އައިޔޫއެމް އިން ހުޅުމާލޭގައި އަޅާ ވަގުފު އިމާރާތުގެ އެއްބަސްވުމުގައި، އައިޔޫއެމްގެ ޗާންސެލަރު ޑރ. ޝަހީމް (ކ) އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ސޮއިކޮށް އެއްބަސްވުން ބަދަލުކުރައްވަނީ.-- ޓްވީޓާ ފޮޓޯ: ޝަހީމް
10 ޖެނުއަރީ 2018 - 17:52
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު ސޮއިކޮށްފި އެވެ.
ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި، "ސަނާބިލް" ނަމުގައި އަޅާ ވަގުފު އިމާރާތުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވަނީ ސޮއިކުރައްވައިފަ އެވެ.
އެ އިމާރާތް އަޅަން އައިޔޫއެމް އިން ވަނީ ހަ މިލިއަން ރުފިޔާއަށް 4،000 އަކަ ފޫޓުގެ ބިމެއް ގަނެފަ އެވެ. ސެންޓްރަލް ޕާކު ސަރަހައްދުން އެ ބިން ގަތީ، އެ ޔުނިވާސިޓީގައި ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑުންނެވެ.
ޝަހީމް ވިދާޅުވީ ހަތް ބުރިއަށް ހަދާ އެ އިމާރާތުން ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށާއި ބޭނުމަކީ ޔުނިވާސިޓީގެ ފެންވަރު ރަނގަޅުކޮށް، އެތަނަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރުން ކަމަށެވެ.
ވަގުފު އިމާރާތުގައި ފުޑް ކޯޓަކާއި 300 މީހުންގެ ޖާގައިގެ ހޯލަކާއި އޮފީސް ބަރިއެއް ހިމެނެ އެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އެ ތަންތަން ކުއްޔަށް ދީގެން ބޮޑު ފައިދާއެއް ލިބޭނެ. އެ ފައިސާ ވަންނާނީ އައިޔޫއެމް ޓްރަސްޓް ފަންޑަށް. އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި، ސަރުކާރުން އައިޔޫއެމް އަށް ކުރާ ހޭދައިގެ 50 ޕަސެންޓް ކުޑަކުރުން،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމީ ސަގާފަތް ދައްކުވައިދޭ ގޮތަށް އަޅާ އެ އިމާރާތް ވެގެންދާނީ، ޝަހީމް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި އަޅާނެ އިސްލާމީ އެންމެ ފުރިހަމަ ބިނާ އެވެ. އެ އިމާރާތް ގާތްގަނޑަކަށް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޮޅުވެރިޔާ
11 January 2018
100% އިސްލާމީ ގައުމެއްގައި ހުރި ހަމައެކަނި އިސްލާމީ ޔުނިވަރސިޓީއަށް ބަޖެޓު ހަމަނުޖެހި ރިއަލް އެސްޓޭޓު ވިޔަފާރިކޮށްގެން، ސައިހޮޓާ ރެސްޓޯރަންޓު ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ތަނުގެ މުވައްޒަފުންނަށް މުސާރަދޭ ހިސާބަށް ދިޔައިމާ ތިޔަ އޮތީ އިސްލާމީ ވަހުދަތު ދެމެހެއްޓިފައި
މަނަދޫ ގާދިރު
11 January 2018
މަނިކުފާނު ތީ ވަރައްގާބިލް ބޭފުޅެއް..ތިޔައީ ވަރައް ރަގަޅު ކަމެއް..ގައުމާއިގެން ކުރިޔައް ވަޑައި ގަންނަވާ.
