ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެ މަގާމުން ވަކިކޮށް، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބަދަލުކޮށްފި އެވެ. މި ބަދަލު ގެނައިއިރު، ސައިމަން މިވަގުތު ހުންނެވީ އުމްރާގެ އަޅުކަމަށް މައްކާގަ އެވެ.
އެޗްޑީސީގެ އެމްޑީ އަކަށް ހަމަޖެއްސީ ޖީއެމްއައިޒެޑްގެ އެމްޑީގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު ނާސިފެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ސައިމަން ފުރުއްވަން ފެއްޓެވީ ޖެނުއަރީ 2014 އިން ފެށިގެންނެވެ.
ޖީއެމްއައިޒެޑް އަކީ، ގުޅީފަޅު، އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އެއްކޮށްލައިގެން ހެދި ކުންފުންޏެވެ. ދެ ކުންފުނިން ވަކިވަކިން ކުރަމުން އައި މަސައްކަތް މިހާރު ކުރާނީ ޖީއެމްއައިޒެޑުންނެވެ.