މިދިިޔަ އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ގޭޓުވޭ ސްކޫލުގެ ކުދިންތަކެއް އެ ސްކޫލުގެ ހޯލުގައި އިށީނދެލައިގެން.---ފޮޓޯ: ގޭޓުވޭ ސްކޫލު
10 ޖެނުއަރީ 2018 - 17:38
ސްކޫލުތައް ހުޅުވެން ތިން ދުވަހަށް ވެފައިވާއިރު ވެސް ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ބައެއް ގްރޭޑްތަކުގެ ފޮތްތަކާއި ޔުނިފޯމު ނުލިބޭތީވެ ބެލެނިވެރިން ރުޅިގަދަވެއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ ގޭޓްވޭ ސްކޫލުގެ ބައެއް ބެލެނިވެރިން "މިހާރު" އަށް ބުނީ ގްރޭޑް ހަތަރަކުން ދަށުގެ ބައެއް ދަރިވަރުންނަށް ފޮތްތައް ލިބުނަސް މަތީ ގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްތައް ނުލިބޭ ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ބެލެނިވެރިން ބުނެ އެވެ.
ލާލޭ ސްކޫލު ކުރިން ހިންގި އިމާރާތުގެ މުއްދަތު ހަމަވުމުން އެޑިއުކޭޝަން މިނިސްޓްރީން އެ އިމާރާތް ބީލަމަށް ލީ އެވެ. އެ ބީލަން ކާމިޔާބުކޮށް މިދިޔަ އަހަރުން ފެށިގެން ގޭޓްވޭގެ ނަމުގައި އެ ސްކޫލު ހިންގަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.
ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ބައެއް ބެލެނިވެރިން ބުނިގޮތުގައި މިދިޔަ އަހަރު ވެސް އެ ސްކޫލުން ފޮތްތަކާއި ޔުނިފޯމް ހަވާލުކުރީ ސްކޫލް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވަ އެވެ. އެގޮތަށް ދިމާވީ، ސްކޫލުގެ އިންތިޒާމުތައް ހަމަޖައްސަން ލިބުނު މުއްދަތު ލަސްވުމުން ކަމަށް އޭރު ބުނި ކަމަށް ބެލެނިވެރިން ބުންޏެވެ.
"މިދިޔަ އަހަރު އެހެންވީ ސްކޫލާ ހަވާލުވެ އިންތިޒާމްތައް ހަމަޖައްސަން ލިބުނު މުއްދަތު ކުޑަވެގެން ކަމަށް ބުނީ. އެކަމަކު މުޅި އަހަރު ލިބުނު އިރު ވެސް އެކަމަށް ހައްލެއް ނުލިބުނު. ސްކޫލް ފެށޭއިރު ވެސް ފޮތްތަކެއް ޔުނިފޯމެއް ނުލިބޭ،" ބެލެނިވެރިޔަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ސްކޫލު ހިންގަން ކޮލިޓޭޓް އެޑިއުކޭޝަނުން ހަވާލުވި ފަހުން، ސްކޫލުގެ ހާލަތު ވަނީ ދަށްވެފަ އެވެ. ޓީޗަރުންގެ ފެންވަރާއި ކިޔަވައިދިނުން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ދަރިވަރުންގެ ފޮތްތައް ގަންނަން ހުރިހާ ބެލެނިވެރިންގެ އަތުން ވެސް ވަނީ ފީ ނަގައިފަ އެވެ. އެކަމަކު އިސްލާމާއި ދިވެހި މާއްދާގެ ފޮތް ގަންނަން ޖެހެނީ ބެލެނިވެރިން އަމިއްލައަށް ކަމަށާއި އެކަން ވެސް ސްކޫލުން ރަސްމީކޮށް ނާންގާ ކަމަށް ބެލެނިވެރިން ބުންޏެވެ.
"ފުލް ޕޭމަންޓް ދައްކާފައި މިވަނީ ފޮތްތަކާއި ޔުނިފޯމަށް. އެކަމަކު އިސްލާމާއި ދިވެހި ފޮތް ގަންނަން ޖެހޭނީ ވަކިން. ބައެއް ބެލެނިވެރިންނަށް އަދި ވެސް އެކަމެއް ނޭނގޭ. އެހެންވީމަ ސްކޫލު ފެށެން ވާއިރަށް އެއްވެސް ތާއްޔާރީއެއް ވެވިފައެއް ނެތް،" ބެލެނިވެރިއަކު ބުންޏެވެ.
ބެލެނިވެރިންގެ ޝަކުވާތަކާ ގުޅޭގޮތުން ގޭޓްވޭ ސްކޫލުގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ.
11 January 2018
ދިވެހިންގެ ފޮތްތައް ދިވެހިންނައް ދިވެހިފޮތާ އިސްލާމު ފޮތާ ގަންނަންޖެހެނީ ވަކިން ދިވެހިގައުމުގަ ދިވެހިންގެ ހާލު ދީނާ ގައުމައްޓަކާ
ޥަސް
11 January 2018
ކުރީގެ ލާލޭގެ ދަރިވަރުންނާއި ބެލެނެވެރިންނަށް ލިބިގެން މިދަނީ ފޫނުބެދޭވަރު ގެއްލުމެއް!