ކޮލެޖް އިކޮނޮމިސްޓް
11 January 2018
ޝަޙީމް ހިންގަން ހަވާލުވާ ކޮންމެ ތަނަކަށް ވަގުފު ޔަގީންވޭ. ވަގުފު ޝަޙީމު ދޯ؟ ހެލްތު މިނިސްޓަރު ކަން ދީފިނަމަ ވަގުފު ހޮސްޕިޓަލު ދޯ؟
ކަންކުރެވޭ
11 January 2018
ކަންކަން ކުރެވޭކަން ދައްކަން ގޮތްދައްކަން ކަންކަން ކުރާތަނެއް ތިޔަ ތަނަކީ އަބަދުވެސް. ވަރަށް ބޮޑަށް އެކަން އަބަދުވެސް ފާހަގަ ކުރެވޭތީ ދަންނަވާލީ. އެއްވެސް ވަރެއްގެ ބިނާކުރަނިވި ނިންމުން ތަކެއްނޫން
އިކޮނޮމިސްޓް އިބުރާ
11 January 2018
4000 އަކަފޫޓް ގެ އިމާރާތަކުްނ ޔުނިވަރސިޓީ އެއް ހިންގޭނެ ކަމަށް މިވަނީ.... އެެހެންވީމަ ހުޅުމާލެޣައި އަދިމާލޭގައި އަދި 4 ޔުނިވަރސިޓީ އަޅާންވޯ
ރިއަލް އެސްޓޭޓް
11 January 2018
އިސްލާމިކް ޔުނިވަރސިޓީ އެންޑް ރިއަލްއެސްޓޭޓް
އައިޖޭ
11 January 2018
4000 އަކަފޫޓް ގައި އަޅާ އިމާރާތެއްގެ ކުލިން ލިބޭ ފައިސާ އިން މި އިސްލާމިކް ޔުނިވަރސިޓީ ގެޙަރަދުގެ %50 ލިބެންޔާމު ދެން ދޯ... 4000 އަކަފޫޓް، ގުނަ 10ބުރި = 40،000 އަކަފޫޓް..... އަކަފޫޓެއް @35ރ އަށް ކުއްޔަށް ދިނީމަ މަހަކު 1.4މިލިއަން ރުފިޔާ = އަހަރަކު 16.8މިލިއަނ ރުފިޔާ، މާނައަކީ އިސްލާމިކް ޔުނިވަރސިޓީގެ ބަޖެޓަކީ މަހަކު 33.6މިލިއަނ ްރުފިޔާ؟؟؟ ދެން ޗާންސެލަރ މިކަހަލަ ވާހަަކ ދެއްކީމަ ދެން ދޯ؟؟
އައްމަޑޭ
11 January 2018
ތިޔަވިދާޅުވީ ރަނގަޅަށް. އިސްލާމީ ޔުނިވަރސިޓީގެ ބަޖެޓަކީ 33 މިލިއަން. ޕްރައިމަރީ ސްކޫލަކާއި އެއްވަރަށް.
ޗޮމމ
10 January 2018
ޔުނިވަރސިޓީއަށް ކުރެވެންޏާ ކުރެވޭންވާނީ ހަމައެކަނި އުނގަންނައިދިނުމުގެ ވިޔަފާރިއެވެ. ތިޔަކަހަލަ ކަންކަމުން އިސްވެރިންގެ ފޯކަސް ގެއްލި، ޔުނިވަރސިޓީ އުފެއްދުމުގެ މަގުސަދު ހާސިލުވުމަށް ހުރަސްއެޅޭނެއެވެ.
މުޙައްމަދު.އަލީ
11 January 2018
ދަރިވަރުންނަށް އެންމެ ރަނގަޅު ފެންވަރެއްގައި އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތަށް ހޯދުމަށް ދައުލަތުގެ ޔުނިވަރސިޓީތަކަށް ބަޖެޓް ނުލިބޭ ކަމުގައިވާނަމަ އެކަންކަން ކުރުމަށްޓަކައި ފައިސާ ހޯދުމަށް ކުރެވޭނީ މިފަދަ ކަންކަމެއް ނޫންތޯ؟ އެހެން ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައިވެސް މިފަދަ މަސައްކަތްތަކުން ލިބޭ ފައިސާ ޚަރަދު ކުރެވެނީ ޔުނިވަރސިޓީތައް އިތުރަށް ތަރައްޤީކޮށް ހަމަ ދަރިންވަރުންނާއި މުދައްރިސުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ގޮތް ހެދުމަށްޓަކައި.
އަހުމަދު ވެލިދޫ
10 January 2018
6000000 / 40000 = 1500 ރ އަކަފޫޓެއް ؟
ރާފީޔަތު
10 January 2018
ޔުނީވާސީޓީ އަށް ވީޔަފާރީކުރުމުގެ ހުއްދައޮވޭތޯ..؟