފަހުން ހޯދަން ޖެހެނީ ހަމަ އެގައުމަކުން. 4. މަދުފަހަރަކު ނޫނި ފަހުގެ ޓެކްނޮލޮޖީ ޖަޕާނުން އެހެން ގައުމުތަކަށް ނުދޭ *މިއަަދުގެ ދުނިޔޭގަ ޗައިނާއާ ނުލާ ޖަޕާންވެސް ކޮރެއާވެސް އިނދަޖެހޭނެ
ފްލައި
07 January 2018
މުހިންމީ ރާއްޖެ ކުރިއެރުން، ގުޅުން ބަދަހިކުރަން ބޭނުން ކަމަށް ޖަޕާނުގެ ފޮރިންގް މިނިސްޓްރީން ވިދާޅުވާނަމަ އެއީ މަމެން އުފާކުރާ ކަމެކޭ. ޖަޕާނަކީ އެއީ އެންމެ ހެޔޮ ހިތުން އެމެންނަށް ވީ އެންމެ ރަނގަޅަށް ޖަޕާނުގެ ހިލޭ އެހީ ރާއްޖެ އަށް ފޯރު ކޮށްދީފައިވާ ފުރަތަމަ ގައުމޭ އެގައުމުގެ ފަހަތުންނޭ ޗައިނާ އަށް ވެސް ވަނަ ލިބޭނީ. މިގޮތުން މަމެން ފާހަގަ ކޮށްލަމޭ ދަ ގްރޭންޑް މާލޭގައި އިމާރާތް ކޮށްފައިވާ ޕޯސްޓަލް ބިލްޑިންގް އެއީ މާރވެލަސް އިންޖިނިއަރިންގް އޭ އަދި އެ ޕްރޮޖެކްޓާއި އެކު މާލޭގައި ބިމުގެ އަޑީގައި ޖަޕާނުން ވަޅުލާދީފައިވާ ޑިޖިޓަލް ނެޓްވާރކް އެއީ ވެސް އެޓް އިޓްސް ބެސްޓް ކޮލިޓީއޭ އެ ނެޓް ވޯރކް އޭ މިއަދު ވެސް މަމެން ބޭނުން ކުރަނީ. ދަވޭ ޔޫ ހެލްޕްޑް އަސް ކީޕްސް އިޓް ރިމައިންޑިންގް އޯލް ޓައިމް ފީލްސް ލައިކް ޔޫ އާރ ސްޓިލް ދެއަރ އިން ފްރަންޓް އޮފް މީ ކްލޯސް އިނަފް ޓު ޓަޗް. ސްޕާރކްސް ފްލައި ސްޕާރކްސް ފްލައި. ދަވޭ ޖަޕަނީސް ގާރލްސް ޓޯކް އިޒް އެމޭޒިންގް އެން ފްލޯލެސް. ޓޭކް އަވޭ ދަ ޕެއިން ސްޕާރކްސް ފްލައި.