ދިިވެހިއްޔަތު
11 January 2018
މި ގައުމުގައި "އިސްލާމާއި ދިވެހި ފޮތް ގަންނަން ޖެހޭނީ" ބޭރު ގައުމެއްގައި އުޅުނަސް މިވަރަކަށް ދިވެހިންގެ އައިޑެންޓިޓީ ބޭރެއް ނުކުރެވޭނެ، އެހެން ނޫންތޯ؟
ދީމާހު
11 January 2018
ކޮރަޕްޝަންގެތެރެއިން ކަމަށް އެކަށީގެންނުވާ ނާގާބިލު މީހުން ތަންތަނާ ހަވާލުވީމާ ވާނެ ގޮތް
ކަށިކެޔޮ
11 January 2018
ކޮރަޕްޝަނެއް ނެތް. ގޭޓްވޭ ހިންގަނީ އެކަމަށް އެންމެ ގާބިލު ފަރާތުން. ބެލެނިވެރިން ކަމަކާނުލާ ހާސް ވަނީ.
ބަޗީ
11 January 2018
ތިހެން ތިވަނީ ބެލެނިވެރިންގެ ގަމާރުކަމުން. އާޚިރަތަށް ވުރެ ދުނިޔެ އިސްކުރާތީ. ގަމާރުކަމުގެ ބޮޑުކަމާ!
ނާގޯށި
11 January 2018
ތެދެއް. އަންހެންކުދިން ކިޔަވާނުދީ ގޭގަ ބައިތިއްބާފަ، ފިރިހެން ކުދިން މަހަށް ފޮނުވީމަ ނިމުނީނު؟
ކޮންޓޭ
11 January 2018
އިންޓަރނޭޝަނަލް ސްކޫލު ކިޔާ އުޅެނީ ހުރިހާ ޤައުމުތަކެއްގެ ދަރިވަރުންނަށްވެސް ކިޔެވޭ، އިންޓަރނޭޝަނަލް ބަހަކުން ކިޔެވޭ، އިންޓަރނޭޝަނަލް ކަރިކިއުލަމް އަކާއި އިމްތިހާނެއް ހަދާ ސްކޫލުތަކަށް. އެ އުސޫލުން ބަލާއިރު ރާއްޖޭގެ ހުރިހާ ސްކޫލުތަކަކީވެސް އިންޓަރނޭޝަނަލް ތަންތަން.
އަތްޖަހާ
11 January 2018
ކަރަޕްޝަން ބޭނުންކޮށްގެން އަތުލި ސްކޫލްއަކަށް އެހާ ބޮޑު ފީ ދައްކާފަ ފޮނުވަނީ ކަރަޕްޝަނާއި ބޭއިންސާފަށް ހިތްވަރު ދޭކަށް ނޫންތަ. އެންމެން އެކައްޗެއް ކިޔާފަ ކުދިން ސަރުކާރު ސްކޫލްއަށް ވައްދަބަލަ. އޭރުން ތިބޭނެ ރަގަޅަށްވެސް ރާކަނި މަސް ކެވިފަ.
އަސްލުވެސް
11 January 2018
މީ އެއްކަލަ މާ ޚާއްސަ ބައެއްގެ އަނބިކަނބަލުންގެ ހިއްސާ އޮންނަ ސްކޫލް ދޯ! ކޮރަޕްޝަނުން މަދު ބަޔަކު ފައިދާ ހޯދިޔަސް، ގިނަ ބަޔަކަށް ލިބެނީ ގެއްލުން. އުފުލަންޖެހެނީ ބުރައާއި ހިތާމަ.
ވިސްނައިފި ނަމަ
11 January 2018
އަސްލު މަގޭދަރިފުޅު ވަރަށް ދެރަވި ލާލޭ ސްކޫލުން އޭނަ ގެކިޔެވުން ނިމުނީކަން އެގުނުވަގުތު، މަޖީދިއްޔާމިނަމުގައި ކިޔަވާފައިތިބި ކުދިން މީހާރުވެސް ފަހުރުވެރިއަޅެނުވޭތަ މަޖީދިއްޔާ ސްކޫލް ކައިރިން ދާއިރު، ހަމައެކުދިންވެސްބޭނުން ވާނެ އެސްކޫލްވެސް ހަމައެކުދިން ގެ ހުރިހާގްރޭޑެއް ނިންމާލަން ބޭނުންވާނީ ލާލޭންދޯ ކޮންމެދުވަހަކު އިރުއަރާއިރު ސްކޫލް ނަން ބަދަލްވަންޔާމު ވަރަށް ހެއްވާދެން، މަޖީދިއްޔާ އަމީނިއްޔާވެސް މިހެންވާނެނަމަ،